Posts

Showing posts from November 18, 2018

Nur (part 36)

Image
"ހާދަ ދެރައޭ.....އަހަރުމެންގެ އަފާފްވެސް އުޅެނީ މީހަކާ އިނދެގެން. އެ ނޫންނަމަ އަހަރުމެން އަފޫ ތިކަހަލަ ތަނަވަސް، ރަނގަޅު ކުއްޖަކާ ދެވީމުސް." ހުސެއިން އެހެން ބުނެލި ވަގުތު ވިޔާމްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ ހިނދު އަފާފް އައި ރުޅިން މުޅި މީހާ ރޫރޫ އަޅައިގެން ދިޔައެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ޝަރަފް ދޫކޮށް އެހެން މީހަކާއި އިންނަން ނޭދޭނެކަމަށް ބުނެ އޭނަގެ ހިތް ހަޅޭއްލެވިއެވެ. އެއާއެކު އޭނައަށް އަނެއްކާވެސް ކޮޅަށް ތެދުވެލެވުނެވެ. މި ފަހަރު އޭނަ މަންމައަށް ވެސް ފުރުޞަތެއް ދިނުމެއްނެތި އެތަނުން ދާން ހިނގައިގަތީ އޭނަގެ އަނދިރިކަމުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އަފާފް ޢާއްމުގޮތެއްގައި އެހެން ދާއިރު އެއްޗެއްގައި ޖެހުނަސް މިފަހަރު އޭނައަށް އެއްވެސް ތަނެއްގައި ނުޖެހި ދިގު ފިޔަވަޅުތަކެއްގައި އޭނަގެ ކޮޓަރިއާއި ހަމައަށް ދެވުނެވެ. ނުފެނޭ ދުނިޔޭގައި ތިއުޅެނީ އިތުރު އަނިޔާއެއް ލިބިގަންނަންކަމަށް ޝާދިޔާ ބުނި ތަނާހެން ކޮޓަރީގެ ހުޅުވާލެވިފައިވި ދޮރާއި ގޮސް ހަމަވީ އަފާފްގެ ކޮނޑު، ދޮރު ކަނީގައި ނުހަނު ބާރަށް ގޮސް ޖެހުނެވެ. ވީ ތަދެއްގެ ސަބަބުން އަފާފްގެ އަނގައިން ވ

Nur (part 35)

Image
"ޝަރަފަކީ ތިހާ ހިތްދެރަ މީހެއްނޫން. ޔޫ އާރ ބެޓާރ ދޭން ދެޓް. ޝަރަފް ދެން އަނބުރާ އަންނާނީ ޝަރަފްގެ ތި ހުވަފެން ފުރިހަމަ ވާނެކަމުގެ ޔަޤީންކަމާއެކީ އިން ޝާ ﷲ." އަފާފްގެ އެ ސާބިތު ބަސްތަކުން އަނެއްކާވެސް ޝަރަފަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެއަށްފަހު އޭނަ މަޑުމަޑުން އަފާފާއި ދުރުވެ އޭނަގެ އަތަށް ބޮސްދިނެވެ. އަދި ތިމަންނަ ގުޅާނަން ކަމަށްބުނެ އެ އަތަށް ފިތާލަމުން މަޑުމަޑުން ދޫކޮށްލިއެވެ. އެއަށްފަހު އަފާފަށް އިވިގެންދިޔައީ ޝަރަފްގެ ހެދުން ދަބަސް ދެމިގެން ދިޔަ އަޑެވެ. އެ އަޑު ފޭދިގެން ދިޔަދިޔަހެން އަފާފްގެ ހިތަށް ބިރުވެރިކަމެއް ވެރިވީ ކީއްވެކަމެއް ނޭނގެއެވެ. ޝަރަފް ރާވައިގެން ހުރީ ކޮންމެ ހަފްތާއަކު އެއްފަހަރު އޭނައާއި ބައްދަލުކުރަން އައުމަށެވެ. އެހެނަސް މިއަށްފަހު ޝަރަފް އޭނައާއި ވަކިވެގެންދާނީ އެއަށްވުރެ ދިގު މުއްދަތަކަށްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ޝަރަފް ދިޔުމަށްފަހު އަފާފަށް އިޙްޞާޞް ކުރެވުނީ އާދަޔާ ޚިލާފު އެކަނިވެރިކަމެކެވެ. ކޮޓަރީގައި ހުންނައިރު އެތަނަށް ވެރިވެފައިވި ހިމޭންކަން އޭނަގެ ހިތް މާޔޫސްކުރުވިއެވެ. އަމިއްލައަށް ހުރިހާ ކަމެއް ކުރެވުނަސް ދ

Nur (part 34)

