Hadhiya (Blog post 32 (ii))

Shaithaan tempts us to do wrong in multiple ways. But the common feelings that accompany with each of those ways are nothing but…..ingratitude and greed. We seek the few things that Allah forbade us from, by ignoring the many blessings that He swt made permissible for us  because of our ingratitude. We hold on to the wealth we earn with great might, not realizing that Allah Will only increase for those who give and are grateful. We seek impermissible ways of fulfilling our desires, when we don’t realize what Allah made permissible for us is more beautiful and dignified. We use our ears and eyes for impermissible things, not realizing that if we use them the right way, they could lead us to best in this world and in the next. Subhaanallah!

So the next time you are tempted to do something wrong, ask yourself. "What are the favours that my Master has done for me, that I can be grateful for?" Engross yourself in counting those favours and you will no longer feel weak in the face of your sins In Sha Allah.

May Allah make us of those who are grateful and thus make us of those who stay away from what displeases Him. Ameen!


******************************

ޝައިޠާނާ އެކި ގޮތްގޮތުން ފާފަކުރަން އަހަރުމެންނަށް ހިތްވަރުދެއެވެ. އެހެނަސް މީގެއިން ކޮންމެ ގޮތަކާއި އެކީގައި ވެސް އަހަރުމެންގެ ހިތްތައް ފުރިގެންދާ ދެ އިޙްސާސެއްވެއެވެ. އެއީ ޝުކުރު ނުކުރުމާއި ދަހިވެތިކަމެވެ. ﷲ އަހަރުމެންނަށްޓަކައި ޙަލާލު ކުރެއްވި އެތައް ނިޢުމަތަކަށް ފުރަގަސްދީފައި އެކަލާނގެ ޙަރާމް ކުރެއްވި މަދު އެއްޗެއްގެ ފަހަތުން އަހަރުމެންނަށް ދެވެނީ ޝުކުރުވެރި ނުވުމުގެ ސަބަބުންނެވެ. އަހަރުމެން ހޯދާ ލާރީގައި ހިފަހައްޓައި މުއް ބާރު ކުރަނީ ﷲ އިތުރުކުރައްވަނީ އެހެން މީހުންނަށް ދީ ޝުކުރުވެރިވާ މީހުންނަށްކަން ހަނދާން ނެތޭތީވެއެވެ. އަހަރުމެންގެ އެދުންތައް ފުއްދުމަށްޓަކައި ﷲ ރުހިވޮޑިގެންނުވާ ފަދަ ގޮތްތައް ޚިޔާރު ކުރެވެނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތް ކިހާ ރީތިވެފައި ޤަދަރުވެރިކަން އިޙްސާސް ނުކުރެވޭތީވެއެވެ. އަހަރުމެންގެ ލޯތަކާއި ކަންފަތްތައް ނުބައި ކަންތަކަށްޓަކައި ބޭނުންކުރަނީ، އެ ޙިއްސުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަން ވެސް ލިބޭނެކަން ނޭނގިއެވެ. ސުބްޙާނަ ﷲ!

އެހެންކަމުން ފާފައެއްކުރަން ތިބާގެ ހިތް ދެން އެދޭ ހިނދު އަމިއްލަ ނަފްސުގާތު މި ސުވާލުކުރާށެވެ. "އަހަންނަށް ޝުކުރުނުކޮށް ފަސް މިދެވެނީ އަހަރެންގެ ވެރިރަސްކަލާނގެ ދެއްވި ކޮން ނިޢުމަތްތަކަށް ހެއްޔެވެ؟" އެ ނިޢުމަތްތަކުގެ މަތިން ހަނދުމަކޮށް ގުނުމުގައި މަޝްޣޫލުވާށެވެ. އޭރުން އެ ފާފައިގެ ކުރިމަތީގައި ތިބާ އެހާ ބަލިކަށިއެއް ނުވާނެއެވެ. (އިން ޝާ ﷲ)

މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވައި އަޅަމެންނަކީ އެކަލާނގެ ރުހިވޮޑިގެންނުވާ ކަންތަކުން ދުރުހެލިވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)