Posts

Showing posts from December 12, 2018

Hadhiya (part 13)

Image
"ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި." ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން ދިޔުމުން މިރްޒާންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހެންމީހަކަށް ނުވިސްނުނަސް ބައްޕައަށް ކޮންމެވެސް ވަރަކަށް ވިސްނުނުހެން ހީވި ވަގުތު އޭނައަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް ދެން އެއްވެސް ހުރަހެއްނެތް ހެން މިރްޒާނަށް ހީވިއެވެ. ބައްޕަ އެތަނުން ތެދުވެގެން ދާން ފެށުމުން މިރްޒާން ބައްޕައަށް ގޮވާލިއެވެ. އަދި ބައްޕަ މަޑުކޮށްލުމުން ތެދުވެގެން ގޮސް ބައްޕަގެ ގައިގައި ބައްދާލިއެވެ. މިރްޒާނަށް ނޭނގުނު ކަމަކީ އެވަގުތު އޭނައަށް ޙަސަދަވެރި ލޮލެއް އަމާޒުވެފައިވިކަމެވެ. އެމީހަކު ރުޅިވެރި މޫނަކ...

Hadhiya (part 12)

Image
އެހެނެއްކަމަކު އޭގެ މާނައަކީ ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ﷲ ރިޒްޤު ތަނަވަސްކޮށްދެއްވާ ވާހަކައެވެ. އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ފުރަތަމަ ފަހަރަށް ﷲ ހަނދުމަކޮށް މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވީ އެކަލާނގެ ބަސްފުޅުގެ ޙައްޤުކަމާއި އެކަލާނގެ ވަޢުދުފުޅުތަކުގެ ތެދުކަން އިޙްސާސް ކުރެވުމުންނެވެ. އޭނަ ތައުބާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނައަށް މި ލިބުނީ ހާދަ ގިނަ ރިޒްޤެކެވެ. އޭނަ މި ހުރިހާ ދުވަހު ވެސް ފަސްދިނީ ހަމަ މި ކަލާނގެއަށްތޯ ހިތަށްއެރި ވަގުތު އޭނައަށް އިތުރަށް ރޮވުނެވެ. އޭނައަކީ ދުވަހަކުވެސް އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހެއްކަމުގައި ނުލެއްވުމަށް އެދި އެވަގުތު ހިތާހިތުން ދުޢާކުރެވުނެވެ. އެދުވަސްފަހުން މިރްޒާން ކެތްތެރިކަމެއްނެތި އޭނަގެ ކައިވެނީގެ ވާހަކަ ދެކެވޭނެ ދުވަހެއްގެ އިންތިޒާރު ފެށިއެވެ. އަމްނާ ވެސް އެދުވަހަށްޓަކައި ކެތްމަދުވެފައިވިކަން އޭނައަށް އެނގުންވީ ، ދުރުން ހިނގާފައި ދާއިރު އޭނައާއި އަމްނާގެ ހަތަރުކަޅި ބަދަލުވާ ކޮންމެ ފަހަރަކު އެ މޫނުމަތިން ލަދުރަކި ހިނިތުންވުންތައް ފެންނަމުން ދިޔަ ގޮތުންނެވެ. އެ މަންޒަރު ފެންނަ ކޮން...