Hiyaa (Part 5) - Blog post dhivehi
ލޮބުވެތި އުޚްތުންނެވެ. ކުޑައިރު އެމީހެއްގެ ހުވަފެންތައް ދުއް 'ޕްރިންސް ޗާރމިންގް' ގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ އެ ޕްރިންސް ޗާމިންގްގެ ޝަޚްޞިއްޔަތުން ތިބާއަށް ކަމެއް ފާހަގަވާނެއެވެ. އެއީ ޕްރިންސް ޗާރމިންގްއަށް ކަމުދާ އަންހެން ކުއްޖާ ޙާޞިލުކުރުމަށް އޭނަގެ ކިބައިގައި ހުންނަ ޢަޒުމެވެ. ފިލްމުތަކުގައި ޕްރިންސް ޗާރމިންގްއަކަށް ކުއްޖަކު ކަމުދާއިރަށް އޭނަގެ ނަޒަރު ވާނީ ހަމައެކަނި އެ އަންހެން ކުއްޖާއަށްޓަކައެވެ. އެ އަންހެން ކުއްޖާއާއިމެދު ވާހަކަ ދައްކާއިރު އޭނަ އެކުއްޖާއަށް މުޚާތަބު ކުރާނީ 'ޕްރިންސެސް' ގެ ނަމުންނެވެ. އެހެނީ ޕްރިންސް ޗާރމިންގްގެ އުއްމީދަކީ އެކުއްޖާއާއި ކައިވެނިކޮށް އެ ކުއްޖާއާއެކީ މުސްތަޤްބަލެއް ބިނާކުރުމެވެ. އެހެންކަމުން ޕްރިންސް ޗާރމިންގް އޭނަގެ މައިންބަފައިން (ރަސްގެފާނާއި ރާނީ) ގެ އަރިހުގައި އެ އަންހެން ކުއްޖާގެ ވާހަކަ ވީހާވެސް އަވަހަކަށް ބުނަން ނިންމައެވެ. އެއީ އޭނަ ބޭނުންވާ ކަންތަކާއިމެދު އޭނަގެ ހިތުގައި ޝައްކެއް ނެތީތީވެއެވެ. އަދި އޭނަ ބޭނުންވާކަމެއް ޙާޞިލު ނުވަނީސް އޭނައަކީ ފަހަތަށް ޖެހޭނެ ޝަޚްޞިއްޔަތެއްނޫނެވެ. ދެން ﷲ އާއި އެކަލާނގެ...