Number detailed (part 1) English + Dhivehi


Number detailed (part 1)
Today we will be looking at the second property of isms, ‘number’ in detail.
Number can be divided into 3 parts. They are:
1.     Singular
2.     Dual
3.     Plural
We don’t have to worry much about singular and dual.
But when it comes to plural:- there are 6 kinds of plural. Lets look at each one of them one by one.

1.     Masculine plural
Ø This usually ends with OONA or EENA sound. Example: muslimoona, saadhiqoona, mu’mineena etc..
Ø This plural is only used for humans, angels and jinns.
Ø A masculine plural word will include male and females. For example if I say muslimoona, it includes muslims of both genders. Or for instance look at the ayah below.

قَدْ أَفْلَحَ الْمُؤْمِنُوْنَ

“Certainly the believers have already succeeded” Surah Al-Mu’minoon, 1

Ø In this ayah, it uses the masculine plural ‘mu’minoona’ but it doesn’t mean that only male believers succeeded. It means all believers in general have succeeded.

2.     Human feminine plural
Ø This ends with an AATUN or AATIN sound.
Ø This plural refers to only women.
Ø For example if I say muslimaatun, it means muslim women. If I say mu’minaathin, it means believing women and so on.

3.     Non-human feminine plural
Ø ‘Non-human’ literally means any object that is not human. (way too obvious yet needed to be mentioned)
Ø In English when we take something ‘non-human’ like a book for example, and make a sentence, we say they are books. Or we say they are masjids, they are ayahs.
Ø The Arabs don’t talk like that. The Arabs would say ‘She’ is books, she is masjids, she is ayahs.
Ø Note that even non-human feminine plurals may end with AATUN and AATIN sound though not always.

*The other 3 forms of plural will be covered in the next lesson In Sha Allah.

Exercise:
Identify which kind of plural the following words are:
مُسْلِمُوْنَ (muslims)
مُهَاجِرَاتٍ (immigrant women)
سَمَاوَاتٌ (skies)
كُتُبُ (books)
ءايَاتٌ (miraculous signs)
جَنَّاتٌ (gardens)
الْقَانِتِيْنَ (obedient people)


***************************************************

ޢަދަދު ތަފްޞީލުކުރެވިފައި (ފުރަތަމަ ބައި)
މިއަދު އަހަރުމެން ތަފްޞީލުކޮށް ބަލާލާނީ އިސްމްތަކުގެ ދެވަނަ ސިފަކަމުގައިވާ 'ޢަދަދު' އަށެވެ.
ޢަދަދު 3 ބަޔަކަށް ބެހިގެންވެއެވެ. އެއީ؛
1.    މުފްރަދް (އެކަކަށް ނިސްބަތްކޮށް)
2.    މުޘައްނާ (ދެއެއްޗަށް ނިސްބަތްކޮށް)
3.    ޖަމްޢު (ދެއެއްޗަށްވުރެ ގިނަ އެއްޗަށް ނިސްބަތްކޮށް)
މުފްރަދް އާއި މުޘައްނާއާއިމެދު އަހަރުމެން މާ ބޮޑަށް ވިސްނާކަށް ނުޖެހެއެވެ. އެހެނަސް ޖަމްޢުއަށް ބަލާލާއިރު ޖަމްޢު 6 ބަޔަކަށް ބެހިގެންދެއެވެ. މީގެއިން ކޮންމެ ބަޔަކަށް ވަކިވަކިން ބަލާލަމާ ހިނގާށެވެ.

