Where grammar comes to life - Harf nasb (English + Dhivehi)
Where
grammar comes to life:
How many
times do we feel like Allah will not forgive us when we commit a sin? How many
times do we feel that Allah will no longer love us because of that sin? And no
matter how many times someone tells you not to lose hope, you still doubt whether
or not Allah Will forgive you. You feel that Allah will not love you no matter
how many good deeds you do. If you feel this way, look at the words below.
فَمَن
تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّـهَ يَتُوبُ عَلَيْهِ ۗ إِنَّ
اللَّـهَ غَفُورٌ رَّحِيمٌ
“But whoever
repents after his wrongdoing and reforms, indeed, Allah will turn to him in
forgiveness. Indeed, Allah is Forgiving and Merciful.”
Harf إِنَّ
from among the harf nasb is a harf used to remove all doubt. And Allah uses
this harf twice in this ayah. The first time to say that He, WITHOUT A DOUBT, turns
towards the one who repents and corrects his behavior. The second time before
He mentioned that He is NO DOUBT the Forgiving and Merciful.
So the next
time you doubt Allah’s Forgiveness and Mercy, look at the إِنَّ
in this ayah. You see how Allah speaks straight to our insecure hearts just by
the use of the harf? Subhaanallah!
**********************
ޤަވާޢިދުތަކަށް ދިރުންދޭ އާޔަތްތައް:
ފާފައެއް ކުރުމަށްފަހު ﷲ ތިބާއަށް ޢަފޫ ނުދެއްވާނެހެން
ތިބާއަށް ހީވީ ކިތައް ފަހަރު ހެއްޔެވެ؟ އެ ފާފައިގެ ސަބަބުން ﷲ ތިބާދެކެ ލޯބިވެވޮޑިގެންނުވާނެހެން
ތިބާއަށް ހީވީ ކިތައް ފަހަރު ހެއްޔެވެ؟ މީހަކު ތިބާ ގާތު ކިތަންމެ ފަހަރަކު އުއްމީދު
ކަނޑާނުލަން ބުންޏަސް ﷲ ތިބާއަށް ޢަފޫ ދެއްވާނެ ކަމާމެދު ތިބާއަށް ޝައްކުކުރެވެއެވެ.
ތިބާ ދެން ކިތަންމެ ގިނަ ހެޔޮ ޢަމަލެއް ކުރިޔަސް ﷲ ތިބާދެކެ ލޯބިނުވާނެހެން ތިބާއަށް
ހީވެއެވެ. މި އިޙްސާސްތައް ކުރެވޭނަމަ ތިރީގައިވާ އާޔަތަށް ބަލާށެވެ.
فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّـهَ يَتُوبُ عَلَيْهِ ۗ إِنَّ اللَّـهَ غَفُورٌ رَّحِيمٌ
"ފަހެ ނުބައިކަމެއް ކުރެވުމަށްފަހު ތައުބާވެ (އޭނާގެ ޢަމަލުތައް)
އިޞްލާޙު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه އެމީހާގެ މައްޗަށް ތައުބާ ލައްވާނެއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ." ސޫރަތުލް މާއިދާ، 39
ޙަރްފް إِنَّ އަކީ ޝައްކުތައް ފިލުވާލުމަށްޓަކައި ބޭނުންކުރެވޭ ޙަރްފެކެވެ.
މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެ ފަހަރަށް އެ ޙަރްފް ވަޙީ ކުރައްވާފައިވެއެވެ.
ފުރަތަމަ ފަހަރު ވަޙީކުރައްވާފައިވަނީ ތައުބާވެ އިޞްލާޙުވާ މީހާގެ މައްޗަށް ހަމަ ޔަޤީނުންވެސް
އެކަލާނގެ ތައުބާ ލައްވާނެކަން އެންގެވުމަށެވެ. ދެވަނަ ފަހަރަށް އެ ޙަރްފް ވަޙީކުރައްވާފައިވަނީ
އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތް (ލޯތްބާއި އޯގާތެރިކަން) ލައްވާ ރަސްކަލާނގެކަން
އެންގެވުމަށެވެ.
އެހެންކަމުން ތިބާގެ ހިތުގައި ﷲ ގެ ފުއްސެވުމާއި އެކަލާނގެ
ލޯބިފުޅާމެދު ޝައްކު އުފެދޭ ކޮންމެ ފަހަރަކު މި އާޔަތުގައިވާ إِنَّ އަށް ބަލާށެވެ. އެންމެ ޙަރްފަކުން ވެސް އަހަރުމެންގެ ހިތްތަކުގެ
އެންމެ އަޑީގައިވާ ޝައްކުތަކަށް ސީދާ ﷲ ސުބުޙާނަހޫ ވަތަޢާލާ ޖަވާބު ދެއްވުމުން ތިބާގެ
ހިތަށް ހަމަޖެހުމެއް ނުލިބޭ ހެއްޔެވެ؟ ސުބްޙާނަ ﷲ!.
Comments
Post a Comment