Hadhiya (Blog post 7)
“Religion is only for the scholars and religious
teachers. Not for ‘normal’ people like myself”
This mentality embedded deep in our minds is the peak of
secularism. And this thought process doesn’t just come out of nowhere. Of
course media has a role to play. But that’s just one part of the problem. Most
of us, if not all of us have these thoughts because of nothing
but…..hopelessness!
Hopelessness?! What does that have to with this? Imagine
a young man or a young woman growing up in a Muslim community. They were taught
how to recite the Quran and meanings of some ayahs and a few hadhith. They know
bits and pieces from the life of Prophet (SAW). And they have heard somewhat
about his companions. But all of this was when they were in school. After they
graduate, they go for a higher education that has nothing to do with religion
and they simply don’t feel the need to learn more about it. Because back at
home, they have seen people who do study the religion in depth. People who
study religious books for hours and memorize the Quran. People who have learned
Arabic and thus know what the Quran and hadhith books are saying first hand.
And all of this feels just too intimidating. Often, that young man will end up
telling himself that “its too much” or “I guess that its just their thing that
they do it so easily but I simply don’t have the time” or “its just a field on
its own and I don’t think I can juggle two fields”
I don’t know about anyone else but these were exactly my
thoughts a few years ago. It was in my pre-teen years that I started to see a
religious group of people who were significantly different from others. Who
used Arabic terms when they talked and who dressed differently from others. And
often I would tell myself, that they are too good of a people for me to reach
up to their level. I thought what I saw in them was the ideal for me to follow
to be a ‘religious’ person and it seemed impossible for me to be that way
considering how I was back then. In other words, I was hopeless.
But after some point in my life, I started to have this
interest in the Quran and started learning more about its meanings. And
Subhaanallah this one bit of this one ayah crushed that whole mentality. Allah
says:
فَتَّقُو اللّهَ مَسْتَطَعتُمْ
“So be conscious of Allah as much as you can…..” Surah Taghabun
And
that hit me. Allah says be conscious of Him as much as YOU CAN! He swt is not
asking you to compare yourself to anyone else. Think about how YOU are doing
right now. How close YOU are to Allah. What YOU can do to get close to Him.
Don’t rush to be this impossible religious figure that never makes a mistake as
though you are graduating to be guaranteed Jannah. Instead, think about the
things that you are doing that are not pleasing to Allah. And strive your very
best to leave those things and stay away from them. Then think about the things
that you are doing right. And think about what you can do better about them.
Maybe while trying to leave your bad habits, you realize that you are praying
but you aren’t praying on time. So you start to arrange your schedule so you
could pray on time. Then you realize that even though you are praying, you
don’t know what you are saying. So you start reading the translation of those
dhikrs. Then you realize that you don’t know the meanings of the ayahs you are
reciting in the Quran. So you start looking up the translation of the Quran.
While looking up the translation you don’t understand some of the meanings of
some ayahs. So you start searching for tafseer and eventually you even develop
an interest for Arabic.
Now
imagine, if all of us could take this step by step journey, do you think we
would see a religious group and a group that belongs to other fields in our
communities anymore? If a student of ICT, medicine, engineering, journalism
etc… or teenagers who are interested in those fields start that journey today,
won’t there be young men and women who are experts in their fields and know
their religion at the same time? They are bound to be! And all of this, begins
with us being conscious of Allah as much as WE CAN. Us taking a good look in
the mirror and taking the right steps. And us holding onto hope while trying to
do so.
May
Allah make us of those who are conscious of Allah as much as they can. Ameen!
*************************************************************************
"ދީނަކީ ހަމައެކަނި ޝޭޚުންނަށާއި
އިސްލާމް މުދައްރިސުންނަށް އޮތްކަމެކެވެ. އެއީ އަހަރެން ކަހަލަ 'އާދައިގެ'
މީހަކަށް އޮތް ކަމެއް ނޫނެވެ."
އަހަރުމެން އެންމެންގެ ސިކުނޑި ތެރޭގައި ބިންވަޅު
ނެގިފައިވާ މި ޚިޔާލަކީ 'ސެކިއުލަރިޒްމް' (ދީނާއި ސިޔާސަތު ވަކިކުރާ ނިޒާމް) ގެ
އިންތިހާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ޚިޔާލު އަހަރުމެންގެ ސިކުނޑިގައި
ހަރުލާފައިވަނީ ސަބަބަކާ ނުލައެއްނޫނެވެ. އެއީ މީޑިއާގެ ސަބަބުންނޭ ބަޔަކު މީހުން
ބުނެފާނެއެވެ. އެހެނަސް އެއީ މި މައްސަލައިގެ ފަހަތުގައިވި އެއްބައެވެ.
