Posts

Showing posts from December 3, 2018

Hadhiya (Blog post 8)

Be the kind of person that people doubt would lie. And here is the title we should live up to. أَصَّادِقُ الْأَمِين “The honest, the trustworthy” #Life of Prophet(SAW) #Selfreminder ********************************************************************** ތިބާއަކީ ދޮގު ހަދާފާނެ ކަމަށްވެސް މީހުން ޝައްކުކުރާ ފަދަ ޝަޚްޞިއްޔަތަކަށްވާށެވެ. ތިބާ އެ ލަޤަބަކަށްޓަކައި މަސައްކަތް ކުރަންޖެހޭ ލަޤަބަކީ މިއީއެވެ. أَصَّادِقُ الْأَمِين "ތެދުވެރި އަމާނާތްތެރިޔާ" (ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ލަޤަބްފުޅު)

Hadhiya (part 8)

Image
"ވަރަށް އަމާން ދަތުރަކަށް އެދެން އައްޒާމަށް. ވަރަށް ދެރަވޭ އައްޒާމާއި ވަކިވާން ޖެހޭތީ. މިހާތަނަށް އައިއިރު އަހަންނާ ވަރަށް ގިނަ ޒާތްޒާތުގެ މީހުންނާ ދިމާވެފަހުރީ. އެކަމަކު އައްޒާމާއި އައްޒާމްގެ ކާފަ ފަދަ އިޚްލާޞްތެރި، ހިތްހެޔޮ ބަޔަކު ނުދެކެން. މިއީ ވެދާނެ އައްޒާމަށް އަހަރެން ފެންނަ އެންމެ ފަހު ފަހަރު ކަމަށްވެސް. މި ވޭތުވި 3 މަސް ތެރޭގަ އައްޒާމް ދެރަވާފަދަ އެއްވެސް ކަމެއް އަހަންނަށް ކުރެވިފައިވާނަމަ އަހަންނަށް މަޢާފު ކޮށްލަދިނުން އެދެން. ވަރަށް ބޮޑަށް ޝުކުރުވެރިވަން އައްޒާމާއި އައްޒާމްގެ ކާފަ އަހަންނަށް ވެދިން އެހީތެރިކަމަށްޓަކައި. މާތް ﷲ ތިޔަ ދެމީހުންނަށް ވެސް ހެޔޮ ރަޙްމަތް ލައްވާށި." ހަސަން އޭނަ މުލަކަށް ފުރުވަން އެއާރޕޯޓަށް އައިސްހުރެ ދެއްކި ވާހަކަތަކަކީ އެއީއެވެ. ހަސަން އޭނައަށްވުރެ ހަގު ވިޔަސް އޭނަގެ ކިބައިގައި ދީންވެރި ގޮތެއް ހުންނާތީ 'މާދަމާވެސް މަރުވެދާނެކަމުގެ' ޝަޚްޞިއްޔަތު އޭނަގެ ފަރާތުން ފެނުނީކަމަށް އައްޒާމަށް އެދުވަހު ހީކުރެވުނެވެ. އެހެނަސް އެވަގުތު ފޯނުން އިވެމުން ދިޔަ ވާހަކައިން އެހެނިހެން ގޯސް ޚިޔާލުތަކެއް އޭނައަށް ކުރެވެން ފެށިއެވެ. ވިސްނުމެއްގެ...