Asr (last part)

"ޒާން!!!" އައިމަނަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އެ ހިތް ދެމުން ދިޔަ އިންޒާރެއްގެ ސަބަބުންނެވެ. އައިމަނަށް އެހާ ހިސާބަށް ދެވުނުއިރު ފަސްވަރަކަށް ވެހިކަލާއި އެ އެއްޗެހި ދުއްވަން ތިބި މީހުން އެތަނަށް އެއްވެއްޖެއެވެ. އައިމަން ރޮވެން ކައިރިވެފައި ހުރެ އެމީހުންގެ ދޭތެރެއިން ގޮސް އަޒާނާއި ހަމައަށް ދިޔައެވެ. އޭނައަށް ދެވުނުއިރު އަޒާން އޮތީ ހޭނެތިފައެވެ. މީގެ ކުރިން އޭނަ ލޭ ފެންނައިރަށް ދުރަށް ދުއްވައިގަތަސް މިއަދުގެ ޙާލަތު މުޅިން ތަފާތެވެ. އަޒާންގެ ބޮލުން ފެށިގެން މުޅި މޫނުގައި ވެސް ލޭ ހުއްޓެއްކަމަކު އައިމަނަށް އަޒާންގެ ގައިގައި ބާރަށް ހިފަހައްޓައި ބައްދާލެ...