އަހަރުމެންގެ ތެރެއިން ގިނަ މީހުން މި ޚިޔާލު ގެންގުޅެނީ ހަމައެކަނި އެއްކަމެއްގެ
ސަބަބުންނެވެ. ނާއުއްމީދުވުމުގެ ސަބަބުންނެވެ.
ނާއުއްމީދުވުމާއި ސެކިއުލަރިޒްމްއާ އޮތީ ކޮން ގުޅުމެއް
ހެއްޔެވެ؟ މުސްލިމް މުޖުތަމަޢެއްގައި ބޮޑުވަމުން އަންނަ ޒުވާން ފިރިހެން ކުއްޖެއް
ނޫނީ އަންހެން ކުއްޖެއް ޚިޔާލަށް ގެންނާށެވެ. ޤުރުއާން ކިޔަވާނީ ކިހިނެއް ކަމާއި ބައެއް
އާޔަތްތަކާއި ޙަދީޘްތަކުގެ މާނަ އެމީހުންނަށް އުނގަންނައި ދެވިފައިވެއެވެ. ރަސޫލާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ސީރަތުގެ ބައެއް ތަންތަންކޮޅު އެނގެއެވެ. އަދި
ކޮންމެވެސް ވަރަކަށް އެކަލޭގެފާނުގެ ޞަޙާބީންނާއި މެދުވެސް އެމީހުން
އަޑުއަހާފައިވެއެވެ. އެހެނަސް މިއީ ހަމައެކަނި އެމީހުން ސްކޫލްގައި ވީއިރެވެ.
ސްކޫލް ދައުރުން ދަސްވެނިވުމުން މަތީ ތަޢުލީމު ޙާޞިލުކުރަން އެމީހުންދެއެވެ.
ދިޔުމުން އެމީހުން އުނގެނެން ފަށަނީ ދީނާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް
ނޫނެވެ. އަދި ދީނާއިމެދު އުނގެނުން މުހިއްމުހެން ވެސް އެމީހުންނަށް ހީނުވަނީއެވެ.
އެއީ ދީނާއިމެދު ފުންކޮށް އުނގެނޭ މީހުން އެމީހުންނަށް ފެނިފައިވާތީވެއެވެ. ދުވަހެއްގެ
އެތައް ގަޑިއިރު ވަންދެން ދީނީ ފޮތްތައް އުނގެނި ޤުރުއާން ހިތުދަސްކުރާ
މީހުންނެވެ. ޢަރަބި ދަސްކޮށްފައިވުމުގެ ސަބަބުން ޤުރުއާނާއި ޙަދީޘް ފޮތްތަކުން
ބުނާ އެއްޗެއް ތަރުޖަމާއަކާ ނުލާ އެނގޭ ޢިލްމުވެރިންނެވެ. މި ހުރިހާ ކަމެއްވެގެން
ދަނީ އެ ޒުވާން ކުއްޖާ ހިތްނުތަނަވަސް ކުރުވާ ކަންތައްތަކަށެވެ. އޭނަގެ ހިތަށްއަރާނެއެވެ.
"އެއީ ތަންކޮޅެއް ބޮޑުވަރެވެ." ނޫނީ "އެކަމަކީ އެމީހުންގެ
ކަމަކަށްވާތީ އެމީހުން އެހާ ފަސޭހައިން ކުރިޔަސް އަހަންނަށް އެކަމަށްޓަކައި
ވަގުތެއްނެތެވެ." ނޫނީ "އެއީ މުޅިންވެސް އެހެން ދާއިރާއެކެވެ. ދެ ދާއިރާއަށް
ކިޔެވޭނެހެން އަހަންނަށް ހިއެއްނުވެއެވެ.
