Mudhaaf-mudhaaf ilaihi (Dhivehi)
مُضَاف وَ مُضَاف إِلَيه
މިހާތަނަށް އައިއިރު މި ފިލާވަޅުތަކުގެ ތެރެއިން އަޅުގަނޑުމެން ބަލާލާފައި
ވަނީ އިސްމް (ނަންތައް) އަށާއި ފިޢްލް (ކަން) އައެވެ. އެ ފިލާވަޅުތައް ނުބަލާ ހުރި
ކިޔުންތެރިން އެހެންނޫނީ އެ ފިލާވަޅުތައް ހަނދާން ނެތިފައިވާ ކިޔުންތެރިން މި
ފިލާވަޅާއިގެން ކުރިއަށް ދިޔުމުގެ ކުރިން އިސްމްގެ ފިލާވަޅުތައް ބަލާލުމަށް
އެދެމެވެ.
ވޭތުވެދިޔަ ފިލާވަޅުތަކުގައި އަޅުގަނޑުމެން ބަލާލާފައިވާނީ ޢަރަބި ބަހުގައި
ތަފާތު ބަސްތައް އަންނަ ގޮތްތަކަށެވެ. މިއަދު އަޅުގަނޑުމެން ފަށަން މިއުޅެނީ
ޢަރަބި ބަހުގައި ގެންގުޅޭ އެކި 'ޢިބާރާތް' ތަކަށެވެ. ޢިބާރާތަކީ ޖުމްލައެއްނޫނެވެ.
އެއީ އެއްބަހަށްވުރެ ގިނަ ބަހުން ހެދޭ އެއްޗެކެވެ.
މިސާލަކަށް: ދިގު ގަހެއް
ދެ ބަސް ވިޔަސް އެއްވެގެން ދިޔުމުން ޢަރަބި ބަހުގައި އޭތި ޢިބާރާތަކަށް
ވެގެން ދެއެވެ. ޢަރަބި ބަހުގައި 5 ވައްތަރެއްގެ ޢިބާރާތްވެއެވެ. މިއަދު
އަޅުގަނޑުމެން ބަލާލާނީ އެ ޢިބާރާތްތަކުގެ ތެރެއިން އެއް ވައްތަރަށެވެ. އެއީ
'މުޟާފް-މުޟާފް އިލައިހި' ނަމަކަށް ކިޔޭ ޢިބާރާތެވެ.
އެންމެ ފުރަތަމަ ދިވެހި ބަހުން މުޟާފް-މުޟާފް އިލައިހި ގެ މިސާލުތަކަށް
ބަލާލަމާ ހިނގާށެވެ.
ޤިޔާމަތް ދުވަސް
ﷲ ގެ ގެކޮޅު
އަހަރެންގެ ކާރު
ތިބާގެ ގަލަން
ޢައިޝާގެ ނޯޓުފޮތް
މި ހުރިހާ މިސާލަކުން ވެސް އެކައްޗެއް އެއްގޮތަކަށް އެބަ ފެނެއެވެ. އެއީ ދެ
ބަހުގެ ދެމެދުގައިވާ 'ގެ' މި ބަހެވެ.
ޤިޔާމަތް ދުވަސް އޮތްއިރު 'ގެ' ނެތަސް އަހަރުމެންނަށް އެ ޢިބާރާތް
ޤިޔާމަތު'ގެ' ދުވަހުގެ ގޮތުގައި ވެސް ކީދާނެއެވެ.
އެހެންކަމުން މުޟާފް-މުޟާފް އިލައިހިގެ ޢިބާރާތެއް އަޅުގަނޑުމެން ތަރުޖަމާ
ކުރާނަމަ 'ގެ' މި ބަސް އައުން މުހިއްމެވެ.
ހަނދާންކުރަންވީ ބަސްތައް:
'ގެ' ގެ ފަހުން އަންނަ ބަހަކީ މުޟާފް އެވެ.
'ގެ' ގެ ކުރިން އަންނަ ބަހަކީ މުޟާފް އިލައިހިއެވެ.
*ޢަރަބި ބަހުގައި ވާނީ މީގެ އިދިކޮޅަށެވެ. ޢަރަބި ބަހުގައި އަންނަ
ޢިބާރާތުގައި އެންމެ ފުރަތަމަ އަންނާނީ މުޟާފް އެވެ. ކުރިއަށް އޮތް ތާނގައި
މިސާލުތަކަށް ބަލާލެވޭނެއެވެ. (އިން ޝާ ﷲ)
ތަމްރީން: ތިރީގައިވާ ދިވެހި ޢިބާރާތްތަކުން މުޟާފްއާއި މުޟާފް އިލައިހި
ފާހަގަކުރާށެވެ. ފުރަތަމަ އެތި އެ ވަނީ މިސާލެއްގެ ގޮތުން ދެވިފައެވެ.
މުޟާފް އިލައިހި
|
މުޟާފް
|
ޢިބާރާތް
|
ޤިޔާމަތް ('ގެ' ގެ ކުރިން)
|
ދުވަސް ('ގެ' ގެ ފަހުން)
|
ޤިޔާމަތުގެ ދުވަސް
|
|
|
ﷲ ގެ ގެކޮޅު
|
|
|
އަހަރެންގެ ކާރު
|
|
|
ތިބާގެ ގަލަން
|
|
|
ޢައިޝާގެ ނޯޓުފޮތް
|
ދެން މުޟާފް މުޟާފް އިލައިހި ގެ ޢަރަބި މިސާލަކަށް ބަލާލަމާ ހިނގާށެވެ.
