Posts

Showing posts from August 14, 2019

Vaudhu (Part 2)

Image
އެހެނަސް އޭނަގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ފެނުނު ސްކޭނެއްގެ ޒާތުން އޭނަގެ ދެބުމަ ކައިރިވިއެވެ. އެއްވެސް އެއްޗެއް ލިޔުމުގެ ކުރިން އޭނައަށް އެތައް ފަހަރެއްގެ މަތިން އެ ސްކޭން ސްކްރޯލް ކޮށްލެވުނެވެ . އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެތާ މޭޒުމަތީގައި ހުރި ކޯޑްލެސް ފޯނު ނަގައި ނަންބަރެއް ޖަހައި ފޯނު ކަންފަތުގައި ޖައްސާލި މަންޒަރެވެ . " ހެލޯ....ކެބިންގެ ތެރެއަށް އައިސްދެވިދާނެތަ މިވަގުތު ؟ " ޒުވާނާ އިނގިރޭސި ބަހުން އެދުނެވެ. އެއަށްފަހު އޭނަ ފޯނު ބޭއްވިތާ ސިކުންތުކޮޅެއް ފަހުން އޭނައަށް ޕެންޑްރައިވް ދޭން އައި އިންޑިޔާ ފިރިހެން މީހާ އަނެއްކާވެސްއައެވެ . " ނިކަން އައިއްސަ ބަލާލަބަލަ މި ސްކޭންއަށް. ޕޭޝަންޓް 1211....މި ޕޭޝަންޓަށް ހިނގޭތަ ؟ " ފިރިހެން މީހާ ގޮސް މޮނީޓަރަށް ބަލާލުމާއެކު ޒުވާނާ ސުވާލުކުރިއެވެ . " މިރޭ އައި ޕޭޝަންޓުންގެ ތެރޭގަ ނުހިނގޭ ޕޭޝަންޓެއް ހުރި. ކިހިނެއްތޯވީ ؟ " ފިރިހެން މީހާ އަދަބުވެރިކަމާއެކީ އެހިއެވެ . " ޕޭޝަންޓްގެ ވިސްނުން ރަނގަޅުތަ ؟ ވާހަކަ ދެއްކޭތަ ؟ " ޒުވާނާ ދެންވެސް އެ ސްކޭންއިން ނަޒަރު ވަކިކު