Nur (part 10)

މީގެ އިތުރުން ސިކުނޑިއަށް ވެރިވަމުން ދިޔަ އޭނައަށް ކޮންޓްރޯލް ނުކުރެވޭ ޚިޔާލުތަކެއްގެ ސަބަބުން އޭނަ ހާސްވެ، ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެހުރިހާ ކަމަކަށް ކެތްނުވެގެން އެންމެފަހުން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ. ޝަރަފްގެ އެ ހަޅޭކުގެ އަޑު ބޭރުގައި ތިބި އެންމެންނަށް އިވިފައި އެންމެންގެ ނަޒަރުތައް އެކޮޓަރިއާއި ދިމާލަށް ދަތުރު ކުރިއެވެ. އިސާހިތަކު އެންމެންނަށް އެކުއެކީގައިހެން ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނެވެ. ޝަރަފް އިންގޮތް ފެނިފައި ޝަބާ އެންމެ ކުރިން ގޮސް އޭނަގެ ގައިގައި ހިފަހައްޓާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ވަމުން ދިޔަ އުނދަގޫތަކެއްގެ ސަބަބުން ޝަރަފަށް އެވާހަކަތައް ކިޔައިދޭން ވެސް ނުކުޅެދުނެވެ. އޭނައަށް ކިޔައިނުދެވުނެއްކަމަކު ހެނދުނުގެ ހަނދާންތައް އާވެފައި ޝަރަފަށް އެ ވަނީ ކީއްކަން ޝަބާއަށް ނަގައިގަންނަން ގިނައިރެއް ނުނެގިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޝަރަފްގެ ކަޅި މައްޗަށް އަރައިގެން ގޮސް ހޭނެތެމުން ދިޔަ ވަގުތު ޝަބާއަށް ހަރުއަޑުން ޝަރަފްގެ ނަމުން ގޮވާލެވުނެވެ. އޭގެ މާގިނައިރެއްނުވެ އެމްބިއުލާންސްގައި ޝަރަފް އައި.ޖީ.އެމް.އެޗަށް ގެންދެވި އޭނައަށް އަވަސްފަރުވ...