Hadhiya (Blog post 16)
“When
you help Allah, Allah helps you.”
Wallaahi we will only know
what this means when we do something for the sake of Allah’s deen. When we do
something to spread His Word and encourage people to live according to His
deen. When we find the courage to say or do the right thing even when it’s
difficult and harsh. Some of you might assume that I wrote about a person being
helped just because he stood up for his faith out of nowhere. But no! These
things that I write in the story are based on real life experiences. And
Subhaanallah as I look back at my own experiences, I realize that it only takes
a small amount of courage to do the right thing compared to the Help that Allah
will send your way. You might think that your small effort is not going to
bring any benefit but Allah will give you results that you had never imagined.
You might think that the advice you gave to that one sister is not going to
change anything but after a few days you realize that her whole life has
changed because of that one advice. You might think that you saying the right
thing in the middle of a crowd that is unwilling to accept, is going to get you
in trouble and yet your words will mark the beginning of a change in an entire
organization. And the beauty in all of this……is realizing that its only Allah.
That it’s only Allah Who puts barakah in the good you do. That is the King of
the skies and the earth Who is helping YOU out of all the creation He swt is
taking care of. That it’s the Possessor of all strength, Who is giving you His
unwavering Support. Subhaanallah!
يَا أَيُّهَا الَّذِينَ آمَنُوا إِن
تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
“Those of you who believed, if
you support Allah, He will support you and plant your feet firm.” Surah
Muhammad, 7
******************************************************
"ތިބާ
ﷲ އަށް އެހީވެދީފިނަމަ، ﷲ ތިބާއަށް އެހީވެވޮޑިގަންނަވާނެއެވެ."
މި ބަސްތައް އަހަރުމެންނަށް އިޙްސާސް ކުރެވޭނީ އަހަރުމެން ﷲ ގެ ދީނަށްޓަކައި
ކޮންމެވެސް ކަމެއް ކޮށްދިނުމުންނެވެ. އެކަލާނގެ ކަލާމްފުޅު ފަތުރައި އެކަލާނގެ
ދީނާއި އެއްގޮތަށް އުޅެން އެހެން މީހުންނަށް ހިތްވަރު ދިނުމުންނެވެ. އަދި ދަތި
ޙާލަތްތަކުގައި ވެސް އެ ދީނަށްޓަކައި ތެދުބަސް ބުނެ އެ ދީނަށްޓަކައި ރަނގަޅު
ފިޔަވަޅުތައް އެޅުމުންނެވެ. ވާހަކައިގައި ﷲ ގެ ދީނަށް ނަޞްރު ދިން މީހަކަށް އެހީ
ލިބިގެން ދިޔަ ގޮތުގެ ވާހަކަ އަޅުގަނޑު ލިޔުނީ ހަމައެކަނި ވާހަކައަށްޓަކައި ކަމަށް
ބައެއް ކިޔުންތެރިންނަށް ހީވެދާނެއެވެ. އެހެނަސް އެއީ ޙަޤީޤަތެއް ނޫނެވެ.
ވާހަކައިގައި ހުންނަ އެފަދަ ޙާދިސާތަކަކީ ޙަޤީޤަތާއި މުޅިން އެއްގޮތް ނުވިޔަސް
ޙަޤީޤީ ތަޖުރިބާތަކަށް ބިނާކޮށް ލިޔެވިފައިވާ ޙާދިސާތަކެކެވެ. އަޅުގަނޑު
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާތަކަށް ބަލާއިރު ނިންމެނީ އެންމެ ނިންމުމެކެވެ. އެއީ
ރަނގަޅު ކަމެއް ކުރުމުން ﷲ އަހަރުމެންނަށް ދެއްވާނެ އެހީއާއި އަޅާ ބަލާއިރު އެކަން
ކުރުމަށްޓަކައި އަހަރުމެން ކުރަންޖެހޭ ހިތްވަރު ވަރަށް ވެސް ކުޑައެވެ. ތިބާ ފަށާ
ކުޑަކުޑަ މަޝްރޫޢަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ތިބާއަށް ހީވެފައި
ވަނިކޮށް އެއިން ތިބާ ހީވެސް ނުކުރާ ފަދަ ނަތީޖާތަކެއް ﷲ ނެރުއްވާނެއެވެ. ތިބާ
އެއްދުވަހަކު އެ އުޚްތާއަށް ނޫނީ އަޚާއަށް ދިން ނަޞޭޙަތުން އެއްވެސް ފައިދާއެއް
ނުކުރާނެ ކަމަށް ތިބާއަށް ހީވެފައިވަނިކޮށް އޭގެ މަދު ދުވަސްކޮޅެއް ފަހުން އެ
އަޚެއްގެ މުޅި ޙަޔާތް ބަދަލުވެފައިވި މަންޒަރު ތިބާއަށް ފެނިދާނެއެވެ. ނަޞޭޙަތެއް
އަޑުއަހަން ބޭނުންނުވާ ބައެއްގެ މެދުގައި ކަންތައް ކުރުމުގެ އެންމެ ރަނގަޅު ގޮތް
ތިބާ ކިޔައިދިނުމުން ތިބާއަށް އެތައް ގެއްލުމަކާއި މަލާމާތެއް އަމާޒުވާނެކަމަށް
ތިބާއަށް ހީވެފައިވަނިކޮށް، ތިބާ ބުނެލާ ބަސްތަކަކީ މުޅި މުއައްސަސާއެއްގެ ބަދަލު
ގެންނަ ބަސްތަކަކަށް ވެދާނެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ
ރީތިކަމަކީ ކޮބައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟ އެއީ އެ ހުރިހާ ކަމެއް އެވަނީ
ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އެނގުންވުމެވެ. ތިބާ ކުރާ ހެޔޮ ޢަމަލުތަކުގައި
ބަރަކާތް ލައްވަނީ ހަމައެކަނި ﷲ ކަން އެނގުންވުމެވެ. އެކަލާނގެ ޚަލްޤުކުރެއްވި
ހުރިހާ މަޚްލޫޤުންގެ ތެރެއިން ބިމާއި އުޑުގެ ވެރިރަސްކަލާނގެ ތިބާއަށް
އެހީވެވޮޑިގެންވިކަން އެނގުންވުމެވެ. ތިބާއަށް
ދެގޮތެއްނުވާ ނަޞްރެއް ދެއްވަނީ
ހުރިހާ އާރާއި ބާރެއްގެ ވެރިރަސްކަލާނގެކަން އެނގުންވުމެވެ. ސުބްޙާނަ ﷲ!
يَا
أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ
أَقْدَامَكُمْ
"އީމާންވެއްޖެ މީސްތަކުންނެވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު
ދެއްވާނެއެވެ. އަދި އެކަލާނގެ
ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެއެވެ." ސޫރަތް މުޙައްމަދު، 7.
Comments
Post a Comment