Hadhiya (Blog post 29 (iii))
Before you
daydream about marriage….think!
Think about
the state you are in right at this moment. Are you a real man? Are you a real
woman? Are you ready to accept a person full of flaws? Are you ready to
emotionally invest in some one even during the toughest of days? Are you
responsible enough to take care of an entire household on your own? Are you
financially capable of doing that? Are you the kind of role model you want your
future kids to look up to? Are you doing something that they could be proud of?
Do you have the kind of work ethic, perseverance and faith in Allah so that
they can follow your lead?
These are
questions we need to ask ourselves before we daydream about marriage. And if
the answer to any of these questions is in the negative, we seriously need to
work on ourselves. If that is the case, the next question to ask is, “what can
I do right now to change that?”
#Marriage
#Thinkingahead #Thinkinglongterm
************************************************************
ކައިވެންޏާއިމެދު ހުވަފެންތައް ދެކުމުގެ ކުރިން......ވިސްނާށެވެ!
ތިބާގެ ޙާލަތު މިވަގުތު ހުރި ގޮތާއިމެދު ވިސްނާށެވެ. ތިބާއަކީ ރަނގަޅު
ފިރިހެނެއް ހެއްޔެވެ؟ ތިބާއަކީ ރަނގަޅު އަންހެނެއް ހެއްޔެވެ؟ ތިބާއަށް އެންމެ
އުދަގޫވާ ދުވަސްތަކުގައި ވެސް އެހެންމީހަކު ހިތްހަމަޖައްސައިދޭން ތިބާ ތައްޔާރު
ހެއްޔެވެ؟ އުނި ސިފަތަކެއްގެ ވެރިޔަކު އޭނަގެ ގޮތުގައި ބަލައިގަންނަން ތިބާ
ތައްޔާރު ހެއްޔެވެ؟ މުޅި ޢާއިލާއަކާއި ގެދޮރެއް ބެލޭނެ ވަރަށް ތިބާ ޒިންމާދާރު
ހެއްޔެވެ؟ މާލީ ގޮތުން އެ ޒިންމާ ނެގުމުގެ ޤާބިލިއްޔަތުކަން ތިބާއަށް ލިބިފައިވޭ
ހެއްޔެވެ؟ ތިބާއަކީ މުސްތަޤްބަލުގައި ތިބާއަށް ލިބޭނެ ކުދިންނަށް ހުރި ރަނގަޅު
ނަމޫނާއެއް ހެއްޔެވެ؟ އެމީހުން ފަޚުރުވެރިވާނެ ފަދަ ރަނގަޅު ކަމެއް ތިބާ އެބަ
ކުރަން ހެއްޔެވެ؟ ތިބާއަކީ ﷲ އަށް އީމާންތެރިވެ ވަކީލުކުރާ ޙާލު މަސައްކަތަށް އިޚްލާޞްތެރިވެ،
ހިއްމަތާއެކީ މަސައްކަތް ކުރާ މީހެއް ހެއްޔެވެ؟ މި ކަންތައްތަކުގައި ތިބާގެ
މުސްތަޤްބަލުގެ ކުދިންނަށް ތިބާގެ ކިބައިން މިސާލު ނެގޭނެ ހެއްޔެވެ؟
ކައިވެންޏާއި ބެހޭގޮތުން ހުވަފެންތައް ދެކުމުގެ ކުރިން މިއީ ކޮށްލަންޖެހޭ
ސުވާލުތަކެވެ. މީގެއިން އެއްވެސް ސުވާލަކަށް ނޫނެކޭ ބުނެވޭނަމަ އަހަރުމެން ރަނގަޅު
ކުރަންޖެހޭ ކަންތައް އެބަހުއްޓެވެ. އެއްވެސް ސުވާލަކަށް ނޫނެކޭ ބުނެވިއްޖެނަމަ
ދެން ކުރަންވީ ސުވާލަކީ "އެކަން ބަދަލުކުރުމަށްޓަކައި އަހަންނަށް ކުރެވޭނީ
ކޮންކަމެއް ހެއްޔެވެ؟" މި ސުވާލެވެ.
Comments
Post a Comment