އެހެން އެއްވެސް މީހެއްގެ ވާހަކައެއް އަޅުގަނޑަކަށް
ނޭނގެއެވެ. އެހެނަސް މިއީ މީގެ އަހަރުތަކެއް ކުރިން ޚުދު އަޅުގަނޑުގެ ވިސްނުމުގައި
ހުރި ޚިޔާލުތަކެވެ. އެހެން މީހުންނާއި ފުދޭވަރަކަށް ތަފާތުވި ދީންވެރި ބަޔަކު
އަޅުގަނޑަށް ފެންނަން ފެށީ ފުރާވަރުގެ ޢުމުރާއި ގާތްވެފައި ވަނިކޮށެވެ. އެމީހުން
ވާހަކަ ދައްކާއިރު ޢަރަބި ބަސްތައް ބޭނުންކޮށް އެމީހުން ހެދުން އަޅާ ގޮތްވެސް
އެހެން މީހުންނާ ތަފާތު ބައެކެވެ. އޭރު ވަރަށް ގިނައިން އަޅުގަނޑަށް އަޅުގަނޑުގެ
އަމިއްލަ ނަފްސުގާތު ބުނެވޭ ވާހަކައެކެވެ. އަޅުގަނޑަށް ދުވަހަކުވެސް ރަނގަޅު
މީހަކަށް ވުމުގައި އެމީހުންނާއި އެއްވަރެއް ނުކުރެވޭނެއެވެ. 'ދީންވެރި'
މީހަކަށްވުމަށްޓަކައި މިސާލަކަށް ބަލައި އެބަޔަކު އުޅޭ ގޮތަށް އުޅެންޖެހޭ ބަޔަކީ
އެއީކަމަށް އަޅުގަނޑަށް ހީކުރެވުނެވެ. އަދި އޭރު އަޅުގަނޑުގެ އުޅުން ހުރި ގޮތުން
އެއީ ދުވަހަކުވެސް ނުވާނެކަމެއްހެން އަޅުގަނޑަށް ހީވިއެވެ. އެހެން ގޮތަކަށް
ބުނާނަމަ އަޅުގަނޑުވީ ނާއުއްމީދެއްގެ ތެރޭގައެވެ.
އެހެނަސް ވަކި ހިސާބަކުން ﷲ ގެ އިރާދަފުޅުން އަޅުގަނޑުގެ
ހިތުގައި ޤުރުއާނަށްޓަކައި ޝައުޤުވެރިކަމެއް އުފެދި، ޤުރުއާނުގެ މާނަ ބަލައި އެ
ފޮތާއި ބެހޭގޮތުން އުނގެނެން ފެށީމެވެ. އަޅުގަނޑުގެ އެ ޚިޔާލުތައް
ފުނޑުފުނޑުކުރުވީ އެއްއާޔަތެއްގެ އެންމެ ތަންކޮޅެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ
ވަޙީކުރައްވާފައިވެއެވެ.
فَتَّقُو
اللّهَ مَسْتَطَعتُمْ
"އެހެންކަމުން ތިޔަބައިމީހުންނަށް ކުޅަދާނަވީ
މިންވަރަކުން ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ....." ސޫރަތް ތަޣާބުން،
16
އެއާއެކު އަޅުގަނޑުގެ ނަޒަރިއްޔާތަށް ބަދަލެއްއައެވެ. ﷲ
ވަޙީކުރައްވާފައި އެވަނީ ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން
ތިޔަބައިމީހުން އެކަލާނގެއަށް ތަޤްވާވެރިވުމަށެވެ. ތިބާގެ އަމިއްލަ ނަފްސު އެހެން
އެއްވެސް މީހަކާ އަޅާ ކިޔުމަށް އެކަލާނގެ އަމުރުކުރައްވާފައެއް ނުވެއެވެ. ތިބާ
މިވަގުތުވީ ޙާލަތާއިމެދު ވިސްނާށެވެ. ތިބާ ﷲ އާއި ގާތްވެގެންވަނީ ކިހާ ވަރަކަށް
ކަމާމެދު ވިސްނާށެވެ. އެކަލާނގެއާ ގާތްވުމަށްޓަކައި ތިބާއަށް ކުރެވިދާނެ
ކަމަކާމެދު ވިސްނާށެވެ. ތިބާއަށް ދުރުން ފެންނަ ހިނދު އެއްވެސް ފާފައެއް ނުކުރާހެން
ހީވާ، އަދި ސުވަރުގޭގެ 'ޔަޤީންކަން' ލިބިފައިވިހެން ހީވާފަދަ މީހަކަށް
އިސާހިތަކުވުމަށް މަސައްކަތް ނުކުރާށެވެ. ބަދަލުގައި ތިބާ ކުރާ ކަންތައްތަކުގެ
ތެރެއިން ﷲ ރުހިވޮޑިގެންނުވާ ފަދަ ކަންތައްތަކަކީ ކޮބައިކަމާމެދު ވިސްނާށެވެ. އަދި
