Hadhiya (part 17)
"އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ." ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ތިރިއަށް ނަޒަރު ހިންގައި ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަމުން ކުއްލިއަކަށް އަޅަން ފެށި ދިގު ފިޔަވަޅުތަކާއެކީ ގޭޓުން ވަދެގެން ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން އަރައިގެން ހުއްޓުމެއްނެތި ގޮސް އޭނަގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއާއި ހަމަ ކުރިއެވެ. އެ ހިނދު އޭނަގެ އެޕާޓްމެންޓްގެ ދޮރު ފެނިގެން ދިޔުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. އެ ފިޔަވަޅުތަކުގައި ގޮސް އޭނަ އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްޓަކައި އަތް ހިއްލާލި ވަގުތު އެ އަތް ތުރުތުރު އަޅަމުން ދިޔައީ ހިތުގައި އުފެދިފައިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްފައި ތަޅުގައި ހިފައި އަނބުރާލަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެ ހިނދު އަމްނާގެ މަޑުމަޑު ނާނާއެއްގެ އަޑު އިވިގެން ދިޔުމުން މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލި...