Posts

Showing posts from November, 2018

Hadhiya (Blog post 6)

“You are right where you are supposed to be.” While thinking about this episode, this one ayah from Surah Ta Ha came to my mind. This one thing that Allah told Musa (AS) while Musa (AS) was on the mountain and Allah was talking to him from the unseen. وَصْطَنَعْتُكَ لِنَفْسِى “And I molded you for Myself.” Surah Ta Ha, 41 Why do I find this so incredible? Because right before Allah said this, He had reminded Musa (AS) of everything he went through in his life. The good and the bad experiences. Allah told him about how he was saved as a baby boy though all baby boys were supposed to be killed that year. About how his sister walked by near the river as the basket he was in was flowing through it. About how he was reunited with his mother while he was in the castle as a baby. About how he accidentally killed someone but he was saved. And then he spent some years in a city called Madyan. It is as though Allah is saying that He swt made him go through all of these experien

Hadhiya (part 6)

Image
"މިޒް..." ޝަހާނީ އެހެން ބުނެލުމާއެކު މިރްޒާންގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވެގެން ދިޔައެވެ. އޭނައަށް ޝަހާނީއާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ޝަހާނީ ފެނުނެއްކަމަކު މިރްޒާންގެ ލޮލަށް ސިފަވަމުން ދިޔައީ އެހެން ސޫރައެކެވެ. ކަންފަތުގައި ގުގުމަން ފެށީ މީގެ އެތައް އަހަރެއް ކުރިން އޭނަ މަސްތުކުރުވި ޖާދުވީ ހުނުމުގެ އަޑެވެ. އެ ހުނުމުގެ ތެރެއިން ދެންމެ އޭނައަށް ގޮވާލެވުނު ނަމުން އޭނައަށް ގޮވާލެވުނު އަޑެވެ. ހަމަ އެއާއެކު އޭނަގެ މޭގައި އުފެދުނު ތޫނު ރިހުމަކާއެކީ އޭނަގެ ދެލޯ ރަތްވިއެވެ. އެ ރިހުމާއެކީގައިވެސް އޭނަގެ ދެބުމަ ކައިރިވީ ކަމަކާމެދު ވިސްނެން ފެށުމުންނެވެ. އޭނަގެ ޙަޔާތުގައި ވެސް އޭނައަށް އެ ނަމުން ގޮވާފައިވަނީ އެންމެ މީހެކެވެ. ވީއިރު ޝަހާނީ ދެންމެ އޭނައަށް އެފަދައިން ގޮވާލީ ކީއްވެ ހެއްޔެވެ؟ މިއީ އިއްތިފާޤަކަށް ވެދާނެ ހެއްޔެވެ؟ އެހެނަސް ޝަހާނީގެ މޫނުމަތީގައިވި ކުލަވަރުން މިއީ އިއްތިފާޤަކަށް ނުވާނެކަން މިރްޒާނަށް ޔަޤީނާއި ގާތް ކުރެވުނެވެ. ނަމަވެސް އެހެންވާންވީ ކީއްވެ ހެއްޔެވެ؟ މާޖިދު ވާހަކަ ދައްކަން ފެށީ މިރްޒާން އެ ފަހު ސުވާލާއިމެދު ވިސްނަމުން ދަނިކޮށެވެ.

Hadhiya (part 5)

