Posts

Harf of Nasb (English + Dhivehi)

حَرف نَصب إِنَّ                                   أَنَّ                              كَأَنَّ لَيْتَ                          لاَكِنَّ                  لَعَلَّ These are called Harf of Nasb. Their meanings are as follows: إِنَّ – For sure أَنَّ – that كَأَنَّ – as though لَيْتَ – if only لاَكِنَّ – however لَعَلَّ – so that/hopefully/maybe The word after harf of nasb must be a nasb. (must end with fathha, AANI sound or EENA sound – look up lessons on status) A harf of nasb...

ޖާރް-މަޖްރޫރް ފަރިތަކުރުން (ދިވެހި)

ޖާރް-މަޖްރޫރް ފަރިތަކުރުން މިއަދު އަޅުގަނޑުމެން ބަލާލާނީ ޤުރުއާނުގައިވާ ޖާރް-މަޖްރޫރްގެ މިސާލުތަކަށެވެ. މިހާތަނަށް އައިއިރު އަޅުގަނޑުމެން ކިޔަވާފައިވަނީ ދެ ވައްތަރެއްގެ ޢިބާރާތަކާއި ބެހޭގޮތުންނެވެ. އެއީ މުޟާފް-މުޟާފް އިލައިހި އާއި ޖާރް-މަޖްރޫރްއެވެ. އެހެންކަމުން މިއަދު ބަލާލާ މިސާލުތަކުގައި މި ދެ ބާވަތުގެ ޢިބާރާތްތައްވެސް ހިމެނޭނެއެވެ. އެންމެ ފުރަތަމަ ބައެއް މިސާލުތައް އެކުއެކީގައި ހަދާލަމާ ހިނގާށެވެ. މިސާލު 1: بِرَبِّ الْفَلَقِ بِ އަކީ ޙަރްފް ޖަރްއެކެވެ. އެހެންކަމުން އެއީ ޖާރްއެވެ. رَبِّ އަކީ މަޖްރޫރްއެވެ. بِ ގެ ސަބަބުން އެ ބަސް ވަނީ ޖަރްގެ މަޤާމުގައެވެ. رَبِّ މި ބަސް ލުއިވެފައި ال އެއްނެތެވެ. އެހެންކަމުން މި ބަހަކީ މުޟާފްއެއްވެސްމެއެވެ. الْفَلَقِ މި ބަސްވަނީ ޖަރް ގެ މަޤާމުގައެވެ. އެހެންކަމުން މިއީ މުޟާފް އިލައިހިއެވެ. بِرَبِّ އަކީ ޖާރް-މަޖްރޫރްގެ ޢިބާރާތެކެވެ. رَبِّ الْفَلَقِ އަކީ މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެކެވެ. بِرَبِّ الْفَلَقِ ގެ މާނައަކީ 'ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން' (މި ޙާލަތުގައި بِ ގެ މާނަ އަންނަނީ 'ޙަ...