Posts

Showing posts from August, 2019

Vaudhu (Part 7)

Image
ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. ދޮރުމަތީގައި ހުއްޓި ތިބީ ބަލާބެލުމަށް މެދު ޢުމުރުގެ ފިރިހެނަކާއި ބުރުގާ ނާޅާހުރި އަންހެނެއްގެ އިތުރުން އަޔާޒާއި ދާދި އެއްވަރެއްގެ ޒުވާނެކެވެ. ދޮށީ ފިރިހެން މީހާ ގަމީހަކާއި ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރިއިރު މޫނުން ރޫތައް ނަގަން ފަށާފައިވި އަންހެން މީހާ ލައިގެން ހުރީ ފެހި ކުލައިގެ ދިގު ހެދުމަކާއެކީ ބޮލުގައި ފޮތިކޮޅު އަޅައިގެންނެވެ. އެ ހިނދު އެމީހުންގެ ފުރަގަހަށްވާ ގޮތަށް ހުއްޓިގެން ހުރި ޒުވާނާ ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ތިން މީހުން އެހެން ތިބިއިރު ތިން މީހުންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ ކިބުރުވެރި ހިނިތުންވުންތަކެވެ. ނިޝާން އެމީހުންނަށް ބަލަބަލާ އިނދެފައި އެންމެފަހުން ނުހުރެވިގެން ކޮޅަށް ތެދުވިއެވެ. "ވަޢަލައިކުމުއްސަލާމް....އަނެއްކާ ނުބައި ގެއަކަށްތޯ ތި ވަދެވުނީ؟ މި ގޭގަ ނެތް މިއަދު އެއްވެސް ކައިވެންޏެއް ކަހަލަ ކަމެއް ތި ޒާތުގެ ހެދުންތައް އަޅައި

Vaudhu (Part 6)

Image
މަލާކް މާލެއިން އައިތާ 3 ވަނައަށް ވީ ދުވަހުގެ ހެނދުނު ސާރިޔާ 8 ޖެހިއިރު ގެއިން ނިކުތީ ހެނދުނުގެ ސަޔަށް ބޭނުންވާނެ ބައެއް އެއްޗެހި ގަތުމަށްޓަކައި ފިހާރައަށް ދިޔުމަށެވެ. ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ފިހާރައިގެ މޭޒުދޮށުގައި އިން ކުއްޖާ ކައިރި ބުނެލުމުން އެކުއްޖާ އެ އެއްޗެހި ކިރުމަށްޓަކައި ފިހާރައިގައި ހުރި ކުޑަ ގުދަން ތެރެއަށް ދިޔައެވެ. ހަމަ އެވަގުތު ސާރިޔާއާއި އަވަށްޓެރި ގެ ތަކުގައި އުޅޭ ރަފިއްޔާއާއި ރާމިޒާ ފިހާރައަށް ވަަދެގެންއައެވެ. ސާރިޔާ އެމީހުންނަށް ބެލިއެވެ. އެހެނަސް އެމީހުން ފިހާރައަށް ވަދެގެން ދިޔައީ ސާރިޔާ ނުވެސް ފެންނަ ފަދައަކުންނެވެ. ސާރިޔާ އެކަމާމެދު އަޅައެއް ނުލިއެވެ. އެމީހުންނަކީ އެެހެން ނޫނަސް އޭނައާއެކީ ފެންނަން ބޭނުންވާ ބައެއް ނޫންކަން އެނގޭތީވެއެވެ. އޭގެ ސަބަބުތައް އެނގުންވީ ހިނދު ސާރިޔާއަށް ދެލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. މީގެ 21 އަހަރު ކުރިން އޭނަގެ ޙަޔާތުގައި ކަންތައް ހިނގައިދިޔަ ގޮތުން އޭނަގެ އަމިއްލަ ރަށުގައި އޭނަ ބީރައްޓެހިވެފައިވަ ކަމުގެ އިޙްސާސެއް އޭނައަށް ކުރެވެއެވެ. އެހެނަސް އޭނަ ހިތާމައެއް ނުކުރެއެވެ. ވި އެއްވެސް ކަމެއްގައި އޭނަގެ ކު

Vaudhu (Part 5)

Image
"ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު." ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ. "ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ." މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ. "ބޮޑުބޭބެ ހަނދާން ނެތުނީއޭ ބުނަން...އެދުވަހު ލިބުނު ޚަބަރަކާހެދި...." ފާރޫޤު ދެރަގޮތަކަށް ބުނެލިއެވެ. އެއާއެކު މަލާކްގެ މެއަށް ލޮޅުމެއްއައެވެ. ބޮޑުބޭބެ ހަމަ މިވަގުތު މަންމައާއި ބައްޕައަށް އެ ވާހަކަ ކިޔައިދޭން އުޅެނީތޯ ހިތަށްއެރިއެވެ. އޭނަ އެކަން ހުއްޓުވަން އެއްޗެކޭ ބުނަން އުޅުނު ވަގުތު ބައްޕަ ވާހަކަ ދެއްކިއެވެ. "ކޮން ކަހަލަ ޚަބަރެއް؟" މަސްޢޫދު އެހެން އަހާލި ވަގުތު ސާރިޔާގެ ދުލުން ވެސް ބޭރުވީ އެފަދަ ބަސްތަކެވެ. އެ ހިނދު މަލާކަށް އޭނަގެ މަންމައާއި ބައްޕައަށް