Posts

Showing posts from October 17, 2018

Hijra (part 23)

Image
އަފްރާޒް.....މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން....އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ." އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަޞްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަޞްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ އާބިދާ ކިތަންމެ ހިތާމައެއް ކުރިޔަސް އަފްރާޒްއާއި ނަޞްރާގެ ޒުވާބަކަށް ނިމުމެއްނާދެއެވެ. ނަޞްރާ އަފްރާޒްއަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ އޭނައާއި އޭނަގެ ލޯބިވެރިންގެ ދެމެދަށް އަފްރާޒް ވަންނާތީވެއެވެ. ނަޞްރާގެ ލޯބިވެރިޔަކު މިވެނި ގަޑިއެއްގައި ގުޅާނެކަން ކޮންމެވެސް އެއްގޮތަކަށް އެނގިފައި އޮތިއްޔާ އަފްރާޒް މުޅި އެދުވަހު ގޭގެ ފޯނު ކައިރީގައި ހުންނާނެއެވެ. މީގެ 3 އަހަރު ކުރިން ނަޞްރާ ލޯބިވެރިޔަކު ގެންގުޅޭ ވާހަކަ އަފްރާޒް ޝަރީފް ގާތުވެސް ބުނެފައިވެއެވެ. އެދުވަހު ޝަރީފްގެ ހޫނު އެތިފަހަރެއް ނަޞްރާގެ ކޯތާފަތްމައްޗަށް އެރިއެވެ. އަދި އެ...

Hijra (part 22)

Image
"ކޮން ރޭވުމެއް؟" ޔޫނުސްއަށް އަހާލެވުނެވެ. ނާސިފް ޔޫނުސްއަށް ބަލަހައްޓައިގެން އިނދެފައި ދެ ފަރާތަށް ނަޒަރު ހިންގާލަމުން ޔޫނުސްއާއި ކައިރިވެލުމަށް ގުދުވެލިއެވެ. "ނަވާޒްމެން އެ މީހުންނާއި ދެކޮޅަށް ޚަބަރު ކިޔާ އެންމެނަށް ފައިސާ ދީގެން އެމީހުން ކިޔުނު އެއްޗެއް ބަދަލު އެބަ ކުރުވާ. ވަރަށް ފަހަކާއި ޖެހެންދެން ސަރުކާރުގެ ޗެނަލުން އެކަނި ނަވާޒްމެނާއި ދެކޮޅަށް ޚަބަރު ކިޔަމުން އައީ. އެހެންވެ ޢާއްމުންނަށް ހީވަމުން ދަނީ ސަރުކާރުގެ ޗެނަލުން ޤަޞްދުގައި ނަވާޒްމެނަށް ދޮގު ތުޚުމަތުތަކެއް ކުރަނީހެން. އަހަރެން ބޭރުގަ ހުއްޓާ ބައްޕަވެސް އެތައް ފަހަރަކު އެމީހުން ފައިސާ ދީގެން ޚަބަރުތައް ބަދަލުކޮށްފި. އަހަންނަށް މިކަން އެނގުނު ދުވަހު ބައްޕަ ކައިރި ބުނިން ބަދަލު ނުކުރާށޭ. ނަސީބަކުން ބައްޕަ އަހަރެންގެ ބަސް ޤަބޫލުކުރި. އެކަމަކު އިހަކަށް ދުވަހު ކޮންމެވެސް ނޭނގޭ ނަންބަރަކުން ބައްޕައަށް ގުޅާފަ ޚަބަރު ބަދަލު ނުކޮށްފިއްޔާ އަހަރުމެންގެ މުޅި ގެ އަންދާލާނެ ކަމަށްބުނެ އިންޒާރުދިނީ. ބައްޕަ އެ ވާހަކަ އަހަރެން ކައިރި ނުވެސް ބުނެ އެ މީހުންނާއި ދެކޮޅަށް ލިޔުނު އެއްމެ ޚަބަރުވެސް ބަދަލުކޮށްލީ." ނާސިފ...

Hijra (part 21)

Image
ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އޭގެ އަނެއްދުވަހު ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި ނަޞްރާއަށް ވިސްނެމުން ދިޔައީ އެދުވަހު ސްޓާފް ރޫމްގައި ތިބެ ބައެއް މުދައްރިސުން ދެއްކި ވާހަކައަކާއި މެދުގައެވެ. އެ މީހުން ބުނި ގޮތުގައި މީގެ ދުވަސްތަކެއް ކުރިން އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ވާހަކަ ޚަބަރުތަކުން ކިޔުނަސް، މިއަދު އެޗް.އެން ނިއުސް އާއި އެކީ އެހެނިހެން ޗެނަލްތަކުން ވެސް އެއީ ދޮގު ތުޚުމަތެއް ކަމުގައި ބުނަން ފަށައިފިކަމަށެވެ. އެއް މުދައްރިސަކު ދެކުނު ގޮތުގައި މިހާރު އެހެނިހެން ޗެނަލްތަކުން ވާހަކަ އޮޅުވާލަނީ ނަވާޒް އެ މީހުންނަށް ރިޝްވަތު ދީގެންނެވެ. ނަޞްރާއަށް އެކަހަލަ ވާހަކަތައް އަޑުއަހަން ނުވެސް ހުރެވެއެވެ. އޭނައާއި އެކީގައި މަސައް...

Hijra (part 20)

Image
ޔޫނުސްގެ ސަމާލުކަން މަގަށް ނުދެވި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ސީދާ އޭނަގެ ކާރު ކުރިމައްޗަށް މީހަކު އައިހެން ހީވުމުންނެވެ. ރަނގަޅު ވަގުތަށް ކާރު މަޑު ނުކުރެވޭނެހެން ހީވި ވަގުތު ޔޫނުސްގެ މޭގަނޑު އަތަށްއައެވެ. ޔޫނުސްއަށް ދެލޯ މަރާލަމުން ކުއްލިއަކަށް ބުރަކި ޖައްސާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ބާރު އަޑަކާއެކީ ކާރަށް ލޮޅުމެއް އައިކަން ޔޫނުސްއަށް އިޙްޞާޞް ކުރެވުނެވެ. ކާރު އެއްފަރާތަކަށް އެނބުރެމުން ގޮސް މަޑުކޮއްލީ ވަގުތު ޔޫނުސްއަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް މޭފަޅާފައި ނިކުމެދާނެހެން ހީވާވަރަށް ތެޅެމުން ދިޔައެވެ. އޭނައަށް ހިރިލަން ވެސް ނޭނގިފައި ހުންގާނު ބުރުގައި ދެއަތުން ހިފަހައްޓައިގެން އިނދެވުނެވެ. ކާރުގެ ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްފައިވުމުން އޭނައަށް މަގުމަތީގައި އަޑުގަދަވެގެން ދިޔަކަން އެނގުނެވެ. މީހުން ޝަހީމާއޭ ކިޔާ އަޑު އިވުމުން ޔޫނުސްގެ މެއަށް ނުބައި ގޮތެއްވިއެވެ. ކޮންމެވެސް އެކަކު ޝަހީމާ ނޭވާ ނުލައޭ ބުނުމުން ޔޫނުސްގެ ނޭވާ ހުއްޓުނެވެ. އެހެން މީހަކު އޭނަ މަރުވީހޭ އަހާލި އަޑު އިވުމުން ޔޫނުސްއަށް ހީވީ ހަތަރު ފަރާތުން އޭނަ ބެދެމުން ދިޔައީހެންނެވެ. އަންހެނަކ...