Image
"އެއީ ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ، ވިޔާމް އަހްމަދު." ނަބީހް ކިޔާލި ނަމަކުން ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ. އެ ނަން ގަނެވުނު މީހެއްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. އެ ސޫރައިގެ ވެރިޔާ އޭނައާއިމެދު ކަންތައް ކުރިގޮތް ހަނދާނަށް އައިސް މިއަދު އޭނަ އަނިޔާއެއް ދޭން އުޅެނީ ކާކަށްކަން އެނގުންވީ ހިނދު ޝަރަފްގެ ދަތްކުނޑި ވިކުނެވެ. "ހެލޯ ޝަރަފް؟ ޔޫ ދެއާރ؟" ޝަރަފްގެ ފަރާތުން ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން ނަބީހްގެ އަޑު އެކޮޅުން އައެވެ. އެއާއެކު ޝަރަފަށް ވާހަކަ ދެކެވުނެވެ. "ނަބީހް.....މިއަދަށްފަހު ނަބީހް ވިޔާމާއި ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކީ ނަބީހް އެކަނި އަޅާނެ ފިޔަވަޅެއްނޫން. އޭގެއިން ކޮންމެ ފިޔަވަޅަކާއެކީ އަހަރެން ނަބީހްއާއެކީ ވާނަން." ޝަރަފް އެ ބަސްތައް ބުނެލިއިރު އެ މޫނުމަތިން ފެނިގެން ދިޔައީ ސާބިތުކަމެކެވެ. ފުރާވަރުގައި އޭނަގެ ހިތުތެރޭގައި އުފެދުނު ބަދަލު ހިފުމުގެ ރޫޙު އަނެއްކާވެސް އޭނަގެ ހިތަށް ވެރިވާން ފެށި ވަގުތު އެއީ ނުބައި އިޙްޞާޞެއްކަން ޝަރަފަށް އެނގުންވިއެވެ. އެހެނަސް އެ ވަގު

Nur (part 33)

Image
"އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް." ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ނަބީހްއާއި އޭނަ ގާތްވެގެން އުޅޭ މައިގަނޑު އެއްސަބަބުގެ މަތިން ކުއްލިއަކަށް ހަނދާންވެގެން ދިޔުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އޭނައަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ނަބީހް ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން މި ދައްކާ ވާހަކަތައް ވަރަށް ރަނގަޅަށް އަޑުއަހާތި ޝަރަފް. ޝަރަފްއަށް ފަހަރެއްގަ އެނގިފަ އޮވެދާނެ ކަންނޭނގެ ޝަރަފްގެ ވައިފްއަކީ ބިންތު ޢައްމާރުގެ ނަމުން ޕޭޖެއް ހިންގާ އަންހެން ކުއްޖެއްކަން. އެކުއްޖާގެ އެ ޕޭޖުގެ ސަބަބުން ގިނަ ބައެއްގެ ރުޅިވެރިކަން އެކުއްޖާއަށް އަމާޒުވެގެން މިއުޅެނީ. އެއީ ވަކިން ޚާއްޞަކޮށް އަހަރެން ބިންތު ޢައްމާރުގެ ޕޯސްޓެއް ކިޔާފައި ތައުބާވިފަހުން. މި ވާހަކަތައް ކިޔައިދޭން ލަދުގަނޭ އެކަމަކު ޝަރަފަށް މި ވާހަކަތައް ކިޔައިދިނުން މުހިއްމުހެން ހީވީމަ އަހަރެން ކިޔައިދޭނަން....

Nur (part 32)

Image
އެ ރޮނގުގައި އެންމެ ދެމީހުން ބާކީ ތިއްބާ ކަކުލުން މައްޗަށް އޮތް ކުރު ހެދުމެއްގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނަގެ އުސް ފައިވާނުގެ އަޑު އިއްވަމުން ޑިޕާރޗާއަށް ވަދެ އެ ރޮނގާއި ދިމާލަށް ދިޔައެވެ. އެ ކުއްޖާ ބޯޑިން ޕާސް ދެއްކި ވަގުތު އޭގައި އޮތް އޭނަގެ ނަން ފެނުނެވެ. ދަތުރުވެރިޔާގެ ނަމަކަށް އޮތީ "މަރިޔަމް ހަނާ" އެވެ. ** އޭގެ އަނެއްދުވަހު ހެނދުނު ޝަރަފާއި އަފާފް ހޮސްޕިޓަލަށްދާން ތައްޔާރުވަމުން ދިޔައެވެ. ޝަރަފް އެދުވަހު އޮފީހަށް ދިޔުމަށްޓަކައި ނިކުންނާނީ އަފާފާއި އެކީގައި ކަމާއި އޭނަ އޮފީހަށް ދިޔުމުގެ ކުރިން އަފާފް ގޮވައިގެން ހޮސްޕިޓަލަށްދާނެ ވާހަކަ އެދެމީހުންކުރެ އެކަކުވެސް ހުސެއިންމެންނަށް ނާންގައެވެ. އެހެންކަމުން ޝަރަފާއިއެކީ އަފާފްވެސް ތައްޔާރުވެގެން ސިޑިން ފައިބައިގެން އައިސް ކާމޭޒުދޮށުގައި އިށީނުމުން އެދެމީހުންނާއި ސުވާލުތަކެއް ކުރިމަތިވިއެވެ. އަފާފް ހިސާބަކަށް ނުތަނަވަސްވުމުން އޭނަ އެއްޗެކޭ ނުބުނުމުން ޝަރަފް ވާހަކަ ދެއްކިއެވެ. "އަހަރުމެން މިދަނީ ހޮސްޕިޓަލަށް." ޝަރަފް ކުރު ޖަވާބެއްދިނެވެ. "އެއީ ކީއްކުރަން؟ އަފާފް ބަލީތަ؟" ހުސެއިން ކ