Hadhiya (last part)
އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ. ބަލާބެލުމަށް މަންހާ އެ މެސެޖުކުރީ ބޮޑު ކަމަކުހެން ހީވިއެވެ. އެހެނަސް މަންހާ މާޝާއާއި ބައްދަލު ނުވާތާވެސް ވަނީ އެތައް ދުވަހެއްވެފައެވެ. ވީއިރު މަންހާގެ ފަރާތުން އޭނަ ކަންބޮޑުވެދާނެ ޒާތުގެ ވާހަކައެއް އިވޭނީ ކިހިނެއް ހެއްޔެވެ ؟ ސިކުނޑިއަށް ވެރިވި އެ ސުވާލުން އެ ވަގުތުގައި މަންހާއަށް މެސެޖަކުން ވިޔަސް ޖަވާބެއްނުދީ މާޝާއަށް ފަސްކޮށްލެވުނީ އެވަގުތު އޭނަ ވަށައިގެން ވެސް ސީރިއަސް ވާހަކައެއް ދެކެވެމުން ދިޔައީތީވެއެވެ. އެ ވާހަކަ ނިމިގެން ދިޔައީ ވެސް ދޮންބެގެ އަންހެނުން ވީތަނެއް އަންދާޒާ ކުރަން ވެސް އެކަކަށް ވެސް ނޭނގިއެވެ. އެ މީހުން ގެއަށް ދިޔައީ ، މާޝާ ފަރުވާކުޑަކޮށްލި އެ މެސެޖަކީ އެމީހުންނަށް އެކަމުގައި އެހީވެދޭނެ ކަމެއްކަން ރޭކާނުލައެވެ. އަދި ނުހަނު އަވަހަށް އެމީހުން ނުފެނިގެން އުޅޭ ފަރާތް އެމީހުންނަށް ފެންނަން އުޅޭކަން ވެސް ނޭނގިއެވެ . ** އައްޒާމް ލަންޑަނަށް ދިޔަތާ 3 ވަނަ ދުވަހުގެ ރޭ އޭނަ އިނީ އޭނަގެ ބައްޕައާއެކީ ބައްޕަމެން އުޅޭ ޝާހީ ގޭގެ ކިޔަވާ ކޮޓަރީގައެވެ. މިއީ ލަ...