Posts

Vaudhu (Part 6)

Image
މަލާކް މާލެއިން އައިތާ 3 ވަނައަށް ވީ ދުވަހުގެ ހެނދުނު ސާރިޔާ 8 ޖެހިއިރު ގެއިން ނިކުތީ ހެނދުނުގެ ސަޔަށް ބޭނުންވާނެ ބައެއް އެއްޗެހި ގަތުމަށްޓަކައި ފިހާރައަށް ދިޔުމަށެވެ. ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ފިހާރައިގެ މޭޒުދޮށުގައި އިން ކުއްޖާ ކައިރި ބުނެލުމުން އެކުއްޖާ އެ އެއްޗެހި ކިރުމަށްޓަކައި ފިހާރައިގައި ހުރި ކުޑަ ގުދަން ތެރެއަށް ދިޔައެވެ. ހަމަ އެވަގުތު ސާރިޔާއާއި އަވަށްޓެރި ގެ ތަކުގައި އުޅޭ ރަފިއްޔާއާއި ރާމިޒާ ފިހާރައަށް ވަަދެގެންއައެވެ. ސާރިޔާ އެމީހުންނަށް ބެލިއެވެ. އެހެނަސް އެމީހުން ފިހާރައަށް ވަދެގެން ދިޔައީ ސާރިޔާ ނުވެސް ފެންނަ ފަދައަކުންނެވެ. ސާރިޔާ އެކަމާމެދު އަޅައެއް ނުލިއެވެ. އެމީހުންނަކީ އެެހެން ނޫނަސް އޭނައާއެކީ ފެންނަން ބޭނުންވާ ބައެއް ނޫންކަން އެނގޭތީވެއެވެ. އޭގެ ސަބަބުތައް އެނގުންވީ ހިނދު ސާރިޔާއަށް ދެލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. މީގެ 21 އަހަރު ކުރިން އޭނަގެ ޙަޔާތުގައި ކަންތައް ހިނގައިދިޔަ ގޮތުން އޭނަގެ އަމިއްލަ ރަށުގައި އޭނަ ބީރައްޓެހިވެފައިވަ ކަމުގެ އިޙްސާސެއް އޭނައަށް ކުރެވެއެވެ. އެހެނަސް އޭނަ ހިތާމައެއް ނުކުރެއެވެ. ވި އެއްވެސް ކަމެއްގައި އޭނަގެ ކު...

Vaudhu (Part 5)

Image
"ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު." ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ. "ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ." މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ. "ބޮޑުބޭބެ ހަނދާން ނެތުނީއޭ ބުނަން...އެދުވަހު ލިބުނު ޚަބަރަކާހެދި...." ފާރޫޤު ދެރަގޮތަކަށް ބުނެލިއެވެ. އެއާއެކު މަލާކްގެ މެއަށް ލޮޅުމެއްއައެވެ. ބޮޑުބޭބެ ހަމަ މިވަގުތު މަންމައާއި ބައްޕައަށް އެ ވާހަކަ ކިޔައިދޭން އުޅެނީތޯ ހިތަށްއެރިއެވެ. އޭނަ އެކަން ހުއްޓުވަން އެއްޗެކޭ ބުނަން އުޅުނު ވަގުތު ބައްޕަ ވާހަކަ ދެއްކިއެވެ. "ކޮން ކަހަލަ ޚަބަރެއް؟" މަސްޢޫދު އެހެން އަހާލި ވަގުތު ސާރިޔާގެ ދުލުން ވެސް ބޭރުވީ އެފަދަ ބަސްތަކެވެ. އެ ހިނދު މަލާކަށް އޭނަގެ މަންމައާއި ބައްޕައަށް ...

