Hadhiya (Blog post 15 (iii))
كَأَنَّهُم بُنْيَانٌ مَّرْصُوصٌ.
“….as though
they are a single structure joined firmly.” Surah As-Saff, 4
This is an expression
Allah uses to describe the people who fight for His sake. And when they do,
they stand in a row like a single structure. As though they are inseparable.
This same expression can be used to describe a Muslim community. Muslims should
be united under the obedience of Allah like a single structure, where each part
of the structure supports the other. And even if a single brick breaks off, the
whole structure weakens.
So hold on tight to the
love for your brothers and sisters. Love for your brothers and sisters what you
love for yourself. Support your brothers and sisters in every single way
possible. Because at the end of the day they are a part of you!
#Selfreminder
*********************************************************************
كَأَنَّهُم
بُنْيَانٌ مَّرْصُوصٌ.
".....ގަދައަށް ގުޅިފައިވާ ހަރުދަނާ ބިނާއެއް
ފަދައިން..." ސޫރަތުއްޞަފް، 4
މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ މަގުގައި ހަނގުރާމަ
ކުރާ މީހުން ސިފަކުރުމަށްޓަކައި ބޭނުންކުރައްވާފައިވި ބަސްކޮޅެކެވެ. މި އާޔަތުގައި
ސިފަކުރައްވާފައި މިވަނީ އެމީހުން ހަނގުރާމަ ކުރާއިރު އެއްޞަފެއްގައި ހަރުދަނާ
ބިނާއެއްފަދައިން ވާގޮތެވެ. އެމީހުންނަކީ ވަކި ނުކުރެވޭނެ ބައެއް ފަދައިންނެވެ.
މުސްލިމް މުޖުތަމަޢެއް ސިފަކުރުމަށްޓަކައި ވެސް މި ބަސްތައް ބޭނުން
ކުރެވިދާނެއެވެ. ﷲ ގެ އަމުރުފުޅަށް ތަބާވުމުގައި މުސްލިމުން ވާންޖެހޭނީ ގުޅިގެން
އެކަތިގަނޑަކަށްވާށެވެ. ގަދައަށް ގުޅިފައިވާ ހަރުދަނާ ބިނާއެއް ފަދައިންނެވެ.
އެބިނާގެ އެއްބައި އަނެއްބަޔަށް ބާރުދޭ ފަދަ ބިނާއެކެވެ. އެ ބިނާއިން އެންމެ
ގަލެއް ވަކިވިޔަސް މުޅި ބިނާ ބަލިކަށި ވެގެން ދެއެވެ.
އެހެންކަމުން ތިބާގެ ހިތުގައި ތިބާގެ އަޚުންނާއި
އުޚްތުންނަށްޓަކައިވާ ލޯބީގައި ގަދައަށް ހިފަހައްޓާށެވެ. ތިބާގެ އަމިއްލަ
ނަފްސަށްޓަކައި ލޯބިކުރާ ކަންތައް ތިބާގެ އަޚުންނާއި އުޚްތުންނަށްޓަކައި ވެސް
ލޯބިކުރާށެވެ. ތިބާއަށް ވީ އެންމެ ފުރިހަމައަށް ތިބާގެ އަޚުންނާއި އުޚްތުންނަށް
އެހީދީ ހިތްވަރު ދޭށެވެ. އެހެނީ އެއީ ކޮންމެ ގޮތެއްވިޔަސް ތިބާގެ އެއްބައެވެ.
Comments
Post a Comment