Hadhiya (Blog post 28 (ii))
When I heard the words “there is no one who could bring
a surah like in the Quran.”, about 6 years ago, I was skeptical. Being the
stubborn person I was, I held onto the thought that if I knew Arabic, I might
as well be able to write a few Arabic sentences that rhyme like the Quran (May
Allah forgive me). As a matter of fact, I kept coming back to this thought even
after I started to learn seriously about the Quran. But then I finally started
to learn Arabic because of the mere love I developed for the Quran itself. And
had completely forgotten about the thought that was occasionally running
through my head. But then I finally came across this ayah after a
few years.
فَإِن
لَّمْ تَفْعَلُوا
وَلَن تَفْعَلُوا
فَاتَّقُوا النَّارَ
الَّتِي وَقُودُهَا
النَّاسُ وَالْحِجَارَةُ ۖ
أُعِدَّتْ لِلْكَافِرِينَ
"
But if you do not - and you will never be able to - then fear the Fire, whose
fuel is men and stones, prepared for the disbelievers.” Suratul Baqarah, 24
Allah
says these words after the ayah that challenges people to bring a surah like
the Quran. I still remember how stunned I was when I felt this ayah was talking
directly to me. And Subhaanallah it all became so clear to me right at that
moment. Even with all the knowledge of Arabic and the Quran I had, I just can’t
write something even close to the ayahs of Quran. Let alone write, I can’t even
begin to think of a sentence, that is so meaningful and precise at the same
time. And even when I do write an Arabic sentence using the vocabulary of the
Quran, it sounds just so different from the Quran. It’s literally inexplicable
how significantly different the Quran sounds from all the other Arabic texts.
Now I understand why the Quraysh, being the most eloquent of people, could not
beat the Quran with their words, and had to raise swords against it.
Subhaanallah!
May
Allah allow us to see the beauty in His Words by increasing us in beneficial
knowledge. Ameen!
************************************************************
ޤުރުއާނުގައިވާ
ސޫރަތެއްހާ މިންވަރުގެ އެއްޗެއްވެސް މީހަކަށް ނުގެނެވޭނެއެވެ."
މީގެ 6 އަހަރު
ކުރިން މި ބަސްތައް އިވުނު ހިނދު އަޅުގަނޑުވީ މިކަމާމެދު ޝައްކެއްގެ ތެރޭގައެވެ.
ގޮތްދޫނުކުރާ މީހެއްގެ ގޮތުގައި އަޅުގަނޑުގެ ހިތަށްއެރިއެވެ. އަޅުގަނޑަށް ޢަރަބި
އެނގޭނަމަ އެ އާޔަތްތަކުގެ ރާގަކަށް ފެތޭ ގޮތަށް އަޅުގަނޑަށް ޖުމްލަތަކެއް
ލިޔެވިދާނެއެވެ. (މާތް ﷲ އަޅުގަނޑުގެ ފާފަތައް ފުއްސަވާށި). ޤުރުއާނާއިމެދު
ޝައުޤުވެރިކަމާއެކީ އުނގެނެން ފެށި ފަހުން ވެސް ދޭތެރެދޭތެރެއިން މި ޚިޔާލު
އަޅުގަނޑުގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އެހެނަސް ޤުރުއާނަށްޓަކައި އުފެދުނު
ލޯތްބެއްގެ ސަބަބުން އަޅުގަނޑު އެންމެ ފަހުން ޢަރަބި ކިޔަވަން ފެށީމެވެ.
ދުވަސްކޮޅެއް ވަންދެން އެ ޚިޔާލު މަތިން ހަނދާން ނެތިފައި ވަނިކޮށް ޢަރަބީގެ
ބޮޑުބައެއް އެނގުނު ފަހުން އަޅުގަނޑަށް މި އާޔަތް ފެނިގެން ދިޔައެވެ.
فَإِن لَّمْ
تَفْعَلُوا وَلَن
تَفْعَلُوا فَاتَّقُوا
النَّارَ الَّتِي
وَقُودُهَا النَّاسُ
وَالْحِجَارَةُ ۖ
أُعِدَّتْ لِلْكَافِرِينَ
"ފަހެ،
ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ
އެކަންތަކެއް ނުމެ ކުރެވޭނެއެވެ. ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ،
ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ
ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ." ސޫރަތުލް
ބަޤަރާ، 24
ﷲ ސުބްޙާނަހޫ
ވަތަޢާލާ މި ބަސްތައް ވަޙީ ކުރައްވާފައިވަނީ ޤުރުއާނާއި އެއްފަދަ ސޫރަތެއް ގެނެސްދިނުމަށް
ގޮންޖައްސަވާފައިވި އާޔަތަށް ފަހުއެވެ. މި އާޔަތް ވާހަކަ ދެއްކީ ޚުދު
އަޅުގަނޑާއިހެން ހީވި ވަގުތު ހުއްޓުން އެރި ވަރު އަދިވެސް ހަނދާން އެބަހުއްޓެވެ.
ހުރިހާ ކަމެއް އަޅުގަނޑަށް ސާފުވެގެން ދިޔައީ ވެސް އެ ވަގުތެވެ. އެހާ ތަނަށް
ދިޔައިރު ޤުރުއާނާއި ޢަރަބިއާއި ބެހޭގޮތުން އެނގިފައިހުރިހާ ޢިލްމަކާއެކީ ވެސް
އަޅުގަނޑަށް ޤުރުއާނުގެ އާޔަތްތަކާއި ގާތްވާނެ ފަދަ ބަސްތަކެއް ވެސް
ނުލިޔެވޭނެކަން އެނގުންވީ އެވަގުތެވެ. ލިޔުން ކީއްކުރަން ހެއްޔެވެ؟ އެހާ
ފުރިހަމައަށް އެހާ މާނަހުރި ޖުމްލައެއް އެކުލަވާލުމަށްޓަކައި ވިސްނައިގަންނަން
ވެސް އަޅުގަނޑަށް ދަތިވިއެވެ. އަދި އަޅުގަނޑު ޚުދު ޤުރުއާނުގައިވި ބަސްތަކަކުން
އަމިއްލަ ޖުމްލައެއް އެކުލަވާލިޔަސް އެ ޖުމްލަ ޤުރުއާނާއި ބަލާއިރު ވަރަށް ވެސް
ތަފާތުވެއެވެ. އެހެން ހުރިހާ ލިޔުންތަކާއި ޤުރުއާނާއި ތަފާތު ވާ ގޮތަކީ
ބުނެދޭންވެސް ނޭނގޭ ޙަޤީޤަތެކެވެ. ޤުރައިޝުންނަކީ އެންމެ ފަޞާޙާތްތެރި ބަޔަކަށް ވީ
ހިނދު ވެސް އެމީހުންގެ ބަސްތަކަކުން އެމީހުންނަށް ޤުރުއާން ބަލި ނުކުރެވުނީ
ކީއްވެކަން އަޅުގަނޑަށް މިހާރު ވިސްނެއެވެ. އަދި އޭގެ ބަދަލުގައި އެމީހުން
ޤުރުއާނާއި ދެކޮޅަށް ކަނޑި އުފުލަން ޖެހުނީ ކީއްވެކަން ވެސް މެއެވެ. ސުބްހާނަ ﷲ!
މާތް
ﷲ އަޅަމެންނަށް ފައިދާހުރި ޢިލްމު އިތުރު ކޮށްދެއްވައި އަޅަމެންނަށް އެކަލާނގެ
ބަސްފުޅުގެ ރީތިކަން ދައްކަވާށި. އާމީން!
Comments
Post a Comment