Hijra (part 19)
ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ އެތައް ހާސް ޝުޢޫރެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އެއްވެސް އެއްޗެކޭ ނުބުނެ ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ. "އަހަރެން ވިސްނާފަ ޖަވާބެއްދޭނަން. މިހާރު ބާއްވަނީ......ހޫމް..." ނަވާޒް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. ނަވާޒް ޔޫނުސްއާއި އާއިވީ ފަރާތަށް އެނބުރިގަތްތަން ފެނިފައި ޔޫނުސްއަށް ތެޅިގަނެވުނެވެ. އޭނަ ކޮޓަރިއަށް ފަސްދީފައި ދުރަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް މަޑުކޮށްލަމުން އޭނަ އޭނަގެ ޖީބުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ބާރަށް ހޭންފެށިއެވެ. "ހެހެހެހެހެ.......ފާރިޝްވެސް ދެން ދައްކާ ވާހަކަދޯ؟ ޑޫޑް ހިނގާބަލަ އެއްދުވަހު ދެމީހުން ދިމާކޮށްލަން." ޔޫނުސް އޭނަގެ ހުރިހާ ދަތްތައް ފެންނާނެ ވަރަށް ހެވިފައިހުރެ ބުނެލިއެވެ. އެވަގުތު އޭނަގެ ފުރަގަހުން ކޮޓަރީގެ ދޮރުމަތީގައި ހުރި ނަވާޒް ޔޫނުސްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޔޫނުސް ފޯނު ކަނ...