Posts

Showing posts from August 18, 2019

Vaudhu (Part 3)

Image
"އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟" ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ. މަލާކް ބަލަބަލާ ހުއްޓާ ރުޅިވެރި މޫނަކާއެކީ ފަރުޒާނާ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތް ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފަރުޒާނާ ކުއްލި ގޮތަކަށް އެ އިސްތަށިގަނޑު ދޫކޮށްލުމުން މަލާކްގެ ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ. "އަމިއްލަ ފެންވަރު އޮޅިގެން ނޫޅޭތި....އެއްފަހަރު ނުދާށޭ ބުނީމަ ނުދާނީ!" ފަރުޒާނާ މަލާކަށް ލޯ އަޅަމުން އަންގާލިއެވެ. އެ ބަސްތަކުން މަލާކް ވަކި ފަހަތަކަށް ނުޖެހުނެވެ. މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމަކީ އޭނަގެ ޙައްޤެއްކަން ޔަޤީންވީތީވެއެވެ. އޭނަގެ މި ފަރުވާއަކީ ބައްޕަ ދާ އޮހޮރުވައިގެން ހޯދި ލާރިން އޭނަ ލިބިގަންނަ އެއްޗެއްކަން