كِتَابُ اللَّهِ
ﷲ ގެ ފޮތް
މީގައި ޢަރަބި ބަހުން މުޟާފް އަކީ كِتَابُ އެވެ. އަދި މުޟާފް އިލައިހި އަކީ اللَّهِ މި ބަހެވެ.
ޢަރަބި ބަހުގައި 'ގެ' މި ބަސް ނޯވެއެވެ. ޢަރަބި ބަހުގައި މުޟާފްއާއި މުޟާފް
އިލައިހިގެ ދެމެދަށް އެއްވެސް އެއްޗެއް ނާންނާނެއެވެ. ދެން ޢަރަބި ޢިބާރާތެއް
ފެނިފައި އެއީ މުޟާފް-މުޟާފް އިލައިހިކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
އެކަމަށްޓަކައި އަޅުގަނޑުމެން ބަލާލަން ޖެހޭނީ އެހެން ނިޝާންތަކަށެވެ.
މުޟާފްގެ 2 ޤަވާޢިދު:
ޢަރަބިން މުޟާފްއަށް އޮންނަ ބަސް ލުއިވާނެއެވެ. (ތަންވީނެއް އެހެންނޫނީ ن އެއް ނޯންނާނެއެވެ. – އިސްމްގެ ފިލާވަޅުތައް ބައްލަވާ)
މުޟާފްގައި ال ނޯންނާނެއެވެ.
މުޟާފް އިލައިހިގެ 1 ޤަވާޢިދު:
މުޟާފް އިލައިހިއަށް އޮންނަ ބަސް އަބަދުވެސް އޮންނާނީ 'ޖަރް' ގެ
މަޤާމުގައެވެ. އޭތި ނިމޭނީ އިބިފިލިން އެހެންނޫނީ 'އައިނި' ނުވަތަ 'އީނަ' ގެ
އަޑުންނެވެ. (އިސްމްގެ ފިލާވަޅުތައް ބައްލަވާ)
ތިރީގައި މި ވަނީ ވަކި ޢިބާރާތަކީ މުޟާފް-މުޟާފް އިލައިހި ޒާތުގެ
ޢިބާރާތެއްތޯ ބެލޭ މިސާލުތަކެވެ.
1. غَفُوْرٌ رَّحِيمٌ
މިއީ މުޟާފް-މުޟާފް
އިލައިހި އަށް ނުވާނެއެވެ. އެހެނީ މުޟާފް ވާން ޖެހޭނީ 'ލުއި' ބަހަކަށެވެ. މި
ޢިބާރާތުގައި ލުއި ބަހެއް ނެތެވެ.
2. يَوْمٍ كَبِيرٍ
މިއީ މުޟާފް-މުޟާފް
އިލައިހި އަށް ނުވާނެއެވެ. އެހެނީ މުޟާފް ވާން ޖެހޭނީ 'ލުއި' ބަހަކަށެވެ. މި
ޢިބާރާތުގައި ލުއި ބަހެއް ނެތެވެ.
3. يَوْمِ نَحْسٍ
މިއީ މުޟާފް މުޟާފް
އިލައިހި އަށް ވާނެއެވެ. އެހެނީ ދެ ބަސްވެސް މުޟާފް މުޟާފް އިލައިހިގެ
ޤަވާޢިދުތަކަށް ފެތެއެވެ.
4. الْيَوْمِ الْمَوْعُودِ
މިއީ މުޟާފް މުޟާފް
އިލައިހި އަށް ނުވާނެއެވެ. އެހެނީ ފުރަތަމަ ބަސް (މުޟާފްއަށް ވާންޖެހޭ ބަހުގައ) ال އެބައޮތެވެ.
ތަމްރީން: ތިރީގައިވާ ބަސްތަކުން މުޟާފް އާއި މުޟާފް އިލައިހި ދެނެގަނެ އެ
ދޭތި ވަކިން ލިޔޭ! ފުރަތަމަ އެތި ވަނީ މިސާލެއްގެ ގޮތުން ހެދިފައެވެ.
މުޟާފް-އިލައިހި
|
މުޟާފް
|
ޢިބާރާތް
|
ލައިލަތުލްޤަދުރި
|
ވިލޭރޭ
|
ލައިލަތުލްޤަދުރި ވިލޭރޭ
|
|
|
ﷲ ގެ ރަސޫލާ
|
|
|
ކާއިނާތުގެ ޚާލިޤު
|
|
|
ފޮތުގެ އަހުލުވެރިން
|
|
|
ތިމަންރަސްކަލާނގެ ގެ
އާޔަތްތައް
|
|
|
މުދައްރިސްގެ ފޮތް
|
|
|
އެމީހުންގެ އަތްތައް
|
|
|
ތިބާގެ ވެރިރަސްކަލާނގެ
|
|
|
އެކަލާނގެ ގެ އިޒުނަފުޅު
|
|
|
އެމީހުންގެ ނަމާދު
|
Comments
Post a Comment