Posts

Showing posts with the label Nur

Nur (last part)

Image
"ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން." ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. ފޮށީގެ ތެރެއިން ފެނުނީ އަންހެނަކާއި ފިރިހެނަކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ހެވިފައި ތިބި މަންޒަރުގެ ފޮޓޯއެއް ބޭރުގައި ޖަހާފައިވި އަލްބަމެކެވެ. އާދައިގެ މަތިން އަފާފަށް ފިރިހެން މީހާއަށް ބެލުމެއްނެތި އޭގައި ހުރި އަންހެން ކުއްޖާއަށް ބެލުނެވެ. އެއާއެކު އެއީ އޭނަކަން އެނގުންވުމުން އަފާފްގެ މެއަށް ގޮތެއްވިއެވެ. އެކުއްޖާ ލައިގެން ހުރި ޝިފޯން ފޮތީގެ ހެދުން ފެނިފައި އެއީ ހަމަ އޭނަކަން ޔަޤީންވިއެވެ. އޭނަ އެ ހެދުމުގައި އެފަދަ ގޮތަކަށް ހުންނާނީ ކާކާ އެކީކަން އެނގުންވުމުން އޭނައަށް ކެތްމަދުވެގެން ދިޔަ ހިތަކާއެކީ ދެން ހުރި ސޫރައަށް ބަލާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ނަމަވެސް އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. "ޝަރަފް..." އަފާފަށް އެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. އޭނައަށް...