Hadhiya (Blog post 29 (i))
اللّهُمَّ حَبِّبْ إِلَيْنَا
اْلإِيْمَان وَزَيِّنْهُ فِيْ قُلُوْبِنَا، وَكَرِّهْ إِلَيْنَا اْلكُفْرَ وَاْلفُسُوْقَ
وَاْلعِصْيَان، وَاجْعَلْنَا مِنَ الرَّاشِدِيْن
"O Allah! Make iman beloved to us, and beautify it in our hearts, and make disbelief, sinning and rebellion hateful to us and make us from among those who are rightly guided."
One of my favourite duas that
is found in a hadhith but is derived from the Quran. You know when this dua
gets really beautiful? When you literally feel this dua happening within you.
At first you realize that you are doing something wrong. And it feels hard to
let go. But you just know that you have to if you want to please Allah, you
have to make a sacrifice. Then out of nowhere you find the strength to let go.
That is ‘habbib ilainal iman’….iman being more beloved to you. More beloved to
you than your vain desires and perhaps even your wrong aspirations. But just
because you let go, does not mean it was easy. You still had to hold yourself
back so many times until even that struggle becomes beautiful to you. That is
‘wa zayyinhu fee quloobina’….iman being beautified in your heart. The struggle
you go through, just so that your iman stays strong and just so you feel close
to Allah becomes beautiful to you. And so does any act you see that pleases
Allah. So you start spending much of your time doing things that please Allah.
Because of all this, you no longer feel weak. Then after a while, you look at
that very thing you had a hard time letting go, and you have utter hatred for
that act. That is ‘karrih ilainal kufra, wal fusooqa, wal ‘isyaan’….disbelief, sinning and rebellion being hateful to you. You realize that
any kind of disobedience to Allah will end up in ingratitude towards Allah and
eventually disbelief and more sins. Rebelling against Allah’s commands becomes
so ugly to you that you can’t even bear the sight of it. And you cannot help
but raise your voice against it. And that too in a way that pleases Allah.
Subhaanallah!
*****************************************************
اللّهُمَّ حَبِّبْ إِلَيْنَا
اْلإِيْمَان وَزَيِّنْهُ فِيْ قُلُوْبِنَا، وَكَرِّهْ إِلَيْنَا اْلكُفْرَ وَاْلفُسُوْقَ
وَاْلعِصْيَان، وَاجْعَلْنَا مِنَ الرَّاشِدِيْن
"ޔާ ﷲ! އަޅަމެންނަށްޓަކައި އީމާންތެރިކަން ލޮބުވެތި ކޮށްދެއްވާށެވެ.
އަދި އެ އީމާންތެރިކަން އަޅަމެންގެ ހިތްތަކުގައި ޒީނަތްތެރި ކުރައްވާށެވެ. އަދި
ކުފުރާއި، ފާފަތައް ކުރުމާއި، ކުރާ އަމުރުތަކަށް ބޯ ނުލެނބުމަކީ އަޅަމެން ނަފްރަތު
ކުރާ ކަންތައްތަކެއް ކަމުގައި ލައްވައި އަޅަމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު
ކަމުގައި ލައްވާށެވެ."
މި ދުޢާއަކީ ޙަދީޘްތަކުގައި ޤުރުއާނުގެ އާޔަތްތަކަށް ބިނާވެގެން އައިސްފައި
ހުންނަ ދުޢާތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ރީތި ދުޢާއެވެ. މި ދުޢާ އެންމެ
