Posts

Showing posts from December 29, 2018

Hadhiya (part 20)

Image
"ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި....އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން." އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު ވިސްނާލުމުގެ ފުރުޞަތެއް މި ލިބުނީ އަދި ކިރިޔާއެވެ. އައްޒާމަކީ މަންމައާއި ބައްޕަ ނިޔާވެފައިވާ ޔަތީމު ކުއްޖަކީ ހެއްޔެވެ؟ އެދުވަހު އައްޒާމް ބަލާ އޭނަގެ ކާފަ އައުމާއި، މިވަގުތު އައްޒާމްގެ މޫނުމައްޗަށް ވެރިވެފައިވާ ކުލަވަރުގެ މާނައަކީ އެއީ ހެއްޔެވެ؟ ހިތަށް އެ ޚިޔާލު ވެރިވުމާއެކު އައްޒާމަށްޓަކައި މާޝާގެ ހިތް ދެރަވިއެވެ. ޒުވާން ޢުމުރުގައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ މިހާ ކާމިޔާބުވެފައިވާނީ މަންމައާއި ބައްޕައާ ނުލާ ބޮޑުވި ކުއްޖެއްކަމަށް ހ...

Hadhiya (Blog post 19)

Appreciate your parents while you still have them. Only the people who have lost them know their true value. #Selfreminder *********************************************************************** ތިބާގެ މައިންބަފައިން ތިބާއާއި އެކީގައިވީ ހިނދު އެމީހުންނާއެކީ ވަގުތު ހޭދަކޮށް އުފާކުރާށެވެ. މައިންބަފައިންގެ ޙަޤީޤީ އަގު އެނގޭނީ ހަމައެކަނި އެ މައިންބަފައިންނާއި ދުރުވެފައިވި މީހުންނަށެވެ.