Hadhiya (part 5)

"ކިހިނެއް މިވަނީ؟" އައްޒާމް ދެންވެސް އެ ޙާދިސާ ހިނގި ހިސާބާއި ކައިރިވެލަމުން ލިއާމާއި މަޑުމައިތިރި އަޑަކުން މުޚާތަބު ކުރިއެވެ. ދަންނަ އަޑެއް އިވިގެން ދިޔުމުން މާޝާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އަތަށްވަމުން ދިޔަ ތަދާއި އެކީގައި ވެސް އޭނައަށް އުނދަގުލާއެކީ ހިންދެމިލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އަދި އެމީހެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް އޮންނަން ބޭނުމެއް ނުވުމުންނެވެ. ކޮނޑުގައި އޮތް ދަބަހާއެކީ ބިންމަތީގައި އިށީނދެވުނު ވަގުތު ދުރުގައި ހުރި އެ ޒުވާނާ ފެނުމުން މާޝާގެ ދެލޯ ބޮޑުވެ މެއަށް ފިނިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލިއާމަށް ބަލާލި ތަނާހެން ލިއާމް ވާހަކަ ދެއްކިއެވެ. "މީ އަދި ކާކުތަ މާ ބޮޑާވެގެން މަށާ ވާހަކަ ދައްކަން؟" ލިއާމް އައްޒާމާއި ދިމާލަށް އަންނަމުން ބުމަގޮށްޖަހައިގެން ހުރެ ހަރު އަޑުން އެހިއެވެ. އޭރު އެތަނަށް މީހުން ވެސް ޖަމާވާން ފަށާފައިވިއެވެ. ބޭރު ތެރެއިން ކަމެއް ހިނގައިފިހެން ހީވި ހާޝިމް ވެސް ނުހުރެވިގެން ފާރުގައި ހިފަމުން އައިސް މިސްކިތުގެ އެތެރޭގެ ދޮރާއި ހަމަވީ އެވަގުތެވެ. "ތީނަގެ ސައިކަލާއި މ...