Arabic present tense: practice 1



Just like the past tense chart, present tense chart needs to be memorized with the hidden pronouns. When you repeatedly read the chart, read it like ‘huwa yakthubu’, ‘humaa yakthubaani’, ‘hum yakthuboona’ and so on. Read it out loud though it may seem weird. Because that way you will remember better In Sha Allah. Read it repeatedly by looking at the chart at least 5 times. Then try to read it without looking. If you can get a helper, do some practice on your own and ask your helper to say the pronoun so that you can say the verb. For example if your helper says huwa, you can say yakthubu, and next when your helper says ‘humaa’ you can say yakthubaani and so on. Do this thrice and then try to read the whole chart independently on your own.

In the present tense chart, none of the verbs have the ending sound of their pronouns. But they have their own unique beginning and ending sounds. It would be easy for us to remember this chart if we can identify those sounds. And as we can see, many words begin with a ت. Hence let’s take a look at the 5 kinds of ت in this chart.
1.     ت by itself – ‘you’ or ‘she’
2.     ت with the ending sound AANI – both of you
3.     ت with the ending sound OONA – all of you
4.     ت with ending sound نَ – all of you (f)
5.     ت with the ending sound EENA – you (f)
Mostly when the pronoun is someone far away, it begins with a ي except for the هِيَ and هُمَا (f)
The verbs of the last two pronouns begin with the beginning sound of their pronouns. Take a look.
When you are done memorizing this chart, try to recite the charts for the words given below. Just try to recite at first. If you can recite the chart smoothly for all the words, then think of the meanings of the verbs In Sha Allah.

يَنْصُرُ (he helps)                                      
يَشْرَبُ (he drinks)
يَفْهَمُ (he understands)
يَسْجُدُ (he makes sajda)
يَقْتُلُ (he kills)

*Lesson inspired by a lesson of Arabic with Husna by Ustadh Nouman



************************************************************************


ފިޢްލް މާޟީގެ ތާވަލު ފަދައިން ފިޢްލް މުޟާރިޢް (ވޭވޭހުރިކަން) ގެ މި ތާވަލުވެސް ހިތުދަސް ކުރުން ރަނގަޅީ ޟަމީރުތަކާއި އެކީގައެވެ. ތަކުރާރުކޮށް ތާވަލު ކިޔާއިރު ހުވަ ޔަކްތުބު، ހުމާ ޔަކްތުބާނި، ހުމް ޔަކްތުބޫނަ މިފަދަ ގޮތަކަށް ކިޔާށެވެ. ދަސްކުރުމަށްޓަކައި ކިޔާއިރު ބާރަށް ކިޔުމުން އަވަހަށް ހަނދާނުގައި ބަހައްޓަން ފަސޭހަވާނެއެވެ. ތާވަލު ތަކުރާރުކޮށް ބަލައިގެން މަދުވެގެން ފަސް ފަހަރު ކިޔާށެވެ. އެއަށްފަހު ނުބަލައި ކިޔޭތޯ މަސައްކަތް ކުރާށެވެ. އެހީތެރިއެއް ހުރިނަމަ ކުޑަކޮށް ފަރިތަކޮށްފައި އެ އެހީތެރިޔާ ގާތު ޟަމީރުތައް ކިޔުމަށް އަންގާށެވެ. ކޮންމެ ޟަމީރަކަށް ފަހު ތިބާ ފިޢްލް ކިޔާ ގޮތަށެވެ. މިސާލަކަށް އެހީތެރިޔާ ފުރަތަމަ ހުވަ ކިޔައިފިނަމަ ތިބާ ކިޔާނީ ޔަކްތުބުއެވެ. ދެން އެހީތެރިޔާ ހުމާ ކިޔުމުން ތިބާ ކިޔާނީ ޔަކްތުބާނިއެވެ. މިގޮތަށް ތާވަލު ކިޔުން 3 ފަހަރު ފުރިހަމަ ކުރުމަށްފަހު ތިބާ އަމިއްލައަށް ޟަމީރުތަކާއެކީ ކިޔޭތޯ ބަލާށެވެ.

