Posts

Showing posts from August 31, 2019

Vaudhu (Part 7)

Image
ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. ދޮރުމަތީގައި ހުއްޓި ތިބީ ބަލާބެލުމަށް މެދު ޢުމުރުގެ ފިރިހެނަކާއި ބުރުގާ ނާޅާހުރި އަންހެނެއްގެ އިތުރުން އަޔާޒާއި ދާދި އެއްވަރެއްގެ ޒުވާނެކެވެ. ދޮށީ ފިރިހެން މީހާ ގަމީހަކާއި ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރިއިރު މޫނުން ރޫތައް ނަގަން ފަށާފައިވި އަންހެން މީހާ ލައިގެން ހުރީ ފެހި ކުލައިގެ ދިގު ހެދުމަކާއެކީ ބޮލުގައި ފޮތިކޮޅު އަޅައިގެންނެވެ. އެ ހިނދު އެމީހުންގެ ފުރަގަހަށްވާ ގޮތަށް ހުއްޓިގެން ހުރި ޒުވާނާ ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެންނެވެ. ތިން މީހުން އެހެން ތިބިއިރު ތިން މީހުންގެ މޫނުތަކުން ވެސް ފެންނަމުން ދިޔައީ ކިބުރުވެރި ހިނިތުންވުންތަކެވެ. ނިޝާން އެމީހުންނަށް ބަލަބަލާ އިނދެފައި އެންމެފަހުން ނުހުރެވިގެން ކޮޅަށް ތެދުވިއެވެ. "ވަޢަލައިކުމުއްސަލާމް....އަނެއްކާ ނުބައި ގެއަކަށްތޯ ތި ވަދެވުނީ؟ މި ގޭގަ ނެތް މިއަދު އެއްވެސް ކައިވެންޏެއް ކަހަލަ ކަމެއް ތި ޒާތުގެ ހެދުންތައް އަޅައި