Vaudhu (Blog post 3 (ii))

There is always good in everything ‘bad’ that happens to us. Because that was written FOR us not AGAINST us. And it was written by our ultimate Protector. قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا “Say, we will never be struck except what Allah has written for us, He is our Protector…” Surah At-Tawba, 51 ************************************** އަހަރުމެންނަށް ދިމާވާ ކޮންމެ 'ނުބައި' ކަމެއްގައި ހެވެއްވެއެވެ. އެހެނީ އެއީ އަހަރުމެންނާއި ދެކޮޅަށް ލިޔުއްވާފައިވާ ކަމަކަށް ނުވާތީވެއެވެ. އޭގެ ބަދަލުގައި އަހަރުމެންނަށްޓަކައި ލިޔުއްވާފައިވާ ކަމަކަށްވާތީވެއެވެ. އަދި އެކަން އަހަރުމެންނަށްޓަކައި ލިޔުއްވީ އަހަރުމެން ރައްކާތެރި ކުރައްވާ ފަރާތް ކަމަށްވާތީވެއެވެ. قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا    "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށްޓަކައި ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެއެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ...." ސޫރަތް...

Vaudhu (Blog post 3(i))

At times when we make dua, Allah gives us something more than what we actually wanted. The contentment of the heart through His remembrance. #Qalbinsaleem #Aheartatpeace ********************************************************* ބައެއްފަހަރު އަހަރުމެން ދުޢާކުރުމުން އަހަރުމެން އެދޭ ކަމަށްވުރެ މާ ބޮޑު ނިޢުމަތެއް ﷲ ދެއްވައެވެ. އެއީ އެކަލާނގެ ހަނދުމައިން ހިތަށްލިބޭ ހަމަޖެހުމެވެ.

Vaudhu (Part 4)

Image
މަލާކަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާ ކުރި ހިނދުވެސް އޭނަގެ ތަޤްދީރުގައި އެ ހުރިހާ ދުޢާއެއް އިޖާބަވެފައިވިކަމެވެ. އޭނައަށްޓަކައި އެންމެ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައިވާ ލޯބިފުޅު އެނގުންވިނަމަ އޭނަގެ ހިތަށް މާ ބޮޑަށް އަސަރުކުރީސްކަމެވެ. އަދި އޭނައަށްޓަކައި އެކަލާނގެ ރާއްވަވާފައިވި ރޭވުންތައް ފެންނާނެނަމަ އެކަލާނގެއަށްޓަކައި ލޯބިން ހިތް ކުދިކުދިވެގެންދާނެކަމެވެ. މަލާކް ދުޢާކުރަން ފެށި ވަގުތުއްސުރެ އޭނަގެ ކަރުނަތައް ހުއްޓިފައިވިކަން އޭނައަށް އެނގުންވާން ހިނދުކޮޅެއްނެގިއެވެ. ހަމަ އެ ވަގުތު އޭނަގެ ފޯނު އެލާމްވާން ފެށުމުން މަލާކަށް ފޯނާއި ދިމާލަށް ބަލާލެވުނެވެ. އެއީ އޭނަ އިންޑިޔާއަށް އައިފަހުން ނިމާލްގެ އެހީގައި އިންޑިޔާގެ ނަމާދު ގަޑިތައް ހޯދައި ކޮންމެ ނަމާދު ވަގުތެއްޖެހުމުން ރިންގުވާ ގޮތަށް ހަމަޖައްސާފައި ހުރި އެލާމްތަކެވެ. ކުޑައިރުއްސުރެ އޭނަ ނަމޫނާއަކަށް ބަލާ އޭނަގެ މަންމަ ނަމާދަށް ދޭ ސަމާލުކަމުގެ ސަބަބުން ނަމާދު ކުރާ ހިތްނުވިޔަސް މަލާކަށް ނަމާދު ނުކޮށް ނުހުރެވެއެވެ. މަންމައާއި މިހާ ދުރަށް އައިސްފައިވެސް މި ފިޔަވަޅު އެޅިފައިވަނީ އެހެންވެއެވެ. މަލާކް ފުން ނޭވައެއް ދޫ...