ފިޢްލް މާޟީގެ ތާވަލާއި ޚިލާފަށް ފިޢްލް މުޟާރިޢްގެ މި ތާވަލުގައި އެއްވެސް ފިޢްލެއްގެ ނިމޭ އަޑު އެ ފިޢްލެއްގެ ޟަމީރާއި އެއްގޮތް ނޫންކަން ތިބާއަށް ފާހަގަވާނެއެވެ. ކޮންމެ ފިޢްލެއްގައި ވަނީ ތަފާތު ފެށޭ އަޑަކާއި ނިމޭ އަޑެކެވެ. އެ އަޑުތަކަށް އަހަރުމެން ފަރިތަވެއްޖެނަމަ މި ތާވަލު ދަސްކުރަން ފަސޭހަވެގެންދާނެއެވެ. (އިން ޝާ ﷲ). އަހަރުމެންނަށް ފެންނާނެ ފަދައިން މި ތާވަލުގެ ބައިވަރު ފިޢްލްތައް ފެށެނީ ت އިންނެވެ. އެހެންކަމުން މި ތާވަލުން ފެންނަ 5 ވައްތަރެއްގެ ت އަށް ބަލާލަމާ ހިނގާށެވެ.
އެކަނި އޮންނަ ت – އެއީ 'ތިބާ' ނޫނީ 'އޭނަ (އ)' އެވެ.
'އާނި' އަޑާއެކީ އަންނަ ت – ތި ދެމީހުން
'އޫނަ' އަޑާއެކީ އަންނަ ت – ތި އެންމެން (ފ)
نَ އާއެކީ އަންނަ ت – ތި އެންމެން (އ)
'އީނަ' އަޑާއެކީ އެކީ އަންނަ ت – ތިބާ (އ)

މީގެ އިތުރުން ދުރުގައި ތިބޭ މީހުންނަށް ނިސްބަތްކުރެވޭ ޟަމީރުތައް ޢާއްމުކޮށް ފެށޭނީ ي އިންނެވެ. هِيَ އާއި هُمَا (އ) ފިޔަވައެވެ.

ތާވަލުގައިވާ އެންމެ ފަހު ދެ ފިޢްލްގެ އަޑަކީ އެ ފިޢްލްތަކުގެ ޟަމީރު ފެށޭ އަޑެވެ. ތާވަލު ބައްލަވާލައްވާށެވެ.

ތާވަލު ހިތުދަސްކޮށް ނިމުމުން ތިރީގައި މިވާ ބަސްތައް މި ތާވަލަށް ފައްތައިގެން ކިޔާށެވެ. ފުރަތަމަ ހަމައެކަނި ކިޔޭތޯ ބަލާށެވެ. ހުރިހާ ބަހަކަށް އެއްވެސް ކުށެއްނެތި ތިބާއަށް ތާވަލު ކިޔޭނަމަ އެ ބަސްތަކުގެ މާނައާމެދު ވިސްނާށެވެ. (އިން ޝާ ﷲ)

يَنْصُرُ (އޭނަ (ފ) އެހީވެއެވެ.)
يَشْرَبُ (އޭނަ (ފ) ބޮއެވެ.)
يَفْهَمُ (އޭނައަށް (ފ) ފަހުމްވެއެވެ.)
 (އޭނަ (ފ) ސަޖިދަ ކުރެއެވެ.) يَسْجُدُ
يَقْتُلُ (އޭނަ (ފ) ޤަތުލު ކުރެއެވެ.)

Comments

  1. Present tense exercise (English):

    https://drive.google.com/file/d/19VSCNcow5gyaS_01QrQgcHvJsh1E_u3G/view

    Present tense exercise answer key (English)

    https://drive.google.com/file/d/1d3UriyQqxIZBaBUBw-PE6BkWjj2zd834/view

    ReplyDelete
  2. Present tense exercise (Dhivehi):

    https://drive.google.com/file/d/10fXlUmwwPs-1WEbBAO4aJLpjTSBQd8wS/view?usp=sharing

    Present tense exercise answer key (Dhivehi):

    https://drive.google.com/file/d/1eGEILREfGcPTjCUs9oJ_G_31MGyzMILI/view?usp=sharing


    ReplyDelete

Post a Comment

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)