Posts

Hadhiya (part 3)

Image
"އައްޒާމް..." މާޝާއަށް ވައި އަޑުން އެ ނަން ކިޔާލެވުނުތަނާހެން އޭނަގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު އޭނަގެ ބައްޕަ ސޫޓްކޭސް ޑިކީއަށްލުމަށްފަހު ކާރަށް އެރުމަށް އެންގިއެވެ. ** "ކާފާ މިހާރު ފައި ކިހިނެއްތަ؟ އެއްވެސް ވަރަކަށް ރަނގަޅު އެބަވޭތަ؟" އައްޒާމް ކާރުގެ ފަހަތު ސީޓުގައި އޭނަގެ ކާފަ ހާޝިމްގެ ކައިރީގައި އިނދެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ. "އަދިވެސް އެބަ ރިއްސާ. މުސްކުޅިވީމަ ދެން މިކަހަލަ ކަންތައް ވެސް ދިމާވާނެދޯ؟ އެއީ އަދި ކޮންމެވެސް ތަނަކަށް އެނބުރިދާން ޖެހޭކަމުގެ ހަނދުމަކޮށްދިނުމެއް. އަލްޙަމްދުލި ﷲ!" ހާޝިމް ވާހަކަ ދެއްކީ ބަދަލުނުވާ އުޖާލާވި ހިނިތުންވުމެއްގައި އިނދެއެވެ. "ތިކަން އޮތީ ތިހެން. އެކަމަކު ސަބަބުތަކުގައި ވެސް ހިފުން އޮވޭދޯ ހާޝިމްބެ؟ އައްޒާމްއަށް އެނގޭތަ؟ އައްޒާމް ނެތި ދިޔަ މި އެއްދުވަހުގެ ތެރޭގަ ހާޝިމްބެ އަހަރެން ކައިރީގަ ނުބުނެ އެތައް ތަނަކަށް ހިނގާ ގޮސް ހެދި." އެހެން ބުނީ ޑްރައިވާސް ސީޓުގައި އިން ލަބީބެވެ. ލަބީބަކީ ފުވައްމުލަކުގައި އުޅޭ ހާޝިމްގެ ދުރުތާ ތިމާގެ ޢާއިލާއަކަށް ނިސްބަތްވާ މެދުޢުމުރުގެ ފިރިހެނެ...

Hadhiya (Blog post 2)

Sometimes, a role model himself can be a wake-up call. Be that role model! #Selfreminder ********************************************************************************* "ބައެއްފަހަރު ނަމޫނާ އަޚްލާޤެއްގެ ވެރިޔަކީ އޭނަގެ ޒާތުގައިވެސް މީހެއްގެ ލޯހުޅުވުމަށް މެދުވެރިވެދާނެ ސަބަބެކެވެ. އެފަދަ އަޚްލާޤެއްގެ ވެރިއަކަށް ވާށެވެ!"

Hadhiya (part 2)

Image
"މުޙްސިން." ކަރުނައެއް އޭނަގެ ލޮލުން ފައިބައިގެން އައި ވަގުތު ވައި އަޑުން އޭނަގެ އަނގައިން ނިކުތް ނަމަކީ އެއީއެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެ ޓީޝާޓް މެއާއި ލައި ބޮނޑި ކޮށްލުމާއެކު އޭނަގެ ގިސްލުމުގެ އަޑު އެކޮޓަރީގައި ހަރުލިއެވެ. ** ޑިޕާރޗާރގެ ގޮނޑިއެއްގައި ފޯނާއި ކުޅެން އިން މާޝާގެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ބަނަކަމެވެ. ދޮންބެ ދެއްކި ވާހަކައިން އަދިވެސް އޭނަގެ މޫޑު ޚަރާބުވެފައިވިއެވެ. އޭގެ ސަބަބުން ފޯނުން އޭނައަށް މެސެޖު ކުރަމުން ދިޔަ ލޯބިވެރިޔާއަށް ވެސް އޭނައަށް ޖަވާބު ދެވެމުން ދިޔައީ ނުރުހުންތެރިކަމާއި އެކީގައެވެ. ލިއާމް ލޯބި ރުޅީތޯ އަހައި ސުވާލުކުރަން ފެށުމުން ވީ ފޫއްސާއެކީ މާޝާއަށް ފޯނު ލޮކްކޮށްލެވުނެވެ. އެވަގުތު އޭނަ އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. މިއީ އަބަދުވެސް ދޮންބެ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އޭނައަށް ވާގޮތެވެ. ދޮންބެ އެފަދަ 'ވަޢުޟެއް' ދިނުމުން އޭނަގެ މޫޑު ރަނގަޅުވާން ފުދޭވަރެއްގެ ވަގުތެއް ނަގާނެއެވެ. ދޮންބެގެ ބަދަލުގައި އޭނަ ބޮޑުވެގެން އައިއިރު އޭނަގެ ބޭބެ މައިސޫން މިކޮޅުގައި ހުރިނަމަ ކިހާ ރަނގަޅު...

