Posts

Showing posts from November 25, 2018

Hadhiya (Blog post 4)

اِنَّ رَبِّى لَسَمِيْعُ الدُّعَاءِ “….No doubt my Master is absolutely the One Who Listens to the call.”   Surah Ibrahim, 39 Remember that one time you made a dua and Allah responded? If He swt has done that before, what makes you doubt that He won’t do it again? Just because the response is late this once, does not mean it’s never. (In Sha Allah) ******************************************************* اِنَّ رَبِّى لَسَمِيْعُ الدُّعَاءِ "....ހަމަކަށަވަރުންވެސް މިއަޅާގެ ވެރިރަސްކަލާނގެއަކީ ޔަޤީނުންވެސް ދުޢާ އަޑުއައްސަވާ ރަސްކަލާނގެއެވެ." ސޫރަތް އިބްރާހީމް، 39 ތިބާ ދުޢާއެއްކުރުމުން ﷲ އެދުޢާ އިޖާބަ ކުރެއްވި ހަނދާން ތިބާ އެބަހުރި ހެއްޔެވެ؟ އެކަލާނގެ އެފަދައިން ކަންތައް ކުރައްވާފައިވީއިރު މުސްތަޤްބަލުގައި ދެވަނަ ގޮތެއްވާނެހެން ތިބާއަށް ހީވަނީ ކީއްވެ ހެއްޔެވެ؟ ތިބާ ކުރި އެއް ދުޢާ އިޖާބަވުން ލަސްވިޔަސް އެ ދުޢާއަކީ ދުވަހަކުވެސް އިޖާބަވެގެން ނުވާނެ ދުޢާއަކަށް ވެގެނެއްނުވެއެވެ. (އިން ޝާ ﷲ)

Hadhiya (part 4)

Image
"....އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ." މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު ދޭން އުޅެނީ ޝޭޚެއްކަން އެނގުމުން މިއީ ދަރުހެއްގެ ދަޢުވަތުކަން އޭނައަށް އެނގުންވިއެވެ. އައްޒާމް މި ދަޢުވަތުތައް ބަހަންވީ ކީއްވެތޯ ހިތުގެ ކަނަކުން ސުވާލުކުރިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެ ސުވާލު އެވަގުތު މާޝާއަށް މުހިއްމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ޝައުޤުވެރިވެފައިވީ ދެންމެ އެ ފެނުނު އާޔަތާއި މެދުގައެވެ. ޤުރުއާނުގައި އުފާވާންޖެހޭ ޒާތުގެ ވާހަކައެއް އޮންނާނެ ކަމެއް އޭނަ ހިއެއްނުކުރެއެވެ. އަދި އަމުދުން އިންތިހާއަށް އުފާވާންޖެހޭ ވާހަކައެވެ. އޭނައަށް ހީކުރެވިފައި ...

Hadhiya (Blog post 3)

فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ “…so because of that they should be overjoyed. It is better than whatever they collect.” Surah Yunus, 58 What is this ayah talking about? What should we be overjoyed by? ********************************************************* فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ "އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ." ސޫރަތް ޔޫނުސް، 58 މި އާޔަތުން މި ދެކެވެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރުމެން އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައި ހެއްޔެވެ؟