Arabic past tense - fi'l maadhee (dhivehi)


މަތީގައިވާ ތާވަލުން ދައްކައިދެނީ ޢަރަބި ބަހުގައި ނިމުނުކަމަށް ޢާއްމުގޮތެއްގައި ބޭނުންކުރެވޭ ބަސްތައް ހުންނަ ގޮތެވެ. ދިވެހި ބަހުގައި ޢާއްމުގޮތެއްގައި 'ކަމެއް' ބުނެވޭ ނަމަ އޭތި އަންނާނީ ކަންކުރާ މީހާއާއި އެކީގައެވެ. މިސާލަކަށް 'އޭނަ ނިދިއެވެ.'، 'އެމީހުން އައެވެ.'، 'އަހަރުމެން އެހީވީމެވެ.' އެހެނަސް ޢަރަބި ބަހުގައި ކަމެއް (ފިޢްލް) އެއް ބުނެވޭއިރު އެ ބަހުގެ ތެރޭގައި ކަންކުރާ މީހާ އޮންނާނީ ފޮރުވިފައެވެ. ތާވަލުގައި އަޅިކުލައިން ފެންނަމުން އެދަނީ ކޮންމެ ބަހެއްގައި ފޮރުވިފައިވި ޟަމީރެވެ. (ޟަމީރްގެ ފިލާވަޅު ބައްލަވާ)

މިސާލަކަށް ހަމައެކަނި كَتَبَ ކިޔައިފިނަމަ އެއަށް އިތުރު ބަހެއް އެއްނުކުރިޔަސް އޭގެ މާނައަކީ 'އޭނަ ލިޔުނެވެ.' نَصَرَ ކިޔައިފިނަމަ އޭގެ މާނައަކީ 'އޭނަ އެހީވިއެވެ.' މާނަ އެނގޭނީ ބަހުގެ އަޑަށް ވިސްނުމުންނެވެ. އެހެންކަމުން މި ތާވަލު ހިތުދަސްކޮށް މި ބަސްތަކުގެ އަޑުތަކަށް ފަރިތަވުމުން ވަރަށް ފަސޭހަވެގެންދާނެއެވެ. އެހެނީ މިސާލަކަށް ތިބާއަށް كَتَبْنَا ފަދަ ބަހެއް ފެނުނިއްޔާ ވަގުތުން އޭގެ ތެރޭގައި ފޮރުވިފައިވި ޟަމީރަކީ نَحْنُ ކަން އެނގި އޭތި 'އަހަރުމެން ލިޔުނީމެވެ.' ގެ ގޮތުގައި ތަރުޖަމާ ކުރެވިދާނެއެވެ.

މީގެ އިތުރުން މި ބަސްތަކުގެ އަޑުތަކަށް ތިބާ ފަރިތަ ވެއްޖެނަމަ ކޮންމެ ބަހަކަށް ވެސް ތިބާއަށް މި ތާވަލާއި އެއްގޮތަށް ބަސްތައް ހެދި އެ ބަސްތަކުގެ މާނަ ނަގައިގަނެވޭނެއެވެ. މިސާލަކަށް އަޅުގަނޑު نَصَرَ އޭ ތިބާ ގާތު ބުނެފިނަމަ އެ ބަސް މުޅި ތާވަލަށް ފައްތައި ތިބާއަށް ބަސްތަކެއް ހަދައި އެ ބަސްތަކުގެ މާނަ ނަގައި ގަނެވޭނެއެވެ. މިކަހަލަ ގޮތަކަށެވެ. 'ހުވަ ނަޞަރަ' (އޭނަ (ފ) އެހީވިއެވެ.)، ހުމާ ނަޞަރާ (އެދެމީހުން (ފ) އެހީވިއެވެ.)، 'ހުމް ނަޞަރޫ' (އެމީހުން (ފ) އެހީވިއެވެ.)

ފަރިތަކުރުން:
ތިރީގައިވި ކޮންމެ ބަހެއް މި ތާވަލަށް ފައްތައި އެ ބަސްތަކުގެ މާނައާމެދު ވިސްނާށެވެ. ކޮންމެ ބަހެއް ކިޔާފައި އޭގެ މާނަ ކިޔާފައި އަނެއްބަސް ކިޔާށެވެ.
نَصَرَ (އޭނަ (ފ) އެހީވިއެވެ)
جَعَلَ (އޭނަ (ފ) ހެދިއެވެ)
سَمِعَ (އޭނަ (ފ) އަޑުއެހިއެވެ)
*ޢަރަބިކް ވިތް ޙުސްނާގެ ފިލާވަޅަކަށް ބިނާކުރެވިފައިވި ފިލާވަޅެއް

Comments

  1. Thaaval kiyamun mi dhany ingey jana sis, comment nukurany lazy kamun aslu 😏

    ReplyDelete
    Replies
    1. hehe....its ok ;) can understand to some extent :D ekamaku shakkeh othiyya ahaalahchey!

      Delete

Post a Comment

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)