Posts

Showing posts from March 25, 2020

حَرف جَر

حَرف جَر بِ     تَ    كَ    لَ    وَ    مِنْ    فِي     عَنْ    عَلَى    حَتَّى   إِلَى މުޟާފް-މުޟާފް އިލައިހިއަށްފަހު މިއަދު އަޅުގަނޑުމެން ބަލާލާނީ 'ޖާރް-މަޖްރޫރް' ނަމަކަށް ކިޔާ ޢިބާރާތަކަށެވެ. މި ޢިބާރާތާއި ބެހޭގޮތުން ދަސްކުރުމަށްޓަކައި މަތީގައިވާ ޙަރްފުތައް އެނގުން މުހިއްމެވެ. މި ޙަރްފްތަކަކީ އެހެން ބަހަކާއި ނުގުޅޭނަމަ މާ ބޮޑު މާނައެއް ދޭހަކޮށްދޭ ބަސްތަކެއްނޫނެވެ. ޙަރްފްއެއްގައި ކުރިން އަޅުގަނޑުމެން ބަލާލި ސިފަތަކެއްވެސް ނުހުރެއެވެ. (މަޤާމް، ޢަދަދު، ޖިންސު، ވައްތަރު) ޙަރްފް ޖަރްގެ ފަހަތަށް އަންނަ ބަސް އަބަދުވެސް އޮންނާނީ ޖަރްގެ މަޤާމުގައެވެ. ތިރީގައި މި ވަނީ އޭގެ މިސާލުތަކެވެ. މިސާލު 1: أَعُوْذُ بِاللّهِ بِ އައިފައި އެވަނީ ﷲ އެ ބަސްފުޅުގެ ކުރިއަށެވެ. 'ﷲ' މި ބަސްފުޅު އިބިފިލިން ނިމިފައިވަނީ ޙަރްފް ޖަރްއެއް އޭގެ ކުރީގައި އޮތީމައެވެ. މި ޙާލަތުގައި بِ ވާނީ 'ޖާރް' އަށެވެ. އަދި 'ﷲ' މި ބަސްފުޅު ވާނީ 'މަޖްރޫރް' އަށެވެ. މިސާލު 2: مِنَ الشَّيْطَانِ مِنْ އަކީ ޖާރް އެވެ.   الشَّيْطَانِ އަކީ މަޖްރޫރްއެވެ. މިސާލު