Hijra (last part)

"ޔޫނުސް؟" ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ. "ނަޞް....ރާ؟" ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަޞްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު މާ ގިނައިރެއްނުވެ ނަޞްރާއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ އަޑު އިވިފައި ޔޫނުސްގެ މޫނުމައްޗަށް ވެސް ހިތާމަވެރިކަން ވެރިވިއެވެ. މިފަދަ ވަގުތެއްގައި ފުރަތަމަ ފަހަރަށް ނަޞްރާއާއި މިހާ ދުރުގައި ހުރެވުނީތީ ޔޫނުސްގެ ހިތަށް އުނދަގޫވިއެވެ. "ނަޞްރާ ނުރޮއި. ނަޞްރާ ބުނެބަލަ ނަޞްރާ ތިހުރީ ކޮންތާކުކަން. އަހަރެން ބަލައި އަންނާނަން." ޔޫނުސް ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. "އަހަންނަކަށް ނޭނގޭ އަހަރެން މިހިރީ ކޮންތާކުކަން ޔޫނުސް. އަހަރެން މިތަނަ...