Hadhiya (Blog post 1)

“You don’t need to think about what other people think of you. But you need to think of how you are in the Sight of Allah. Whenever you are about to do something, ask yourself, is this pleasing to Allah ? You will get the right answer every time if you think about it with a sincere heart In Sha Allah.” Wallahi this is life changing if we gave it a thought. ********************************************************************************* "އެހެން މީހުން ތިބާއާއިމެދު ދެކޭ ގޮތާމެދު ތިބާ ވިސްނާކަށް ނުޖެހެއެވެ. އެހެނަސް ތިބާ ވިސްނަން ޖެހޭނީ ﷲ ގެ ޙަޟްރަތުގައި ތިބާއަކީ ކޮން ކަހަލަ މީހެއްކަމާއި މެދުގައެވެ. ތިބާ ކޮންމެ ކަމެއް ކުރުމުގެ ކުރިން އަމިއްލަ ނަފްސާއި ސުވާލު ކުރާށެވެ. މިއީ ﷲ ރުހިވޮޑިގެންވާނެފަދަ ކަމެއް ހެއްޔެވެ؟ އިޚްލާޞްތެރި ހިތަކުން ވިސްނައިފިނަމަ އެ ސުވާލުގެ ރަނގަޅު ޖަވާބު ކޮންމެ ފަހަރަކު ލިބޭނެއެވެ." (އިން ޝާ ﷲ)

Hadhiya (part 1)

Image
"ކޮބާ ހުރިހާ ކުދިން ތި ކުދިން ތިބެންވާ ތަނަށް ދާންވީ އިނގޭ. ލީޝާ ހުންނާނީ މިތާ ދުރުގަ ނެރޭޝަން ކިޔައިދޭން. ޝައްމު އިންނާނީ މި އުނދޯލި ހެއްލަން ޕާކްގަ. ޢަލީއާ އަހުމަދާ ސާއިމް ފެށޭއިރު މިތާ ބޭރުން ހިނގާފަ ދާނީ. އިއްޔެގަ ޕްރެކްޓިސް ކުރިގޮތައް. ހުރިހާ ކުދިންނަށް ސާފުވެއްޖެތަ؟" މިރްޒާން އޭނަގެ ކުރިމަތީގައި ތިބި 7 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިން ގާތު ސުވާލު ކުރިއެވެ. އެއާއެކު ސްޓޫޑިއޯގައި ތިބި ހުރިހާ ކުދިން އެކުއެކީގައިހެން 'ލައްބަ'އޭ ކިޔާލިއެވެ. މިރްޒާން ހިނިތުންވެލުމަށްފަހު ކުޑަކޮށް ދުވެފައި ގޮސް އޭނަ އެތާނގައި ހުރި ކެމެރާގެ ފަހަތުގައި ތިބި އެހެން މީހުންނާއެކީގައި އިށީނެވެ. "ރެޑީ؟ 3، 2، 1 އެކްޝަން!" މިރްޒާން ކެމެރާއިން އެކުދިންނަށް ބަލަން ހުރެ އެހެން ބުނެލުމާއެކުހެން އޭނަ ބުނެދީފައިވި ފަދައިން އެކުދިން ޙަރަކާތްތެރިވާން ފެށިއެވެ. ސްޓޫޑިއޯގެ ތެރޭގައި ނުހަނު އަސްލާއި ގާތްކޮށް ހެދިފައިވި ޕާކްގެ ކައިރިން ތިން ފިރިހެން ކުދިން ހީ ސަމާސާކުރަމުން ޕާކްގެ ތެރެއަށް ވަދެގެން ދިޔަ ވަގުތު، ކެމެރާ ފްރޭމުން ބޭރުގެ ހުރި 7 އަހަރުގެ ލީޝާ އެ ޑްރާމާއިން ވާގޮތް ކިޔައިދެމުން ...