Posts

Showing posts from December 28, 2018

Hadhiya (part 19)

Image
"އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. އެކަމަކުވެސް.....އައިމް އެކްސްޓްރީމްލީ ސޮރީ އެބައުޓް ދިސް!" ފަޔާޒް އެކޮޅުގަ ހުރެ ދެއްކި ވާހަކަތައް އަޑުއަހަން މިރްޒާނަށް ހުރެވުނީ ދެ ބުމަ ކައިރި ކޮށްގެނެވެ. ފަޔާޒް އެ ދެއްކި ވާހަކައިން އޭނަ ދެރަވީ ވަރަށްވުރެ ބޮޑަށްވީ ޙައިރާނެވެ. ދެ ފަހަރު މަތިން އޭނައަށް އެއްތަނެއްގެ ވާހަކައިވި އެ ދެފަހަރު މަތިން ވެސް އެއްމީހެއްގެ މަތިން އޭނަ ހަނދާންވުމުން ފަޔާޒް އަތުގަ އޮތް ހަދިޔާ އޭތި ލިބެން ޖެހޭ ފަރާތަށް ލިބުނީހެން މިރްޒާނަށް ހީވިއެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި ވަނިކޮށް އަނެއްކާވެސް އެކޮޅުން ފަޔާޒްގެ އަޑު އިވުނެވެ. "މިއްޒޭ އެ ގިފްޓްގެ ތެރޭގަ އޮތ

Hadhiya (Blog post 18)

“And when the caravan departed, their father said, “Indeed I find the scent of Yusuf if you don’t think of me as weakened in mind.” Surah Yusuf, 94 Subhaanallah this is one of those places from the stories of the Quran that makes me desperately wish everyone knew the beauty in these stories. And I pray that I am able to explain this bit as clearly as possible. So here goes. As we all know, Yusuf (AS)’s brothers were jealous of him. They threw him in a well and lied to their father saying that a wolf had eaten him. Ya’qub (AS), knowing his sons realized that they were lying and yet chose to be patient. Long story short, years pass by without Ya’qub (AS) knowing what happened to his son. He went blind because of how much he cried for his son. While on the other hand, with a twist and turn of events, Yusuf (AS) becomes a minister of Egypt while Ya’qub (AS) is still in his homeland. Due to a long drought that occurred in the area, Egypt and the lands near the country suffered fr

Hadhiya (part 18)

Image
އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ ކުރިމަތީގައި އޭރުވެސް ހުޅުވިފައިވީ، އަމްނާގެ ޑައިރީ ފޮތް ބަރީގެ ތެރެއިން ފުރަތަމަ ފޮތުގެ ޞަފްޙާއެކެވެ. އެއީ އަމްނާއަށް ޢަރަބި އެހާ ރަނގަޅަށް ނޭނގުމުގެ ސަބަބުން ހަމައެކަނި އެކި ފޮތްތަކުން ފެނުނު ޢަރަބި ބަސްކޮޅުތައް ލިޔެފައިހުރި ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެކެވެ. މިރްޒާންގެ ކަރުނަ ތިކި ގޮސް ޖެހުނު ބަސްކޮޅަށް ނަޒަރު ހުއްޓައިގެން އޭނަ އިންދާ އެޕާޓްމެންޓްގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ. "މިއްޒޭ!" ބެލްގެ އަޑަށްފަހު ބޭރުން އިވިގެން ދިޔައީ އާތިފްގެ އަޑެވެ. އެއާއެކު މިރްޒާނަށް ދޮރާއި ދިމާލަށް ނަޒަރު ހިންގ

Hadhiya (part 17)

Image
"އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ." ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ތިރިއަށް ނަޒަރު ހިންގައި ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަމުން ކުއްލިއަކަށް އަޅަން ފެށި ދިގު ފިޔަވަޅުތަކާއެކީ ގޭޓުން ވަދެގެން ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން އަރައިގެން ހުއްޓުމެއްނެތި ގޮސް އޭނަގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއާއި ހަމަ ކުރިއެވެ. އެ ހިނދު އޭނަގެ އެޕާޓްމެންޓްގެ ދޮރު ފެނިގެން ދިޔުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. އެ ފިޔަވަޅުތަކުގައި ގޮސް އޭނަ އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްޓަކައި އަތް ހިއްލާލި ވަގުތު އެ އަތް ތުރުތުރު އަޅަމުން ދިޔައީ ހިތުގައި އުފެދިފައިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްފައި ތަޅުގައި ހިފައި އަނބުރާލަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެ ހިނދު އަމްނާގެ މަޑުމަޑު ނާނާއެއްގެ އަޑު އިވިގެން ދިޔުމުން މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލި