Posts

Vaudhu (Part 3)

Image
"އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟" ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ. މަލާކް ބަލަބަލާ ހުއްޓާ ރުޅިވެރި މޫނަކާއެކީ ފަރުޒާނާ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތް ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފަރުޒާނާ ކުއްލި ގޮތަކަށް އެ އިސްތަށިގަނޑު ދޫކޮށްލުމުން މަލާކްގެ ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ. "އަމިއްލަ ފެންވަރު އޮޅިގެން ނޫޅޭތި....އެއްފަހަރު ނުދާށޭ ބުނީމަ ނުދާނީ!" ފަރުޒާނާ މަލާކަށް ލޯ އަޅަމުން އަންގާލިއެވެ. އެ ބަސްތަކުން މަލާކް ވަކި ފަހަތަކަށް ނުޖެހުނެވެ. މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމަކީ އޭނަގެ ޙައްޤެއްކަން ޔަޤީންވީތީވެއެވެ. އޭނަގެ މި ފަރުވާއަކީ ބައްޕަ ދާ އޮހޮރުވައިގެން ހޯދި ލާރިން އޭނަ ލިބިގަންނަ އެއްޗެއްކަން...

Vaudhu (Part 2)

Image
އެހެނަސް އޭނަގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ފެނުނު ސްކޭނެއްގެ ޒާތުން އޭނަގެ ދެބުމަ ކައިރިވިއެވެ. އެއްވެސް އެއްޗެއް ލިޔުމުގެ ކުރިން އޭނައަށް އެތައް ފަހަރެއްގެ މަތިން އެ ސްކޭން ސްކްރޯލް ކޮށްލެވުނެވެ . އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެތާ މޭޒުމަތީގައި ހުރި ކޯޑްލެސް ފޯނު ނަގައި ނަންބަރެއް ޖަހައި ފޯނު ކަންފަތުގައި ޖައްސާލި މަންޒަރެވެ . " ހެލޯ....ކެބިންގެ ތެރެއަށް އައިސްދެވިދާނެތަ މިވަގުތު ؟ " ޒުވާނާ އިނގިރޭސި ބަހުން އެދުނެވެ. އެއަށްފަހު އޭނަ ފޯނު ބޭއްވިތާ ސިކުންތުކޮޅެއް ފަހުން އޭނައަށް ޕެންޑްރައިވް ދޭން އައި އިންޑިޔާ ފިރިހެން މީހާ އަނެއްކާވެސްއައެވެ . " ނިކަން އައިއްސަ ބަލާލަބަލަ މި ސްކޭންއަށް. ޕޭޝަންޓް 1211....މި ޕޭޝަންޓަށް ހިނގޭތަ ؟ " ފިރިހެން މީހާ ގޮސް މޮނީޓަރަށް ބަލާލުމާއެކު ޒުވާނާ ސުވާލުކުރިއެވެ . " މިރޭ އައި ޕޭޝަންޓުންގެ ތެރޭގަ ނުހިނގޭ ޕޭޝަންޓެއް ހުރި. ކިހިނެއްތޯވީ ؟ " ފިރިހެން މީހާ އަދަބުވެރިކަމާއެކީ އެހިއެވެ . " ޕޭޝަންޓްގެ ވިސްނުން ރަނގަޅުތަ ؟ ވާހަކަ ދެއްކޭތަ ؟ " ޒުވާނާ ދެންވެސް އެ ސްކޭންއިން ނަޒަރު ވަކިކު...