ޖާރް-މަޖްރޫރް ފަރިތަކުރުން (ދިވެހި)


ޖާރް-މަޖްރޫރް ފަރިތަކުރުން
މިއަދު އަޅުގަނޑުމެން ބަލާލާނީ ޤުރުއާނުގައިވާ ޖާރް-މަޖްރޫރްގެ މިސާލުތަކަށެވެ.
މިހާތަނަށް އައިއިރު އަޅުގަނޑުމެން ކިޔަވާފައިވަނީ ދެ ވައްތަރެއްގެ ޢިބާރާތަކާއި ބެހޭގޮތުންނެވެ. އެއީ މުޟާފް-މުޟާފް އިލައިހި އާއި ޖާރް-މަޖްރޫރްއެވެ.
އެހެންކަމުން މިއަދު ބަލާލާ މިސާލުތަކުގައި މި ދެ ބާވަތުގެ ޢިބާރާތްތައްވެސް ހިމެނޭނެއެވެ.
އެންމެ ފުރަތަމަ ބައެއް މިސާލުތައް އެކުއެކީގައި ހަދާލަމާ ހިނގާށެވެ.

މިސާލު 1:
بِرَبِّ الْفَلَقِ
بِ އަކީ ޙަރްފް ޖަރްއެކެވެ. އެހެންކަމުން އެއީ ޖާރްއެވެ.
رَبِّ އަކީ މަޖްރޫރްއެވެ. بِ ގެ ސަބަބުން އެ ބަސް ވަނީ ޖަރްގެ މަޤާމުގައެވެ.
رَبِّ މި ބަސް ލުއިވެފައި ال އެއްނެތެވެ. އެހެންކަމުން މި ބަހަކީ މުޟާފްއެއްވެސްމެއެވެ.
الْفَلَقِ މި ބަސްވަނީ ޖަރް ގެ މަޤާމުގައެވެ. އެހެންކަމުން މިއީ މުޟާފް އިލައިހިއެވެ.
بِرَبِّ އަކީ ޖާރް-މަޖްރޫރްގެ ޢިބާރާތެކެވެ.
رَبِّ الْفَلَقِ އަކީ މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެކެވެ.

بِرَبِّ الْفَلَقِ ގެ މާނައަކީ 'ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން' (މި ޙާލަތުގައި بِ ގެ މާނަ އަންނަނީ 'ޙަޟްރަތުން' ގެ މާނައިގައެވެ. އެކި ފަރިތަކުރުންތަކާއެކީ ޙަރްފްތަކުގެ މާނަތައް ތަފާތުވާ ޙާލަތްތައް އެނގިގެންދާނެއެވެ. (އިން ޝާ ﷲ)

މިސާލު 2:
مِنْ شَرِّ مَا
مِنْ އަކީ ޖާރްއެވެ.
شَرِّ އަކީ މަޖްރޫރްއެވެ.
شَرِّ މި ބަސް ލުއިވެފައި ال ވެސް ނެތެވެ. އެހެންކަމުން މިއީ ޖެހިގެން އަންނަ ޢިބާރާތުގެ މުޟާފްއެވެ.
مَا އަކީ ރަފަޢް، ނަޞްބް ނުވަތަ ޖަރް މަޤާމުގެ ބަހަކަށް ވެދާނެއެވެ. އެހެންކަމުން މި ޙާލަތުގައި އެއީ ޖަރްގެ މަޤާމުގައިވާ މުޟާފް އިލައިހިއެއްކަމަށް އަޅުގަނޑުމެންނަށް ބުނެވިދާނެއެވެ.
مِنْ شَرّ އަކީ ޖާރް-މަޖްރޫރް ޢިބާރާތެކެވެ.
شَرِّ مَا އަކީ މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެކެވެ.
مِنْ شَرِّ مَا خَلَقَ ގެ މާނައަކީ 'އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ'

މިސާލު 3:
وَمِنْ شَرِّ غَاسِقٍ
وَ އަކީ މި ޙާލަތުގައި ޙަރްފް ޖަރް އެއްނޫނެވެ. ޙަރްފް ޖަރްއަކަށް އޭގެ ފަހުން އައިސްފައިވާ ޙަރްފް ޖަރް (مِنْ) އަށް ބާރުނުފޯރުވޭނެތީވެއެވެ.
مِنْ އަކީ ޖާރްއެވެ.
شَرِّ އަކީ މަޖްރޫރްއެވެ. އަދި ޖެހިގެން އޮތް ޢިބާރާތުގެ މުޟާފްވެސްމެއެވެ.
غَاسِقٍ އަކީ މުޟާފް އިލައިހިއެވެ.

