Posts

Showing posts from March 13, 2020

ޤަވާޢިދުތަކަށް ދިރުންދޭ އާޔަތްތައް

ސޫރަތުލް ކަހަފްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މޫސާ ޢަލައިހިއްސަލާމްއާއި ޚިޟުރުގެފާނުގެ ވާހަކަ ވަޙީކުރައްވާފައެވެ. (ތަފްޞީލުތަކަށްޓަކައި ކަހަފް ސޫރަތް ބައްލަވާ) އެ ވާހަކައިގެ އެންމެ ފަހަކަށް ހިނގާ ކަންތަކުގެ ތެރެއިން މޫސާ ޢަލައިހިއްސަލާމްއާއި ޚިޟުރުގެފާނު ކޮންމެވެސް ރަށަކަށް ދެއެވެ. އެ ރަށުގެ މީހުންނަކީ އެހާ ރަނގަޅު ބައެއް ނޫނެވެ. އެ ދެބޭކަލުން ބަނޑުހައިހޫނުކަމުގައި ކާއެއްޗަކަށް އެދުމުން ކާއެއްޗެއް ދޭން އެ ރަށުގެ މީހުން އިންކާރު ކުރިއެވެ. ރަށުގެ ތެރެއިން ދެ ބޭކަލުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ވެއްޓެން ކައިރިވެފައި ހުރި ފާރެއް ދެބޭކަލުންނަށް ފެނިވަޑައިގަތެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ބުނުމެއްގެ ނެތި ޚިޟުރުގެފާނު އެ ފާރު ސީދަލަށް ހުންނާނެހެން ރޭއްވެވިއެވެ. މި މަންޒަރު ފެނިވަޑައިގެން މޫސާ ޢަލައިހިއްސަލާމް ދެންނެވިއެވެ. އެ މަސައްކަތަށްޓަކައި އުޖޫރައެއް ހޯއްދެވި ނަމައެވެ. އެހެނީ އޭރު އެ ދެބޭކަލުންވެސް ވީ ފައިސާއަށް ނުހަނު ބޭނުންވެފައެވެ. އެހިނދު ޚިޟުރުގެފާނު އެކަލޭގެފާނު މިހާތަނަށް ކުރެއްވި ހުރިހާ ކަމެއްގެ ފަހަތުގައިވި ސަބަބުތައް މޫސާ ޢަލައިހިއްސަލާމްއަށް ކިޔައި ދެއ

ޟަމާއިރު ހިމެނޭ މުޟާފް-މުޟާފް އިލައިހި

Image
ޟަމާއިރު ހިމެނޭ މުޟާފް-މުޟާފް އިލައިހި އިސްމްއާއި ގުޅޭ ފިލާވަޅުތަކުގެ ތެރެއިން އަޅުގަނޑުމެން ވާނީ ޟަމާއިރު އެހެންނޫނީ 'ޕްރޮނައުންސް' ގެ ތާވަލަކަށް ބަލާލާފައެވެ. ހަނދާން ކޮށްލަދިނުމުގެ ގޮތުން ތިރީގައި އެ ތާވަލު ހިމަނާލާނަމެވެ. 'ޟަމީރު އެހެން ބަހަކާއި ގުޅުމުން' އޮންނަ ގޮތަކީ ޙަޤީޤަތުގައި ކޮންމެ ޟަމީރެއްގެ ނަޞްބް އެހެންނޫނީ ޖަރް މަޤާމުގައި އޮންނަ ގޮތެވެ. ތިރީގައި މިވަނީ އެގޮތަށް ގުޅިފައި އޮތުމުގެ މިސާލެކެވެ. رَسُوْلُهُ هُ ނުވަތަ هِ ފެނުނިއްޔާ އެއީ هُوَ ގެ ނަޞްބް ނޫނީ ޖަރް މަޤާމުކަން ހަނދާން ބަހައްޓަންވާނެއެވެ. ފަރިތަކުރުން 1: ތިރީގައިވާ ޟަމީރުތައް ބަހަކާއި ގުޅިފައި ހުންނައިރު އޮންނަ ގޮތް ލިޔާށެވެ. މަތީގައިވާ ތާވަލު ބަލައިގެން ޖަވާބުތައް ލިޔުނަސް މައްސަލައެއްނެތެވެ. އެހެނަސް ނުބަލާ ލިޔެވޭތޯ ބެލުން ރަނގަޅެވެ. ޟަމީރު ބަހަކާއި ގުޅިފައި ހުންނައިރު އޮންނަ ގޮތް ޟަމީރު هُوَ هُمَا هُمْ هِيَ هُنَّ أَنْتَ أَنْتُ