Posts

Showing posts from March 10, 2020

ޢަރަބި ޤަވާޢިދުތަކަށް ދިރުންދޭ އާޔަތްތައް: މުޟާފް-މުޟާފް އިލައިހިގެ މިސާލު

މިއަދުގެ ފިލާވަޅުގައި އަޅުގަނޑުމެން ބަލާލާފައިވާނީ މުޟާފް-މުޟާފް އިލައިހި ގެ ފިލާވަޅަށެވެ. މިތާނގައި އަޅުގަނޑު ކިޔާލަދޭނީ ސޫރަތުލް ފުރްޤާންގައިވާ މުޟާފް-މުޟާފް އިލައިހިގެ ރީތި މިސާލަކަށެވެ. އެ ސޫރަތް ނިމެން ގާތްވާ ހިސާބުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ތިރީގައިވާ މި ނަން ކިޔޭ ބައެއްގެ ސިފަތައް ވަޙީކުރައްވާފައެވެ. عِبَادُ الرَّحْمنِ އައްރަޙްމާން ގެ އަޅުން ފިލާވަޅު ރަނގަޅަށް ފަހުމްވެފައިވާނަމަ މިއީ މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެއްކަން ތިބާއަށް އެނގޭނެއެވެ. ފިލާވަޅުގައި އަޅުގަނޑުމެން ބަލާލިހެން މުޟާފްއާއި މުޟާފް އިލައިހިގެ ދެމެދަށް އެއްވެސް އެއްޗެއް ނާންނާނެއެވެ. އެ ދޭއްޗަކީ ވަކި ނުކުރެވޭނެ ދެ އެއްޗެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ ޢިބާރާތެއް ބޭނުންކުރުމުން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އެކަލާނގެއާއި އެކަލާނގެ އަޅުންނާއި ދެމެދު އެއްވެސް އެއްޗެއް ނުވާނެކަމެވެ. އަދި އެކަލާނގެއާއި އެކަލާނގެ އަޅުންނާއި ދެމެދުވަނީ ވަކި ނުކުރެވޭނެ ފަދަ ގުޅުމެއްކަމެވެ. ވަކިން ޚާއްޞަކޮށް ސޫރަތުލް ފުރްޤާންގައި ސިފަކުރެވިފައިވާ އަޅުންނާއި އެކަލާނގެއާއި ދެމެދުގައިވާ ގުޅުމެވެ. (އެ ސިފަތައް ސ

Mudhaaf-mudhaaf ilaihi (Dhivehi)

مُضَاف وَ مُضَاف إِلَيه މިހާތަނަށް އައިއިރު މި ފިލާވަޅުތަކުގެ ތެރެއިން އަޅުގަނޑުމެން ބަލާލާފައި ވަނީ އިސްމް (ނަންތައް) އަށާއި ފިޢްލް (ކަން) އައެވެ. އެ ފިލާވަޅުތައް ނުބަލާ ހުރި ކިޔުންތެރިން އެހެންނޫނީ އެ ފިލާވަޅުތައް ހަނދާން ނެތިފައިވާ ކިޔުންތެރިން މި ފިލާވަޅާއިގެން ކުރިއަށް ދިޔުމުގެ ކުރިން އިސްމްގެ ފިލާވަޅުތައް ބަލާލުމަށް އެދެމެވެ. ވޭތުވެދިޔަ ފިލާވަޅުތަކުގައި އަޅުގަނޑުމެން ބަލާލާފައިވާނީ ޢަރަބި ބަހުގައި ތަފާތު ބަސްތައް އަންނަ ގޮތްތަކަށެވެ. މިއަދު އަޅުގަނޑުމެން ފަށަން މިއުޅެނީ ޢަރަބި ބަހުގައި ގެންގުޅޭ އެކި 'ޢިބާރާތް' ތަކަށެވެ. ޢިބާރާތަކީ ޖުމްލައެއްނޫނެވެ. އެއީ އެއްބަހަށްވުރެ ގިނަ ބަހުން ހެދޭ އެއްޗެކެވެ. މިސާލަކަށް: ދިގު ގަހެއް ދެ ބަސް ވިޔަސް އެއްވެގެން ދިޔުމުން ޢަރަބި ބަހުގައި އޭތި ޢިބާރާތަކަށް ވެގެން ދެއެވެ. ޢަރަބި ބަހުގައި 5 ވައްތަރެއްގެ ޢިބާރާތްވެއެވެ. މިއަދު އަޅުގަނޑުމެން ބަލާލާނީ އެ ޢިބާރާތްތަކުގެ ތެރެއިން އެއް ވައްތަރަށެވެ. އެއީ 'މުޟާފް-މުޟާފް އިލައިހި' ނަމަކަށް ކިޔޭ ޢިބާރާތެވެ. އެންމެ ފުރަތަމަ ދިވެހި ބަހުން މުޟާފް-މުޟާފް އިލައިހި ގެ މިސާލުތަކަށް