Image
"ކިހިނެއް މިވަނީ؟" އައްޒާމް ދެންވެސް އެ ޙާދިސާ ހިނގި ހިސާބާއި ކައިރިވެލަމުން ލިއާމާއި މަޑުމައިތިރި އަޑަކުން މުޚާތަބު ކުރިއެވެ. ދަންނަ އަޑެއް އިވިގެން ދިޔުމުން މާޝާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އަތަށްވަމުން ދިޔަ ތަދާއި އެކީގައި ވެސް އޭނައަށް އުނދަގުލާއެކީ ހިންދެމިލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އަދި އެމީހެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް އޮންނަން ބޭނުމެއް ނުވުމުންނެވެ. ކޮނޑުގައި އޮތް ދަބަހާއެކީ ބިންމަތީގައި އިށީނދެވުނު ވަގުތު ދުރުގައި ހުރި އެ ޒުވާނާ ފެނުމުން މާޝާގެ ދެލޯ ބޮޑުވެ މެއަށް ފިނިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލިއާމަށް ބަލާލި ތަނާހެން ލިއާމް ވާހަކަ ދެއްކިއެވެ. "މީ އަދި ކާކުތަ މާ ބޮޑާވެގެން މަށާ ވާހަކަ ދައްކަން؟" ލިއާމް އައްޒާމާއި ދިމާލަށް އަންނަމުން ބުމަގޮށްޖަހައިގެން ހުރެ ހަރު އަޑުން އެހިއެވެ. އޭރު އެތަނަށް މީހުން ވެސް ޖަމާވާން ފަށާފައިވިއެވެ. ބޭރު ތެރެއިން ކަމެއް ހިނގައިފިހެން ހީވި ހާޝިމް ވެސް ނުހުރެވިގެން ފާރުގައި ހިފަމުން އައިސް މިސްކިތުގެ އެތެރޭގެ ދޮރާއި ހަމަވީ އެވަގުތެވެ. "ތީނަގެ ސައިކަލާއި މ

Hadhiya (Blog post 4)

اِنَّ رَبِّى لَسَمِيْعُ الدُّعَاءِ “….No doubt my Master is absolutely the One Who Listens to the call.”   Surah Ibrahim, 39 Remember that one time you made a dua and Allah responded? If He swt has done that before, what makes you doubt that He won’t do it again? Just because the response is late this once, does not mean it’s never. (In Sha Allah) ******************************************************* اِنَّ رَبِّى لَسَمِيْعُ الدُّعَاءِ "....ހަމަކަށަވަރުންވެސް މިއަޅާގެ ވެރިރަސްކަލާނގެއަކީ ޔަޤީނުންވެސް ދުޢާ އަޑުއައްސަވާ ރަސްކަލާނގެއެވެ." ސޫރަތް އިބްރާހީމް، 39 ތިބާ ދުޢާއެއްކުރުމުން ﷲ އެދުޢާ އިޖާބަ ކުރެއްވި ހަނދާން ތިބާ އެބަހުރި ހެއްޔެވެ؟ އެކަލާނގެ އެފަދައިން ކަންތައް ކުރައްވާފައިވީއިރު މުސްތަޤްބަލުގައި ދެވަނަ ގޮތެއްވާނެހެން ތިބާއަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ތިބާ ކުރި އެއް ދުޢާ އިޖާބަވުން ލަސްވިޔަސް އެ ދުޢާއަކީ ދުވަހަކުވެސް އިޖާބަވެގެން ނުވާނެ ދުޢާއަކަށް ވެގެނެއްނުވެއެވެ. (އިން ޝާ ﷲ)

Hadhiya (part 4)

Image
"....އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ." މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު ދޭން އުޅެނީ ޝޭޚެއްކަން އެނގުމުން މިއީ ދަރުހެއްގެ ދަޢުވަތުކަން އޭނައަށް އެނގުންވިއެވެ. އައްޒާމް މި ދަޢުވަތުތައް ބަހަންވީ ކީއްވެތޯ ހިތުގެ ކަނަކުން ސުވާލުކުރިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެ ސުވާލު އެވަގުތު މާޝާއަށް މުހިއްމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ޝައުޤުވެރިވެފައިވީ ދެންމެ އެ ފެނުނު އާޔަތާއި މެދުގައެވެ. ޤުރުއާނުގައި އުފާވާންޖެހޭ ޒާތުގެ ވާހަކައެއް އޮންނާނެ ކަމެއް އޭނަ ހިއެއްނުކުރެއެވެ. އަދި އަމުދުން އިންތިހާއަށް އުފާވާންޖެހޭ ވާހަކައެވެ. އޭނައަށް ހީކުރެވިފައި