Hijra (part 2)

އޭނަ ކަންތައް އެކުރީ ނަޞްރާ އެއްގޮތަކަށް ވެސް ހީކުރި ގޮތަކަށް ނޫނެވެ. އަންހެން ކުއްޖަކު އެކަނި ހުއްޓާ އެންމެ ބަހެއްވެސް ބުނެ ނުލީތީ އަންތަރީސްވިއެވެ. އެޒުވާނާ އެ ކަންތައް ކުރި ގޮތުން ނަޞްރާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ގޭގެ ގޭޓު ލައްޕާލިއެވެ . ގޭތެރެއަށް ވަދެފައި ނަޞްރާއަށް ކުރާނެ ވަކި ކަމެއް ނުވިސްނުނެވެ. އަންނައުނު ފޮށިން ނަގާނީއޭ ހިތަށްއެރިއެއްކަމަކު އެކަން ކުރެވޭ ވަރަށްވުރެ ވަރު ބައްޔެވެ. ބައްޕައާއި އަފްރީން ނާންނަނީސް ނިދާކަށް ބޭނުމެއް ނުވިއެވެ. ނަޞްރާ ވަރުބަލި ގޮތަކަށް ސޯފާއަށް ވެއްޓިގަތެވެ. ނިދަން ބޭނުން ނުވިއެއްކަމަކު ދެލޯ މަރާލިތާ މާގިނައިރެއްނުވެ ނަޞްރާއަށް ނިދުނެވެ . ނަޞްރާއަށް ހޭލެވުނީ އަފްރީންއާއެކީ ގެއަށް އައި ޝަރީފް އޭނައަށް ގޮވާލުމުންނެވެ. ނަޞްރާއަށް ލުއްކެއްޖަހައި ތެދުވެވުނީ އޭނައަށް ނިދުނުކަން ޤަބޫލުނުކުރެވިފައިވާ ޙާލުގައެވެ. ނަޞްރާއަށް ވީގޮތުން ޝަރީފާއި އަފްރީންވެސް އޭނައާއި ދިމާލަށް ހޭންފެށިއެވެ. ނަޞްރާވެސް ހީލަމުން އެންމެނަށް ކާން ހަދަން އަވަސްވެގަތެވެ . ސުފުރާ ދޮށުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އަ...