Posts

Showing posts from March 1, 2019

Heavy vs light exercise 2 (English + Dhivehi exercise)

Complete the table below by making the heavy words light and light words heavy Heavy Light مُتَشَابِهَاتٌ آيَاتٌ عَذَابَ كَبِيْرٍ خَصْمَانِ يَوْمٍ مُعْرِضُوْنَ                                                          ބަރު ބަސްތައް ލުއިކޮށް އަދި ލުއި ބަސްތައް ބަރުކޮށްފައި ތިރީގައިވާ ތާވަލު ފުރިހަމަކުރާށެވެ. ބަރު ލުއި مُتَشَابِهَاتٌ آيَاتٌ عَذَابَ كَبِيْرٍ خَصْمَانِ يَوْمٍ مُعْرِضُوْنَ

Status detailed (dhivehi lesson)

Image
މަޤާމް (ތަފްޞީލުކުރެވިފައި) ކުރީގެ ފިލާވަޅުތަކުން އަހަރުމެން ދަސްކޮށްފައިވާ ގޮތުގައި ކޮންމެ އިސްމްއެއްގައި (ނަމެއްގައި) 4 ސިފަވެއެވެ. އެއީ މަޤާމް، ޢަދަދު، ޖިންސު އަދި ވައްތަރެވެ. މިއަދުން ފެށިގެން އަހަރުމެން މީގެއިން ކޮންމެ ސިފައަކަށް ތަފްޞީލުކޮށް ބަލަމުން ދާނަމެވެ. މިއަދު އަހަރުމެން ފަށާނީ އެންމެ ފުރަތަމަ ސިފަ ކަމަށްވާ 'މަޤާމް' އިންނެވެ. އަހަރުމެން މިހާތަނަށް މަޤާމްއާއި ބެހޭގޮތުން އަހަރުމެން ހަނދާން ބަހައްޓަންޖެހޭ މައިގަނޑު 4 ކަމެއްވެއެވެ. އެއީ: 1.     މަޤާމްގެ 3 ވައްތަރު ރަފަޢް (ކަންކުރާ ފަރާތް) ނަޞްބް (ތަފްޞީލް) ޖަރް 2.     މަޤާމް ދެނެގަންނާނެ ގޮތް ބަހެއްގެ 3 މަޤާމު ދެނެގަންނާނެ ގޮތް މިހާރުވެސް އަހަރުމެންނަށް އެނގެއެވެ. ދެނެގަންނާނީ ބަހެއްގެ އެންމެ ފަހު އަކުރުގައި އޮންނަ ފިއްޔަށް ބަލާފައެވެ. ރަފަޢް: - އުބުފިލި ނުވަތަ އުންބުންފިލި ނަޞްބް: - އަބަފިލި ނުވަތަ އަންބަން ފިލި ޖަރް: - އިބިފިލި ނުވަތަ އިންބިން ފިލި ބައެއް ބަސްތަކުގެ މަޤާމް ދަނެގަންނަން ބަސް ނިމޭއިރު އިވޭ އަޑަށް ވެސް ވިސްނަންވާނެއެވެ. 'މުސްލިމް' ތާވަލްއަށް ބެލީމަ ...