Hadhiya (Blog post 30)
وَلَا تُصَعِّرْ
خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا إِنَّ
اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
“And do not turn
your cheek [in contempt] toward people and do not walk through the earth
exultantly. Indeed, Allah does not like everyone self-deluded and boastful.”
Surah Luqman, 18
Someone may not be
able to file a case against us in this world if we are insulting them just with
our facial expressions. Or we put them down with just the way we walk in front
of them. But Allah, being the most Just of the judges, will hold us accountable
even for this crime. Subhaanallah!
May Allah make us of
those who are humble and thankful even with all the blessings He gives us.
Ameen!
************************************************
وَلَا
تُصَعِّرْ خَدَّكَ
لِلنَّاسِ وَلَا
تَمْشِ فِي
الْأَرْضِ مَرَحًا إِنَّ
اللَّـهَ لَا
يُحِبُّ كُلَّ
مُخْتَالٍ فَخُورٍ
"އަދި
މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު
އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ!
ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ اللَّه
ލޯބިވެވޮޑިގެނެއް ނުވެތެވެ."
ސޫރަތް ލުޤްމާން، 18
މި ދުނިޔޭގައި އަހަރުމެން މީހަކަށް މަލާމާތް ކުރުމުގެ ގޮތުން މޫނަށް ގޮތެއް
ހަދާލިޔަސް އެ މައްސަލަ އެ މީހަކަށް ކޯޓަކަށް ހުށަނޭޅޭނެއެވެ. އެހެންނޫނީ މީހަކު
ދަށްކުރުމަށްޓަކައި އެ މީހެއްގެ ކުރިމަތީގައި ހިނގާލާ ގޮތާއި ދެކޮޅަށް ވެސް އަޑު
ނުއުފުލޭނެއެވެ. އެހެނަސް އެންމެ ޢަދުލުވެރި ރަސްކަލާނގެ ޙަޟްރަތުގައި އެ
ކުށަށްޓަކައި ވެސް އަހަރުމެންގެ ހިސާބު ބެއްލެވޭނެއެވެ. ސުބްޙާނަ ﷲ!
މާތް ﷲ އަޅަމެންނަކީ އެކަލާނގެ ކިތަންމެ ގިނަ ނިޢުމަތްތައް ދެއްވިޔަސް ހިތްތިރިކޮށް
ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވާށި. އާމީން!.
Comments
Post a Comment