Posts

Showing posts from August 24, 2019

Vaudhu (Part 5)

Image
"ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު." ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ. "ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ." މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ. "ބޮޑުބޭބެ ހަނދާން ނެތުނީއޭ ބުނަން...އެދުވަހު ލިބުނު ޚަބަރަކާހެދި...." ފާރޫޤު ދެރަގޮތަކަށް ބުނެލިއެވެ. އެއާއެކު މަލާކްގެ މެއަށް ލޮޅުމެއްއައެވެ. ބޮޑުބޭބެ ހަމަ މިވަގުތު މަންމައާއި ބައްޕައަށް އެ ވާހަކަ ކިޔައިދޭން އުޅެނީތޯ ހިތަށްއެރިއެވެ. އޭނަ އެކަން ހުއްޓުވަން އެއްޗެކޭ ބުނަން އުޅުނު ވަގުތު ބައްޕަ ވާހަކަ ދެއްކިއެވެ. "ކޮން ކަހަލަ ޚަބަރެއް؟" މަސްޢޫދު އެހެން އަހާލި ވަގުތު ސާރިޔާގެ ދުލުން ވެސް ބޭރުވީ އެފަދަ ބަސްތަކެވެ. އެ ހިނދު މަލާކަށް އޭނަގެ މަންމައާއި ބައްޕައަށް