Hadhiya (Blog post 21)
It’s a
HUGE misconception that religious people are harsh, judgemental and
hard-hearted. The fact of the matter is, it’s the people who truly remember
Allah who smile the brightest, show the utmost kindness and are filled with
humbleness. Because it is they, whose hearts are content with their Master. It
is they whose hearts love their Creator and hence they love His creations. And
it is they who realize that it’s only their Master Who is the Highest and the
Greatest hence they don’t feel the need to show arrogance to anyone.
If we
are missing any of these qualities, then there is something missing in our
remembrance of Allah.
May
Allah make us of those whose hearts are filled with His remembrance. Ameen!
***************************************************************
ދީންވެރި މީހުންނަކީ އެހެން މީހުން ހިތާހިތުން ގޯސްކުރާ،
ރުޅިވެރި އަދި ހިތްހަރު ބައެއްކަމުގައި ހީވުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.
ޙަޤީޤަތަކީ އެންމެ އުޖާލާވި ހިނިތުންވުންތަކެއްގެ ވެރިންނަކީ ﷲ ގިނަގިނައިން
ހަނދުމަކުރާ މީހުންކަމެވެ. އަދި އެންމެ ރަޙުމްކުރާ އެންމެ ހިތްހެޔޮ މީހުންނަކީ
ވެސް އެއީކަމެވެ. އަދި އެންމެ ހިތްތިރި ބަޔަކީ ވެސް އެއީކަމެވެ. އެހެނީ އެމީހުންގެ
ވެރިރަސްކަލާނގެ ގެ ހުރިހާ ނިންމެވުންތަކާމެދު އެމީހުންގެ ހިތްތަކަށް ހަމަޖެހުން
ލިބިގެންވެއެވެ. އެމީހުން ހެއްދެވި ފަރާތްދެކެ ވާ ލޯތްބެއްގެ ސަބަބުން އެ
ވެރިރަސްކަލާނގެ ގެ އެހެން މަޚްލޫޤުންތަކަށްޓަކައި ވެސް އެމީހުންގެ ހިތްތަކުގައި
ލޯތްބެއްވެއެވެ. އެންމެ މަތިވެރިވެ އެންމެ ބޮޑުވެގެންވަނީ ހަމައެކަނި އެމީހުންގެ
ވެރިރަސްކަލާނގެކަން އެމީހުންނަށް ޔަޤީންވާތީ އެހެން މީހުންގެ ތެރޭގައި ކިބުރުވެރިވުމުގެ
އެއްވެސް އެދުމެއް އެމީހުންގެ ހިތްތަކުގައެއްނުވެއެވެ.
މިއިން އެއްވެސް ސިފައެއް އަހަރުމެންގެ ކިބައިން
އުނިވާނަމަ، އެއިން ދޭހަވަނީ އަހަރުމެންނަށް ﷲ ހަނދުމަކުރުމުގައި ކޮންމެވެސް
ކަމެއް އުނި ކުރެވޭކަމެވެ.
މާތް
ﷲ އަޅަމެންގެ ހިތްތައް އެކަލާނގެ ހަނދުމައިން ފުރުއްވާށި! އާމީން!
Comments
Post a Comment