ފަރިތަކުރުން:
ތިރީގައިވާ ޢިބާރާތްތަކުގެ ތެރެއިން ޖާރް، މަޖްރޫރް، މުޟާފް އަދި މުޟާފް އިލައިހި ވަކިން ލިޔާށެވެ. ބައެއް ޢިބާރާތްތަކުގައި ވަނީ ހަމައެކަނި ޖާރް-މަޖްރޫރްއެވެ. އަނެއްބައި ޢިބާރާތްތަކުގެ ހަމައެކަނި މުޟާފް-މުޟާފް އިލައިހިއެވެ. އަނެއްބައި ޢިބާރާތްތަކުގައި އެ ދެ ވައްތަރުގެ ޢިބާރާތްތައްވެސް ހިމެނެއެވެ.

وَمِنْ شَرِّ النَّفَّاثَاتِ

وَ مِنْ شَرِّ حَاسِدٍ

رَبُّكَ

بِأَصْحَابِ الْفِيْلِ

كَيْدَهُمْ

فِيْ تَظْلِيْلٍ

عَلَيْهِمْ

بِحِجَارَةٍ

مِنْ سِجِّيْلٍ

كَعَصْفٍ

بِالدِّيْنِ

عَلَى طَعَامِ الْمِسْكِيْنِ

لِلْمُصَلِّيْنَ

عَنْ صَلاَتِهِمْ

بِيَدِهِ

عَلَى كُلِّ شَيْءٍ

إِلَيْكَ

ޖަވާބުތައް:
وَمِنْ شَرِّ النَّفَّاثَاتِ
مِنْ  - ޖާރް
شَرِّ – މަޖްރޫރް/މުޟާފް
النَّفَّاثَاتِ – މުޟާފް އިލައިހި

وَ مِنْ شَرِّ حَاسِدٍ
مِنْ  - ޖާރް
شَرِّ – މަޖްރޫރް/މުޟާފް
حَاسِدٍ – މުޟާފް އިލައިހި

رَبُّكَ
رَبُّ – މުޟާފް
كَ – މުޟާފް އިލައިހި

بِأَصْحَابِ الْفِيْلِ
بِ – ޖާރް
أَصْحَابِ – މަޖްރޫރް/މުޟާފް
الْفِيْلِ – މުޟާފް އިލައިހި

كَيْدَهُمْ
كَيْدَ – މުޟާފް
هُمْ – މުޟާފް އިލައިހި

فِيْ تَظْلِيْلٍ
فِيْ – ޖާރް
تَظْلِيْلٍ – މަޖްރޫރް

عَلَيْهِمْ
عَلَى – ޖާރް
هِمْ – މަޖްރޫރް

بِحِجَارَةٍ
بِ – ޖާރް
حِجَارَةٍ – މަޖްރޫރް

مِنْ سِجِّيْلٍ
مِنْ – ޖާރް
سِجِّيْلٍ – މަޖްރޫރް

كَعَصْفٍ
كَ – ޖާރް
عَصْفٍ – މަޖްރޫރް

بِالدِّيْنِ
بِ – ޖާރް
الدِّيْنِ – މަޖްރޫރް

عَلَى طَعَامِ الْمِسْكِيْنِ
عَلَى – ޖާރް
طَعَامِ – މަޖްރޫރް/މުޟާފް
الْمِسْكِيْنِ – މުޟާފް-އިލައިހި

لِلْمُصَلِّيْنَ
لِ – ޖާރް
-        މަޖްރޫރްلْمُصَلِّيْنَ

عَنْ صَلاَتِهِمْ
عَنْ - ޖާރް      
صَلاَتِ – މަޖްރޫރް/މުޟާފް
هِمْ – މުޟާފް އިލައިހި

بِيَدِهِ
بِ – ޖާރް
يَدِ – މަޖްރޫރް/މުޟާފް
هِ – މުޟާފް އިލައިހި

عَلَى كُلِّ شَيْءٍ
عَلَى – ޖާރް
كُلِّ – މަޖްރޫރް/މުޟާފް
شَيْءٍ – މުޟާފް އިލައިހި

إِلَيْكَ
إِلَى – ޖާރް
كَ - މަޖްރޫރް






Comments

Popular posts from this blog

Where grammar comes to life: Mudhaaf and Mudhaaf ilaihi

Hadhiya (Blog post 4)

Arabic Pronouns (dhameer)