Hiya (part 4) - Blog post (Dhivehi)
'ޕްރިންސް ޗާރމިންގް'ގެ މަޢުޟޫއަށް އަޅުގަނޑު އަލިއަޅުވާލަން ބޭނުންވީ ވަރަށް ސާދާ ސަބަބަކާ ހެދިއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ އެ ނަން ދެވިފައިވާ ޝަޚްޞިއްޔަތު ހުރި ވާހަކަތައް ކިޔައި ކާޓޫނުތަކާއި ފިލްމުތައް ބަލަމުން ބޮޑުވި މީހުންނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ އުޚްތުންނަކީ އެ ކާޓޫނުތަކާއި ފިލްމުތަކުގެ ސަބަބުން ވަކި ގޮތަކަށް ވިސްނުން ބައްޓަންވެގެން އައި އުޚްތުންނެވެ. (އަޅުގަނޑުވެސް ވާހަކައެވެ.) އެ ވިސްނުމަކީ ނުހަނު ރީތި ފިރިހެނަކު ހުދުކުލައިގެ އަހެއްގައި އައިސް އަޅުގަނޑުމެން 'ސަލާމަތް' ކޮށްގެން ނުހަނު އުފާވެރި ދިރިއުޅުމެއްގައި އަބަދުގެ އަބަދަށް ދިރިއުޅޭނެ ކަމުގެ ވިސްނުމެވެ. އެހެނަސް ބޮޑުވަމުން އަންނަ ވަރަށް ޙަޤީޤީ ދިރިއުޅުން އަޅުގަނޑުމެންނަށް ފަހުމްވެގެންދެއެވެ. ޙަޤީޤީ ދިރިއުޅުމުގައި ޝާހީ ގަނޑުވަރުތަކާއި، އެ ގަނޑުވަރުތަކަށް ނިސްބަތްވާ ހުދުކުލައިގެ އަސްތަކާއި، ކައިވެންޏަކަށް އަންހެން ކުއްޖަކު ހޯދަން އުޅޭ ރަސްގެފާނުގެ ދަރިކަލުންނެއް ނުއުޅުއްވައެވެ. އެހެންކަމުން 'ޕްރިންސް ޗާރމިންގް' އެއް ހޯދުމުގެ ޚިޔާލުން އަޅުގަނޑުމެން ދުރުވެގެންދެއެވެ....