Vaudhu (Part 6)

މަލާކް މާލެއިން އައިތާ 3 ވަނައަށް ވީ ދުވަހުގެ ހެނދުނު ސާރިޔާ 8 ޖެހިއިރު ގެއިން ނިކުތީ ހެނދުނުގެ ސަޔަށް ބޭނުންވާނެ ބައެއް އެއްޗެހި ގަތުމަށްޓަކައި ފިހާރައަށް ދިޔުމަށެވެ. ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ފިހާރައިގެ މޭޒުދޮށުގައި އިން ކުއްޖާ ކައިރި ބުނެލުމުން އެކުއްޖާ އެ އެއްޗެހި ކިރުމަށްޓަކައި ފިހާރައިގައި ހުރި ކުޑަ ގުދަން ތެރެއަށް ދިޔައެވެ. ހަމަ އެވަގުތު ސާރިޔާއާއި އަވަށްޓެރި ގެ ތަކުގައި އުޅޭ ރަފިއްޔާއާއި ރާމިޒާ ފިހާރައަށް ވަަދެގެންއައެވެ. ސާރިޔާ އެމީހުންނަށް ބެލިއެވެ. އެހެނަސް އެމީހުން ފިހާރައަށް ވަދެގެން ދިޔައީ ސާރިޔާ ނުވެސް ފެންނަ ފަދައަކުންނެވެ. ސާރިޔާ އެކަމާމެދު އަޅައެއް ނުލިއެވެ. އެމީހުންނަކީ އެެހެން ނޫނަސް އޭނައާއެކީ ފެންނަން ބޭނުންވާ ބައެއް ނޫންކަން އެނގޭތީވެއެވެ. އޭގެ ސަބަބުތައް އެނގުންވީ ހިނދު ސާރިޔާއަށް ދެލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. މީގެ 21 އަހަރު ކުރިން އޭނަގެ ޙަޔާތުގައި ކަންތައް ހިނގައިދިޔަ ގޮތުން އޭނަގެ އަމިއްލަ ރަށުގައި އޭނަ ބީރައްޓެހިވެފައިވަ ކަމުގެ އިޙްސާސެއް އޭނައަށް ކުރެވެއެވެ. އެހެނަސް އޭނަ ހިތާމައެއް ނުކުރެއެވެ. ވި އެއްވެސް ކަމެއްގައި އޭނަގެ ކު...