ޢަރަބި ޤަވާޢިދުތަކަށް ދިރުންދޭ އާޔަތްތައް: މުޟާފް-މުޟާފް އިލައިހިގެ މިސާލު

މިއަދުގެ ފިލާވަޅުގައި އަޅުގަނޑުމެން ބަލާލާފައިވާނީ މުޟާފް-މުޟާފް އިލައިހި ގެ ފިލާވަޅަށެވެ. މިތާނގައި އަޅުގަނޑު ކިޔާލަދޭނީ ސޫރަތުލް ފުރްޤާންގައިވާ މުޟާފް-މުޟާފް އިލައިހިގެ ރީތި މިސާލަކަށެވެ. އެ ސޫރަތް ނިމެން ގާތްވާ ހިސާބުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ތިރީގައިވާ މި ނަން ކިޔޭ ބައެއްގެ ސިފަތައް ވަޙީކުރައްވާފައެވެ.
عِبَادُ الرَّحْمنِ
އައްރަޙްމާން ގެ އަޅުން
ފިލާވަޅު ރަނގަޅަށް ފަހުމްވެފައިވާނަމަ މިއީ މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެއްކަން ތިބާއަށް އެނގޭނެއެވެ. ފިލާވަޅުގައި އަޅުގަނޑުމެން ބަލާލިހެން މުޟާފްއާއި މުޟާފް އިލައިހިގެ ދެމެދަށް އެއްވެސް އެއްޗެއް ނާންނާނެއެވެ. އެ ދޭއްޗަކީ ވަކި ނުކުރެވޭނެ ދެ އެއްޗެވެ.
އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދަ ޢިބާރާތެއް ބޭނުންކުރުމުން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ އެކަލާނގެއާއި އެކަލާނގެ އަޅުންނާއި ދެމެދު އެއްވެސް އެއްޗެއް ނުވާނެކަމެވެ. އަދި އެކަލާނގެއާއި އެކަލާނގެ އަޅުންނާއި ދެމެދުވަނީ ވަކި ނުކުރެވޭނެ ފަދަ ގުޅުމެއްކަމެވެ. ވަކިން ޚާއްޞަކޮށް ސޫރަތުލް ފުރްޤާންގައި ސިފަކުރެވިފައިވާ އަޅުންނާއި އެކަލާނގެއާއި ދެމެދުގައިވާ ގުޅުމެވެ. (އެ ސިފަތައް ސޫރަތުލް ފުރްޤާންގެ 61 ވަނަ އާޔަތުން އެ ސޫރަތް ނިމެންދެން ސިފަކުރެވިފައިވާނެއެވެ.

!މާތް ﷲ އަޅަމެންނަކީ އައްރަޙްމާންގެ އަޅުންގެ ތެރެއިން ލައްވާށި! އާމީން!

އުސްތާޒް ނުޢުމާންގެ ޢަރަބި ވިތް ހުސްނާ އިން ނެގިފައި*

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)