ރީތިވެގެން ދަނީ ކޮން ޙާލަތެއްގައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟ މި ދުޢާ ތިބާގެ
އަމިއްލަ ހިތުގެ ތެރޭގައި ޙަޤީޤަތަކަށްވެގެން ދާކަން ތިބާއަށް އިޙްސާސް ކުރެވޭ
ހިނދެވެ. ފުރަތަމަ ކަމަކަށް ތިބާއަށް ކޮންމެވެސް ގޯސްކަމެއް ކުރެވޭކަން ތިބާއަށް
އިޙްސާސް ކުރެވެއެވެ. އަދި އެކަން ދޫކޮށްލުމަކީ ތިބާއަށް ދަތިކަމަކަށްވެގެން
ދެއެވެ. އެހެނަސް ﷲ ގެ ރުހިވޮޑިގަތުން ލިބެން ތިބާ ބޭނުންވާނަމަ ތިބާ އެ
ޤުރުބާނީއެއް ވާންޖެހޭކަން ތިބާއަށް އެނގުންވެއެވެ. ދެން ހީވެސް ނުކުރާ ފަދައަކުން
އެކަން ދޫކުރުމަށް ތިބާއަށް ހިތްވަރެއް ލިބެއެވެ. "ޙައްބިބް އިލައިނަލް
އީމާން." އަކީ އެއީއެވެ. ތިބާއަށްޓަކައި ތިބާއަށްޓަކައި އެހެން ކަމަކަށްވުރެ
ތިބާގެ އީމާންތެރިކަން ލޮބުވެތިވެގެން ދެއެވެ. ތިބާގެ ހަވާ ނަފްސުގެ
އެދުންތަކަށްވުރެ އެ އީމާންތެރިކަން ލޮބުވެތިވެގެންދެއެވެ. އެހެނަސް އެކަން
ދޫކޮށްލިއެއްކަމަކު އެއީ ތިބާއަށް ފަސޭހަކަމެއް ކަމުގައި ނުވެއެވެ. ވަރަށް ގިނަ
ފަހަރު މަތިން ގަދަކަމުން ވެސް އެކަމުން ދުރުވާން ތިބާ މަސައްކަތް ކުރަން
ޖެހެއެވެ. އެ މަސައްކަތުގެ ތެރެއިން ﷲ އަށްޓަކައި ތިބާ އެ އުފުލާ ބުރަ ތިބާގެ
ހިތުގައި ޒީނަތްތެރިވެގެންދެއެވެ. "ވަ ޒައްޔިންހޫ ފީ ޤުލޫބިނާ." އަކީ
އެއީއެވެ. ﷲ އާއި ގާތްވުމަށާއި ތިބާގެ އީމާންތެރިކަން ވަރުގަދަ ގޮތެއްގައި
ދެމެހެއްޓުމަށްޓަކައި ތިބާ އެ އުފުލާ ވޭން ތިބާއަށްޓަކައި ޒީނަތްތެރިވެއެވެ. ﷲ
ރުހިވޮޑިގެންވާ ކޮންމެ ޢަމަލެއް ވެސް ތިބާއަށް ރީތިވެގެންދެއެވެ. އެހެންކަމުން
އެފަދަ ޢަމަލުތައް ކުރުމުގައި ތިބާ ގިނަ ވަގުތު ހޭދަކުރަން ފަށަމުއެވެ. މީގެ
ނަތީޖާއެއްގެ ގޮތުން ތިބާއަށް އިތުރު ބަލިކަށިކަމެއް އިޙްސާސެއް ނުކުރެވެއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ތިބާ އަނެއްކާވެސް އޭގެ ދުވަސްތަކެއް ކުރިން ﷲ
އަށްޓަކައި ދޫކުރަން ޖެހުނު ފާފައިގެ މަތިން ހަނދާންވެއެވެ. އެހެނަސް އެހިނދު
ތިބާގެ ހިތުގައި އެ ޢަމަލަށްޓަކައި ނަފްރަތެއް ނޫނީ ނުވެއެވެ. "ވަ ކައްރިހް
އިލައިނަލް ކުފްރަ، ވަލް ފުސޫޤަ، ވަލް ޢިޞްޔާން." އަކީ އެއީއެވެ. ކުފުރާއި
ފާފަތައް ކުރުމާއި އަމުރުތަކަށް ބޯނުލެނބުމަށް ތިބާގެ ހިތުގައި ނަފްރަތެއް
އުފެދުނެވެ. ﷲ ގެ ޢަމުރުފުޅަކަށް އުރެދުމުން މާ ގިނަ ދުވަހެއްނުވެ އެކަލާނގެއަށް
ޝުކުރުނުކުރާ މީހަކަށް ތިބާވާނެކަން ތިބާއަށް އެނގުންވެއެވެ. ޝުކުރު ނުކުރުމުގެ
ސަބަބުން އެކަން ރަނގަޅު ކުރަން މަސައްކަތް ނުކޮށްފިނަމަ އެ މަރުޙަލާއިން ކުފުރާއި
ފިސްޤަށް ވެސް ހިނގައިދާނެކަން ތިބާއަށް އެނގުންވެއެވެ. ﷲ ގެ އަމުރުފުޅަކަށް ބޯނުލަނބާތަން
ދެކުމަކީ ވެސް ތިބާއަށް ހުތުރު މަންޒަރަކަށްވެގެންދެއެވެ. އަދި ތިބާއަށް ވީ
ވަރަކުން އެކަން ނުހުއްޓުވައި ހުންނަން ވެސް ތިބާއަށް އުދަގުލެވެ. އަދި ތިބާއަށް
އެކަން ވެސް ކުރެވެނީ ﷲ ރުހިވޮޑިގެންވާ ފަދައަކުންނެވެ. ސުބްޙާނަ ﷲ!
މާތް ﷲ އަޅަމެންނަށްޓަކައި އީމާންތެރިކަން ލޮބުވެތި ކޮށްދެއްވާށި! އަދި އެ
އީމާންތެރިކަން އަޅަމެންގެ ހިތްތަކުގައި ޒީނަތްތެރި ކުރައްވާށ! އަދި ކުފުރާއި،
ފިސްޤާއި، ކުރާ އަމުރުތަކަށް ބޯ ނުލެނބުމަކީ އަޅަމެން ނަފްރަތު ކުރާ
ކަންތައްތަކެއް ކަމުގައި ލައްވައި އަޅަމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު
ކަމުގައި ލައްވާށި! އާމީން!
Comments
Post a Comment