1.    ފިރިހެން ޖަމްޢު
·      ފިރިހެން ޖަމްޢު ޢާއްމުގޮތެއްގައި ނިމޭނީ 'އޫނަ' ނޫނީ 'އީނަ' މި އަޑުތަކުންނެވެ. މިސާލަކަށް: މުސްލިމޫނަ، ޞާދިޤޫނަ، މުއްމުނީނަ....
·      މި ޖަމްޢު ޢާއްމުގޮތެއްގައި ބޭނުންކުރެވެނީ އިންސާނުންނަށާއި މަލާއިކަތުންނަށާއި ޖިންނިންނަށް ނިސްބަތްކުރުމަށެވެ.
·      ފިރިހެން ޖަމްޢުގައި ފިރިހެން އަންހެން ދެ ޖިންސުވެސް ހިމެނިގެންދެއެވެ. މިސާލަކަށް އަޅުގަނޑު މުސްލިމޫނަ އޭ ކިޔައިފިނަމަ އޭގައި ފިރިހެން އަދި އަންހެން މުސްލިމުން ވެސް ހިމެނޭނެއެވެ. އެހެންނޫނީ ތިރީގައި މިވާ އާޔަތަށް ބަލާށެވެ.
قَدْ أَفْلَحَ الْمُؤْمِنُوْنَ
"ހަމަ ޔަޤީނުންވެސް މުއުމިނުން ކާމިޔާބުވެއްޖެއެވެ." ސޫރަތުލް މުއްމިނޫން، 1
·      މި އާޔަތުގައި ބޭނުން ކުރެވިފައި މިވަނީ ފިރިހެން ޖަމްޢު ބަހެއް ކަމުގައިވާ 'މުއްމިނޫން' އެވެ. އެހެނަސް މި އާޔަތުގެ މާނައަކީ ހަމައެކަނި ފިރިހެން މުއުމިނުން ކާމިޔާބުވީ ވާހަކައެއް ނޫނެވެ. އެހެނެއްކަމަކު ހުރިހާ މުއުމިނުން އެކުލެވޭ ގޮތަށް ކާމިޔާބު ވީ ވާހަކައެވެ.
2.    އިންސާނުންނަށް ބޭނުންކުރެވޭ އަންހެން ޖަމްޢު
·      މި ބަސްތައް ޢާއްމުކޮށް ނިމޭނީ 'އާތުން' ނޫނީ 'އާތިން' ގެ އަޑުންނެވެ.
·      މި ޖަމްޢު ބޭނުންކުރެވޭނީ ހަމައެކަނި އަންހެނުންނަށެވެ.
·      މިސާލަކަށް އަޅުގަނޑު މުސްލިމާތުން އޭ ކިޔައިފިނަމަ އޭގެ މާނައަކީ އަންހެން މުސްލިމުންނެވެ. އެހެންނޫނީ މުއްމިނާތިން ކިޔައިފިނަމަ އެއީ މުއުމިން އަންހެނުންގެ ވާހަކައެވެ. މިފަދައިންނެވެ.

3.    އެއްޗެއްސަށް ބޭނުންކުރެވޭ އަންހެން ޖަމްޢު
·      މިއީ އިންސާނުންނޫން ކޮންމެ އެއްޗަކަށް ބޭނުންކުރެވޭ ޖަމްޢުއެވެ.
·      ދިވެހި ބަހުން އިންސާނުންނޫން އެއްޗަކާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ޖުމްލަތައް ހެދޭނީ މިފަދައިންނެވެ. އެއީ ފޮތްތަކެވެ. އެއީ މިސްކިތްތަކެވެ. އެއީ އާޔަތްތަކެވެ. އެހެނަސް ޢަރަބިން ވާހަކަ ދައްކަނީ މި ފަދައިންނެއްނޫނެވެ. ޢަރަބިން ބުނާނީ މިހެންނެވެ. އޭނައަކީ (އަންހެން) ފޮތްތަކެވެ. އޭނައަކީ މިސްކިތްތަކެވެ. އޭނައަކީ އާޔަތްތަކެވެ. އެހެންގޮތަށް ބުނާނަމަ 'އެއީ' ގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ އަންހެން ޟަމީރު ކަމަށްވާ 'ހިޔަ' އެވެ. (ޟަމީރުގެ ފިލާވަޅު ބައްލަވާ)
·      އެހެންކަމުން ދެ އެއްޗަށްވުރެ ގިނަ އެއްޗެހީގެ ވާހަކަ އެމީހުން ދައްކަނީ އަންހެން ކުއްޖަކާއި ބެހޭގޮތުން ވާހަކަ ދައްކާ ފަދައިންނެވެ.
·      މި ބަސްތައް ވެސް ބައެއްފަހަރު 'އާތުން' ނުވަތަ 'އާތިން' ގެ އަޑުން ނިމުނަސް އެހެން އަޑުތަކުން ނިމޭ ބަސްތައް ވެސް ހުރެއެވެ.

*ބާކީ ހުރި 3 ޖަމްޢުއަށް އަލި އަޅުވާލެވޭނީ ކުރިއަށް އޮތް ފިލާވަޅުގައެވެ. (އިން ޝާ ﷲ)

ފަރިތަކުރުން:
ތިރީގައިވާ ބަސްތައް ފެތެނީ ކޮން ވައްތަރެއްގެ ޖަމްޢުއަކަށްތޯ ބުނެދޭށެވެ.
مُسْلِمُوْنَ (މުސްލިމުން)
مُهَاجِرَاتٍ (ހިޖުރަކުރި އަންހެނުން)
سَمَاوَاتٌ (އުޑުތައް)
كُتُبُ (ފޮތްތައް)
ءايَاتٌ (އާޔަތްތައް)
جَنَّاتٌ (ބަގީޗާތައް)
الْقَانِتِيْنَ (އަމުރުފުޅުތަކަށް ކިޔަމަންވާ މީހުން)

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)