ތިބާއަށް ވީ އެންމެ ފުރިހަމައަށް މަސައްކަތްކޮށް އެކަންތައް ހުއްޓައި އެކަންކަމުން
ދުރުހެލިވާށެވެ. އެއަށްފަހު ތިބާ ކުރާ ހެޔޮ ކަންތައްތަކާމެދު ވިސްނާށެވެ. އަދި
އެކަންތައް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކާމެދު ވިސްނާށެވެ. ފަހަރެއްގައި
ތިބާގެ ނުބައި އާދަތައް ދޫކުރުމުގެ ތެރޭގައި ތިބާ ނަމާދު އެބަ ކުރާކަން ތިބާއަށް
ފާހަގަވެދާނެއެވެ. އެހެނަސް ތިބާއަށް ނަމާދު އޭގެ ވަގުތުން އަދާނުކުރެވޭކަން
ފާހަގަވެދާނެއެވެ. އެހެންކަމުން ތިބާ ތިބާގެ ދުވަހުގެ ތާވަލު ބަދަލުކޮށް ނަމާދު
ވަގުތުން އަދާކުރަން ފަށަމުއެވެ. ދެން ތިބާ ނަމާދު ކުރަމުން ދަނިކޮށް ނަމާދުގައި
ކިޔޭ އެއްޗެހީގެ މާނަ ނޭނގޭކަން ތިބާއަށް އެނގުންވާނެއެވެ. އެހެންކަމުން ތިބާ އެ
ޒިކުރުތަކުގެ މާނަ ބަލަން ފަށަމުއެވެ. ދެން ޤުރުއާން ކިޔަވާއިރު ޤުރުއާނުން ބުނެވޭ
އެއްޗެއްގެ މާނަ ނޭނގެއޭ ތިބާގެ ހިތަށްއަރާފާނެއެވެ. ނަތީޖާއެއްގެ ގޮތުން ތިބާ
ޤުރުއާނުގެ ތަރުޖަމާވެސް ބަލަން ފަށަމުއެވެ. ތަރުޖަމާ ބެލުމުން ވެސް ބައެއް
އާޔަތްތަކުން ލިބޭ ފިލާވަޅުތައް ތިބާއަށް ސާފުނުވާހެން ތިބާއަށް ހީވެދާނެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ތިބާ ތަފްސީރުވެސް ބަލަން ފަށަމުއެވެ. އަދި
ދުވަސްކޮޅެއްފަހުން ޢަރަބި ބަހަށްޓަކައި ވެސް ތިބާގެ ހިތުގައި ޝައުޤުވެރިކަމެއް
އުފެދިގެން ދެއެވެ.
ދެން ޚިޔާލަށް ގެންނާށެވެ. އަހަރުމެން އެންމެން ޢިލްމު
އުނގެނުމުގެ މި ހަރުފަތްތަކަށް ބެހިފައިވި ދަތުރު ފަށައިފިނަމަ، އަހަރުމެންގެ
މުޖުތަމަޢިން ދީންވެރި ބަޔަކާއި އެހެން ދާއިރާތަކަށް ނިސްބަތްވާ ބައެއް ފެންނާނެ
ހެއްޔެވެ؟ މިއަދު އައި ސީ ޓީ، މެޑިސިން، އެންޖިނިއަރިންގް އަދި ޖާނަލިޒްމް ކަހަލަ
ދާއިރާތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނާއި އެފަދަ ދާއިރާތަކަށް ޝައުޤުވެރިވެފައި
ތިބި ފުރާވަރުގެ ކުދިން މިއަދު އެ ދަތުރު ފަށައިފިނަމަ، ދުވަސްކޮޅަކުން އެމީހުންގެ
އެ ދާއިރާތަކުގެ މާހިރުންނަށްވެފައި ދީނުގެ ޢިލްމުވެސް އުނގެނިފައި ތިބި މީހުން
ނުތިބޭނެ ހެއްޔެވެ؟ ތިބޭނެކަން ގައިމެވެ! (އިން ޝާ ﷲ). މި ހުރިހާ ކަމެއް
ފެށިގެންދަނީ އަހަރުމެން އަހަރުމެންނަށް ވީ ވަރަކުން ﷲ އަށް ތަޤްވާވެރިވުމުންނެވެ.
އަހަރުމެންގެ އަމިއްލަ ނަފްސަށް ރަނގަޅު ނަޒަރެއްދީ ރަނގަޅު މިޞްރާބަކަށް
ފިޔަވަޅުތައް އަޅަން ފެށުމުންނެވެ. އަދި އެ ފިޔަވަޅުތައް އެޅުމުގައި އުއްމީދުގައި
ހިފެހެއްޓުމުންނެވެ.
މާތް ﷲ އަޅަމެންނަކީ އަޅަމެންނަށް ވީ މިންވަރަކުން
އެކަލާނގެއަށް ތަޤްވާވެރިވާ އަޅުން ކަމުގައި ލައްވާށި! އާމީން!
Comments
Post a Comment