Posts

Showing posts from November 22, 2018

Hadhiya (part 3)

Image
"އައްޒާމް..." މާޝާއަށް ވައި އަޑުން އެ ނަން ކިޔާލެވުނުތަނާހެން އޭނަގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު އޭނަގެ ބައްޕަ ސޫޓްކޭސް ޑިކީއަށްލުމަށްފަހު ކާރަށް އެރުމަށް އެންގިއެވެ. ** "ކާފާ މިހާރު ފައި ކިހިނެއްތަ؟ އެއްވެސް ވަރަކަށް ރަނގަޅު އެބަވޭތަ؟" އައްޒާމް ކާރުގެ ފަހަތު ސީޓުގައި އޭނަގެ ކާފަ ހާޝިމްގެ ކައިރީގައި އިނދެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. "އަދިވެސް އެބަ ރިއްސާ. މުސްކުޅިވީމަ ދެން މިކަހަލަ ކަންތައް ވެސް ދިމާވާނެދޯ؟ އެއީ އަދި ކޮންމެވެސް ތަނަކަށް އެނބުރިދާން ޖެހޭކަމުގެ ހަނދުމަކޮށްދިނުމެއް. އަލްޙަމްދުލި ﷲ!" ހާޝިމް ވާހަކަ ދެއްކީ ބަދަލުނުވާ އުޖާލާވި ހިނިތުންވުމެއްގައި އިނދެއެވެ. "ތިކަން އޮތީ ތިހެން. އެކަމަކު ސަބަބުތަކުގައި ވެސް ހިފުން އޮވޭދޯ ހާޝިމްބެ؟ އައްޒާމްއަށް އެނގޭތަ؟ އައްޒާމް ނެތި ދިޔަ މި އެއްދުވަހުގެ ތެރޭގަ ހާޝިމްބެ އަހަރެން ކައިރީގަ ނުބުނެ އެތައް ތަނަކަށް ހިނގާ ގޮސް ހެދި." އެހެން ބުނީ ޑްރައިވާސް ސީޓުގައި އިން ލަބީބެވެ. ލަބީބަކީ ފުވައްމުލަކުގައި އުޅޭ ހާޝިމްގެ ދުރުތާ ތިމާގެ ޢާއިލާއަކަށް ނިސްބަތްވާ މެދުޢުމުރުގެ ފިރިހެނެ